Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް - ޔަމަން ހަނގުރާމަ

ޔަމަންގެ ދުރުރާސްތާ މިސައިލް ހަމަލާއެއް އިޒްރޭލުގެ މެދުތެރެއަށް

ހޫތީން ބުނެފައިވަނީ އެމީހުންގެ މިސައިލް ވައްޓާލުމަށް އިޒްރޭލުން 20 މިސައިލް ފޮނުވި ކަމަށާއި އެހެން ނަމަވެސް މިސައިލް އިޒްރޭލަށް ވައްޓާލެވިފައި ނުވާކަމަށެވެ.

ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2024 | އާދީއްތަ 15:26
އަލިފާން ރޯވެފައިވާ ސަރަހައްދުން އަލިފާން ނިއްވުމަށް ރެސްކިއު ޓީމުން މަސައްކަތް ކުރަނީ

އަލިފާން ރޯވެފައިވާ ސަރަހައްދުން އަލިފާން ނިއްވުމަށް ރެސްކިއު ޓީމުން މަސައްކަތް ކުރަނީ

ޔަމަންގެ ދުރުރާސްތާ މިސައިލް ހަމަލާއެއް އިޒްރޭލުގެ މެދުތެރެއަށް ފޮނުވާލައިފިއެވެ.

އިޒްރޭލު ސިފައިންވަނީ އާދިއްތަ ދުވަހުގެ މިހަމަލާ އިޒްރޭލަށް އެރިކަން ކަށަވަރުކޮށްދީފައެވެ. މިސައިލް ވެއްޓުނު ހިސާބުގައި ރޯވި ކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.

މިސައިލް ހަމަލާގެ ސަބަބުން ތެލްއަވީވް އާއި ބެން ގްރިއޯން ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހިމެނޭ ގޮތުން މެދުތެރޭ އިޒްރޭލުގެ ސަރަހައްދުތަކުގައި ސައިރަން އެޅި ކަމަށާއި، ރައްކައުތެރިކަން ހޯދަން މީހުން ކޮޅުކޮޅު މައްޗަށް ދުވިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ހަމަލާގެ ސަބަބުން އެއްވެސް ތަނަކަށް ގެއްލުމެއް ލިބުނު ކަމަކަށް އަދި މީހަކަށް އަނިޔާއެއް ވީކަމަކަށް ނުބުނެއެވެ. ލަސްތަކެއް ނުވެ އެއަރޕޯޓްގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އިޒްރޭލުގެ އިމަޖެންސީ ޚިދުމަތްތަކުގެ އޮފިޝަލަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 9 މީހުންނަށް ކުދިކުދި އަނިޔާތައް ލިބިފައިވަނީ ރައްކައުތެރިކަން ހޯދުމަށް އުޅުމުގެ ތެރޭގައި ކަމަށެވެ.

މިސައިލް ފޯރި ސަރަހައްދުން ގަދަފަދަ ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. އިޒްރޭލު ސިފައިން ބުނެފައިވަނީ އެ އަޑުފައްގަނޑަކީ އިޒްރޭލުގެ މިސައިލް ދީފާއީ ނިޒާމުން ޔަމަންގެ މިސައިލަށް ހުރަސް އެޅުމުން އުފެދުނު އަޑު ކަމުގައެވެ.

މިސައިލް ހަމަލާ ދިން ޔަމަނުގެ ހޫތީންގެ ސަބާ ނިއުސް އޭޖެންސީން ބުނެފައިވަނީ އިޒްރޭލުގެ ދިފާއީ ނިޒާމަށް އެމީހުން ފޮނުވާލި މިސައިލް ވައްޓާނުލެވުނު ކަމަށާއި، މިސައިލް ޓާގެޓަށް ވާސިލްވެ ގޮވި ކަމުގައެވެ.

ހޫތީންގެ މީޑިއާ އޮފިޝަލް ނަސްރުއްދީން އާމިރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޔަމަނުން ފޮނުވި މިސައިލަށް ހުރަސް އަޅަން 20 މިސައިލް އިޒްރޭލުން ފޮނުވި ކަމަށާއި އެހެން ނަމަވެސް އެކަން އިޒްރޭލަށް ކާމިޔާބު ނުވެ މިސައިލް އިޒްރޭލަށް އަރާފައިވާ ކަމަށެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ދިން ބަޔާނުގައި ބުނީ ޔަމަނުގެ މިސައިލް ފޮނުވާލީ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ކަމަށާއި، ހަމަލާ ދިނީ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލަކުން ކަމަށާއި، މިސައިލް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލި ކަމުގައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާދީއްތަ ދުވަހު ހޫތީންގެ މި ހަމަލާއަށް ރައްދު ދެއްވާ ނެރެއްވި ބަޔާނުގައި ވިދާޅުވީ "އިޒްރޭލަށް ގެއްލުން ދިނުމަށް ކުރާ ކޮންމެ ކަމަކަށް ބޮޑު އަގެއް ދައްކަންޖެހޭކަން ހޫތީންނަށް މިހާރު އެނގެންވާނެ" ކަމަށެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު