Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓެލްކޯ ޑޮލަރު މައްސަލަ

ސްޓެލްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަދިވެސް ދިރާސާކޮށް ނުނިމޭ: ޕީޖީ

މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 15 އޯގަސްޓު 2017 | އަންގާރަ 07:15
ސްޓެލްކޯގެ ކުރީގެ އެމްޑީ ޝުކޫރު

ސްޓެލްކޯގެ ކުރީގެ އެމްޑީ ޝުކޫރު

ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ނެތް ޕްރައިވެޓް ކުންފުންޏަކުން ސްޓެލްކޯއިން ޑޮލަރު ގަތުމަށް އެޑްވާންސްކޮށް ފައިސާ ޚަރަދުކުރި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤް ކުރުމަށް ފަހު، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝުކޫރު އަބްދުﷲ (ސްޓެލްކޯ ޝުކޫރު) އަދި ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވި މައްސަލަ އަދި ވެސް ދިރާސާކޮށް ނުނިމޭ ކަމަށް ޕްރޮސިކިޔުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ޕީޖީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝުކޫރުގެ މައްޗަށް ދައުވާ ކުރުމާ މެދު އަދި ޕީޖީން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލަ ދިރާސާކޮށް ނިމުމުން ކަމަށެވެ.

Advertisement - newsAdvertisement

އޭސީސީން ބުނެފައި ވަނީ މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ ސްޓެލްކޯއިން ޚަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސްނެތި، ބޭރު ފައިސާ ގަނެވިއްކުމަކީ މަނާކަމެއްކަމަށް މަނިޓަރީ ގަވާއިދު (01 މާރިޗް 1987) ގެ 03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މި މާއްދާއާ ޚިލާފަށް ފައިސާ ޚަރަދުކުރުމަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް 02 އޮގަސްޓު 2016 ހުއްދަދީފައިވާއިރު، ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ސަރުކާރުގެ ގަވާއިދުތަކާއި ކުންފުނީގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ހިންގާ ބެލެހެއްޓުމަކީ އޭނާގެ ވަޒީފާގެ މަޞްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ހަމައެހެންމެ ފައިސާ ޚަރަދު ކުރުމަށް ހުއްދަދިނުމުގެ ކުރިން ސްޓްލްކޯއަށް ޑޮލަރު ވިއްކުމަށް ހުށަހަޅާފައިވާ ކުންފުންޏަކީ އެފަދަ މުޢާމަލާތެއް ކުރުމުގެ ޤާބިލްކަން ހުރި ކުންފުންޏެއްކަން ބަލާފައި ނުވަނީ، ޑޮލަރު ވިއްކުމަށްޓަކައި އެ ކުންފުނިން ހުށަހަޅާފައިވާ ޑޭޓެޑް ޗެކުގައި ޖަހާފައިވާ މޮރީޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑަށް ބަރޯސާވެގެން ކަމަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި ސްޓެލްކޯއިން އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްފައި ނުވާކަން ތަޙްޤީޤަށް ސާބިތުވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ޑޮލަރު ވިއްކި ކުންފުނިން ސްޓެލްކޯއަށް ހުށަހަޅާފައި ވަނީ ޑޭޓެޑް ޗެކެއްކަން، ޑޮލަރު ވިއްކުމަށްޓަކައި ޗެކްތައް ބަދަލުކުރުމުގެ ކުރިން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރއަށް އެނގިފައިވާކަން ތަޙްޤީޤަށް ސާބިތުވާ ކަމަށެވެ. އަދި އެ މަޢުލޫމާތު އޭނާއަށް ލިބުނު ހިސާބުން، ޑޮލަރު ވިއްކުމަށްޓަކައި ހުށަހަޅާފައިވާ ޗެކުގައި ޖަހާފައިވާ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރުމަކާ ނުލައި، ޗެކް ހުށަހަޅާފައިވާ ކުންފުނިން 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެޑްވާންސްކޮށް ޚަރަދު ކުރުމަށް ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރ ހުއްދަދީފައިވާކަން ތަޙްޤީޤަށް އެނގޭ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

"އެފައިސާ ޚަރަދުކުރުމަށް ނިންމާފައި އެވަނީ، ސްޓެލްކޯއަށް ޑޮލަރު ލިބުމުގައި ދަތިތަކާއި ކުރިމަތިވާތީ ކަމަށް ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވީ ނަމަވެސް، ސްޓެލްކޯއަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެކުންފުނިން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީއަށް ރިކުއެސްޓްކުރި ކޮންމެ ފަހަރަކު ވެސް، ރައީސް އޮފީހުގެ ޚާއްޞަ ހުއްދައެއްގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސްޓެލްކޯއަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދީފައިވާކަން ލިޔެކިޔުންތަކުން އެނގޭ" ސްޓެލްކޯއިން ބުނެފައިވެއެވެ.

އޭސީސީން ބުނީ ސްޓެލްކޯއަށް 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެކުންފުނިން ޚަރަދުކުރުމުގެ ސަބަބުން، ސްޓެލްކޯއަށް ޑޮލަރު ވިއްކި ޕްރައިވެޓް ކުންފުންޏަށް މާލީ މަންފާއެއް ލިބިފައިވާކަން އެނގޭ ކަމަށާއި އެކަމަކީ ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރ އާއި ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކޮށްފައިވާކަމެއްކަން ތަޙްޤީޤަށް ސާބިތުކުރެވޭތީ މައްސަލައަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނުގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫންގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރއާއި ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑް ގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވަނީ ފޮނުވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ސްޓެލްކޯއަށް ޑޮލަރު ވިއްކުމަށްޓަކައި ހުށަހަޅާފައިވާ ޑޭޓެޑް ޗެކުގައި ޖަހާފައިވާ މޮރީޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި ސްޓެލްކޯއިން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރުމެއް ނެތި 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެޑްވާންސްކޮށް ޚަރަދުކުރުމުގެ ސަބަބުން، އެފައިސާގެ ބަދަލަށް ޑޮލަރު ލިބިފައިނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ. ނަމަވެސް، އެ ފައިސާއަކީ އެކުންފުޏަށް ލިބެންޖެހޭ ފައިސާއެއްކަމުން، އެ ފައިސާއަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓަގެ ހެޑް އަދި އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޒިންމާވާންޖެހޭނެތީ، ޑޮލަރުގަތުމަށް ސްޓެލްކޯއިން ޚަރަދު ކޮށްފައިވާ 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެފަރާތްތަކުގެ އަތުން ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވަނީ ފޮނުވިފައި ކަމަށް ވެސް އޭސީސީން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު