Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްޖީރިއާގެ ރިޔާސީ އިންތިޚާބް

އަލްޖީރިއާގެ މިހާރުގެ ރައީސް އުމުރުފުޅުން 78 އަހަރުގެ، އަބްދުލްމަޖީދު ތަބޫން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

ވޯޓުގެ 94.65 އިންސައްތަ އޭނާ ހޯއްދެވި ކަމަށް އެ ގައުމުގެ އިންތިޚާބާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2024 | ހޯމަ 19:06
އަލްޖީރިއާގެ ރައީސް ތަބޫން ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ހުއްޓިގެން

އަލްޖީރިއާގެ ރައީސް ތަބޫން ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ހުއްޓިގެން

އަލްޖީރިއާގެ މިހާރުގެ ރައީސް އުމުރުފުޅުން 78 އަހަރުގެ، އަބްދުލްމަޖީދު ތަބޫން، ވަރަށް ބޮޑު އަޣްލަބިއްޔަތަކުން އެ ގައުމުގެ ރައީސްކަމަށް އިންތިޚާބުވެއްޖެކަމަށް އެ ޤައުމުގެ އިންތިޚާބީ އޮތޯރިޓީން ބުނެފިއެވެ.

"އިންތިޚާބުގައި ވޯޓުލީ ކަމަށް ރެކޯޑުކުރެވުނު 5,630,000 މީހުންގެ ތެރެއިން، 5,320,000 މީހުން ވަނީ މިނިވަން ކެންޑިޑޭޓު އަބްދުލްމަޖީދު ތަބޫނަށް ވޯޓުދީފައި، އެއީ ހޮނިހިރު ދުވަހުގެ ވޯޓުގެ 94.65 އިންސައްތަ" ނޭޝަނަލް އިންޑިޕެންޑެންޓް އޮތޯރިޓީ ފޮރ އިލެކްޝަންސް (އޭއެންއައިއީ) ގެ ވެރިޔާ މުޙައްމަދު ޝަރްފީ އާދީއްތަ ދުވަހު ވެރިރަށް އަލްޖިއަރސްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ހާމަ ކޮށްފައިވެއެވެ.

އަލްޖީރިއާގެ ސިފައިންގެ ތާއީދު އޮތް ތަބޫން އާ ވާދަކުރި ކޮންޒަވޭޓިވް ކެންޑިޑޭޓް އަބްދުލްއަލީ ހަސަނީ ޝެރީފް އަށް ލިބުނީ 3 އިންސައްތަ ވޯޓެވެ. އަދި ސޯޝަލިސްޓް ކެންޑިޑޭޓް ޔޫސުފް އައުޝީޗް، އަށް ލިބުނީ 2.1 އިންސައްތަ ވޯޓެވެ.

ހަސަނީ ޝެރީފްގެ ކެމްޕޭނުން ބުނެފައިވަނީ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ނަތީޖާ އަށް ބަދަލު ގެންނަން ބާރުއަޅާފައިވާ ކަމަށާއި، ވޯޓުގެ ނަތީޖާތައް ކެންޑިޑޭޓުންގެ މަންދޫބުންނަށް ނުދީ ހިފަހައްޓާފައިވާ ކަމަށާއި، އަދި ބަދަލުގައި މީހުން އައިސް ވޯޓުލުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

ނަމަވެސް، އިލެކްޝަން ކޮމިޝަންގެ ވެރިޔާ ޝަރްފީ ނަތީޖާ އިޢުލާނު ކުރަމުން ބުނި ގޮތުގައި ހުރިހާ ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަކަމާއި ހާމަކަން ކަށަވަރުކުރުމަށް އެ މުއައްސަސާއިން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ތަބޫންގެ އަލުން އިންތިޚާބުވުމުގެ މާނައަކީ 2019 ގައި އޭނާ ވެރިކަމަށް ވަޑައިގަތުމަށްފަހު، ގައުމުގައި އިތުރުވެފައިވާ ތެލުގެ އާމްދަނީއާ އާއެކު ސަރުކާރުން ފަށާފައިވާ ބޮޑެތި ޚަރަދުތައް ހިމެނޭ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމެވެ.

އޭނާ ވަނީ ވަޒީފާ ނެތް މީހުންނަށް ސަރުކާރުން ދޭ އެހީ އިތުރު ކުރައްވާނެ ކަމަށާއި، ޕެންޝަން އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް އިތުރުކުރުމަށް ވަޢުދުވެފައެވެ. މިއީ އޭނާގެ ފުރަތަމަ ދައުރުގައިވެސް ކުރައްވާފައިވާ މަސައްކަތްތަކެއްކަން ފާހަގަ ކުރެވެއެވެ.

އަލްޖީރިއާއަކީ ބިމުގެ ގޮތުން އެފްރިކާގެ އެންމެ ބޮޑު ޤައުމެވެ. އަދި ގާތްގަނޑަކަށް 45 މިލިއަން މީހުންގެ އާބާދީއަކާ އެކު، ދެކުނު އެފްރިކާއަށް ފަހު އެންމެ ބޮޑު އާބާދީ އޮތް ޤައުމެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނެފައިވަނީ ކެމްޕޭން މޫސުމުގައި ސަރުކާރުން އިދިކޮޅު ޕާޓީތަކަށާއި، މީޑިއާ އަށާއި، މަދަނީ ޖަމްޢިއްޔާތަކުގެ ހަރަކާތްތެރިންނަށް ފުރައްސާރައާއި ދަޢުވާތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު