Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުރައިދޫއިން ގޯތި ދޫކުރަން ނިންމުން

ގާތްގަނޑަކަށް 20 އަހަރު ފަހުން ގުރައިދޫއިން ގޯތި ދޫކުރަން ނިންމައިފި

2000 އަކަފޫޓުގެ 195 ގޯތި ދޫކުރުމަށް ނިންމާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2024 | ހޯމަ 09:44
ކ.ގުރައިދޫ

ކ.ގުރައިދޫ

ޒަމާންތަކަކަށްފަހު ކ.ގުރައިދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް ގުރައިދޫ ކައުންސިލް މެންބަރު އައިމިނަތު ނަދާ ނާޒިމް ވިދާޅުވީ އެރަށަށް ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށާއި، ގޯތި ދޫނުކުރާތާ ވަރަށް ދުވަސްވެފައިވާ ކަމަށެވެ. ގޯތި ދޫނުކުރާތާ ގާތްގަނޑަކަށް 20 އަހަރު ފާއިތުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަދާ ވިދާޅުވީ 2000 އަކަފޫޓުގެ 195 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށާއި، ގިނަ ގޯތި ދޫކުރުމަށް ނިންމާފައިވަނީ އަލަށް ހިއްކި ސަރަހައްދުން ކަމަށެވެ. އަދި ބައެއް ގޯތިތައް ރަށު ތެރެއިން ވެސް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގުރައިދޫގައި ހިއްކާފައި ވަނީ 15 ހެކްޓަރުގެ ބިމެކެވެ. މީގެ ކުރިން ގުރައިދޫގެ ބިމުގެ ބޮޑު މިނަކީ 21.89 ހެކްޓަރެވެ. އަލަށް ހިއްކައި ނިމުނު ބިމާއެކު ގުރައިދޫގެ ބިމުގެ ބޮޑުމިން ވަނީ 36.89 ހެކްޓަރަށް އިތުރުވެފައެވެ. މިމަޝްރޫއު ނިންމާލާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

މީގެ އިތުރުން ނަދާ ވިދާޅުވީ ގޯއްޗަށް ކުރިމަތިލުމަށް ފުރުސަތު ހޯމަ ދުވަހު ހުޅުވާލާފައިވާއިރު، ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވުމާއެކު ފޯމްތައް އިވެލުއޭޓްކޮށް ގޯތި ވީހާ ވެސް އަވަހަށް ދޫކުރުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށެވެ. ހިއްކި ބިމާއެކު އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލުން ބުނީ ހޯމަ ދުވަހުން ފެށިގެން ދިވެހި ސަރުކާރުގެ ގެޒެޓުން ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. 19 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30ން 12:30ށް އެ އިދާރާގެ ކައުންޓަރުން ފޯމް ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ފޯމް ބަލައިގަތުން އޮންނާނީ 16 ސެޕްޓެމްބަރު 2024 ވާ ހޯމަ ދުވަހުން ފެށިގެން 19 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00ން 11:30ށް އަދި 13:00ން 14:00ށް އެ އިދާރާގެ ކައުންޓަރުން ކަމަށް ކައުންސިލުން ބުނެއެވެ.

ގުރައިދޫގެ އާބާދީއަކީ ގާތްގަނޑަކަށް 2000 މީހުންނެވެ. ނަމަވެސް އެރަށުގައި ގެސްޓްހައުސް ވިޔަފާރި ފުޅާވެ، މާލެސިޓީއާ ކައިރި ރަށަކަށްވުމާއެކު، ގިނަ އަދަދެއްގެ ބަޔަކު އެރަށަށް ކޮންމެ ދުވަހަކު ވެސް ދަތުރު ކުރެއެވެ. އަދި ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ އެރަށުގައި މިހާރު ގާތްގަނޑަކަށް 3000ށް ވުރެ މީހުން ދިރިއުޅެމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު