Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ލީގު ނުފެށި އޮތް ނަމަވެސް، އުއްމީދަކީ ރަނގަޅަށް ތައްޔާރުވުން: ޑުކަނޯވިޗް

ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިންކަން ފާހަގަކޮށް ޑުކަނޯވިޗް ބުނީ އެ ކުޅުންތެރިންގެ އިތުރުން، ބިދޭސީ ކުޅުންތެރިންނާ އެކު މާޒިޔާ އަށް ރަނގަޅު ޓީމެއް މުބާާރާތަށް އެކުލަވާލެވޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2024 | ހޮނިހިރު 03:24
މާޒިޔާގެ ކޯޗު ޑްރަގަން ޑުކަނޯވިޗް

މާޒިޔާގެ ކޯޗު ޑްރަގަން ޑުކަނޯވިޗް

ރާއްޖޭގެ ފުޓުބޯޅަ ލީގު ނުފެށި އޮތް ނަމަވެސް، އޭއެފްސީ ޗެލެންޖް ލީގަށް ރަނގަޅަށް ތައްޔާރުވެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް، ރާއްޖޭގެ ޗެމްޕިއަންް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ޑްރަގަން ޑުކަނޯވިޗް ބުނެފި އެވެ.

މާޒިޔާގެ ކޯޗަކަށް ޑިކަނޯވިޗް ހަމަޖެއްސީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެއީ އަންނަ އޮކްޓޫބަރު މަހުގެ ފަހު ކޮޅު ފަށާ އޭއެފްސީ ޗެލެންޖު ލީގަށް ތައްޔާރުވުމުގެ ގޮތުންނެވެ. ޑުކަނޯވިޗްގެ އިރުޝާދުގެ ދަށުން މިދިޔަ ހަފުތާގެ ތެރޭގައި މާޒިޔާ އިން ވަނީ އެ ކުލަބުގެ ފަރިތަކުރުންތައް ވެސް ފަށައިފަ އެވެ.

މާޒިޔާ އާއެކު ފަރިތަކުރުންތައް ފެށުމަށް ފަހު "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަމުން ޑުކަނޯވިޗް ބުނީ މިވަގުތަށް ބަލާއިރު ރާއްޖޭގެ ލީގު އަދި ފެށިފައި ނުވާ ކަމަށެވެ. އެކަން އެއީ މާޒިޔާ އަށް ދިމާވާނެ މައްސަލައެއް ކަމަށާއި، ނަމަވެސް އޭނާގެ އުންމީދަކީ މަޒިޔާގެ ތައްޔާރީތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ދިޔުން ކަމަށް ވެސް ޑުކަނޯވިޗް ބުންޏެވެ. އެގޮތުން އޭއެފްސީ ޗެލެންޖު ލީގަށް މާޒިޔާ ތައްޔާރުވަމުން އަންނަ ކަމަށާއި، މާޒިޔާ އޮތް ގުރޫގައި އޮތީ ވަރުގަދަ ޓީމުތަކެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

އޭއެފްސީ ޗެލެންޖު ލީގުގަައި މާޒިޔާ އޮތީ ގުރޫޕް ބީގަ އެވެ. އެ ގުރޫގައި މާޒިޔާގެ އިތުރުން ދެން ހިމެނެނީ ކުވޭތުގެ އަލް އަރަބީ، ތުރުކުމެނިސްތާންގެ އެފްސީ އާކަޑާ އަދި ކަޒަކިސްތާނުގެ އެފްސީ އަބްޑީޝް އަޓާ އެވެ. މި ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުވޭތުގަ އެވެ. މި ޓީމުތަކަކީ ނިސްބަތުން ބަލާއިރު ވަރުގަދަ ޓީމުތަކެއް ކަމަށާއި، މާޒިޔާ އަށް ތައްޔާރުވުމަށް އެންމެ އެކަށީގެންވާ ވަގުތު އޮތް ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޑުކަނޯވިޗް ބުނީ ހުރިހާ ކުޅުންތެރިން ޓީމާ ގުޅި، ރަނގަޅު ޕްރީ ސީޒަނެއް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ. ރާއްޖޭގެ ފުޓުބޯޅަ ލީގު ފެށިފައި ނުވާ މައްސަލަ އަށް އިޝާރާތް ކުރަމުން ޑުކަނޯވިޗް ބުނީ، ލީގު ފެށުމާ މެދު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާ ނިންމުމަކަށް އިންތިޒާރު ކުރާ ކަމަށެވެ. އަދި އޭނާގެ އުންމީދަކީ ވީ އެންމެ އަވަހަށް ލީގު ފެށުން ކަމަށް ވެސް ޑުކަނޯވިޗް ބުންޏެވެ. ރާއްޖޭގެ ފުޓުބޯޅަ އަށް ބަލާއިރު، އަވަސް ތާރީޚެއްގައި ލީގު ފެށުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ދެކެ އެވެ.

މާޒިޔާގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، ރަނގަޅު ޓީމެއް އޮތް ކަމަށް ޑުކަނޯވިޗް ދެކެ އެވެ. މާޒިޔާގައި ތިބި ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިންކަން ފާހަގަކޮށް ޑުކަނޯވިޗް ބުނީ އެ ކުޅުންތެރިންގެ އިތުރުން، ބިދޭސީ ކުޅުންތެރިންނާ އެކު މާޒިޔާ އަށް ރަނގަޅު ޓީމެއް މުބާާރާތަށް އެކުލަވާލެވޭނެ ކަމަށެވެ. އަދި ނަތީޖާ ނެރެވޭނެ ކަމުގެ އުންމީދާއި، އިތުބާރު އޮތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އޭއެފްސީ ޗެލެންޖު ލީގަށް މާޒިޔާ ތައްޔާރުވަމުން އަންނައިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އާކަޑާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އަލް އަރަބީއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އަބްޑީޝްއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު