Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

ރައީސް މައުމޫން ނުސީދާކޮށް މިނިސްޓަރ ޒަމީރު ލަދުގަންނަވާލައްވައިފި

ކެމްޕޭނުގައި ތާއީދު ހޯދައިދޭން މަސައްކަތް ކުރި މީހާއާ ވަޒީރުކަން ހޯދައިދޭން އުޅުނު މީހާ އެނގިވަޑައި ނުގަތުމަކީވެސް ދެރަކަމެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 އޯގަސްޓު 2017 | ހޯމަ 19:05
ރައީސް މައުމޫން ކުނޫޒްގައި ވާހަކަ ދައްކަވަނީ

ރައީސް މައުމޫން ކުނޫޒްގައި ވާހަކަ ދައްކަވަނީ

ރާއްޖޭގައި އެންމެ ގިނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައިވާ ރައީސް މައުމޫން، ނުސީދާކޮށް މިހާރުގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ލަދުގަންނަވާލައްވައިފިއެވެ.

އެމަނިކުފާނު އެގޮތަށް ޒަމީރު ލަދުގަންނަވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރާ ދުއްތުރާ ހުއްޓާލުމަށް ގޮވާލާ ގުޅިފައިވާ ޕާޓީތަކުން މ . ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޒަމީރުގެ ނަން ވިދާޅު ނުވެ ރައީސް މައުމޫން މިޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އާދީއްތަ ދުވަހުގެރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ހުޅުވުމުގެ ޖަލްސާއެއްގައި ވާހަކަ ދެއްކެވި ބޭފުޅަކު، ރާއްޖޭގައި 30 އަހަރު ވެރިކަންކުރެއްވި ބޭފުޅަކަށް ޗައިނާގެ ބޮޑު މާކެޓް އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި ކަމަށެވެ..

ގަލޮޅުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި އެހެން ވިދާޅުވެފައި ވަނީ މިހާރުގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

އެކަމަށް ރައްދު ދެއްވައި ރައީސް މައުމޫން ވިދާޅުވީ ޗައިނާއަށް ރައީސްމައުމޫން އެތައް ފަހަރަކު ވަޑައިގެންނެވި ކަމަށާއި ޗައިނާގެ އެކިއެކި އިސް ފަރާތްތަކާ ބައްދަލު ކުރައްވާފައިވާނޭ ކަމަށެވެ. އަދި ޗައިނާގެ ބޮޑު ފާރަށް އެރުއްވި ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަށް ޗައިނާގެ ބޮޑު މާކެޓް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް ޗައިނާގެ އޭރުގެ ރައީސް ރާއްޖެ ވަޑައިގެންނެވި ކަމަށާއި އެމަނިކުފާނަށް އިހްތިރާމް އަދާ ކުރެއްވުމުގެ ގޮތުން ވަރަށް ގިނަ ކަންކަން ކުރައްވާފައިވާނޭ ކަމަށެވެ. އަދި އެއަށް ފަހު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށި ކަމަށާއި މިއަދު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނޭ ފަދަ ގޮތެއް މެދުވެރިވީ އެދުވަހުގެ ފަހުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އެހެންކަމުން ރައީސް މައުމޫނަށް ޗައިނާގެ ބޮޑު މާރކެޓް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި ބޭފުޅާއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތާއީދު ހޯއްދަވައިދެއްވަން މަސައްކަތް ކުރި މީހާ ހަނދާނުގައި ނެތުމާއި އެއިންތިޚާބުން ފެއިލްވެ މޮޅިވެރިކަމުގައި ހުންނަވަނިކޮށް ވަޒީރުކަމެއް ހޯދައިދޭން އުޅުނު މީހާ ހަނދާން ނެތުމަކީ ވެސް ކުޑަ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އޭރު ކުންފުންޏެއްގެ އިސް މަޤާމެއް ދެއްވި ނަމަވެސް މިއަދު ވަޒީރުކަމަށް ވަޑައިގެންނެވިފައި ވަނީ ކާކު އޭރު ކުރި މަސައްކަތަކުން ކަން އެނގިވަޑައި ނުގަތުމަކީ ވެސް ކުޑަކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ތާއީދާއެކު ބޮޑެތި މަޤާމްތަކަށާއި ރައްޔިތުންގެ މަޖިލީހަށް އާދެވިފައި ތިބި ބޭފުޅުންނަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެބޭފުޅުންނަށް މަޤާމްތަކުގައި ދެމިތިއްބެވޭނީ އަދި ކުރިއެރުން ލިބޭނީ ރައީސް މައުމޫނާ ބެހޭގޮތުން މީޑިޔާތަކުގައި ގޯސްވާހަކަ ދެއްކެވިވަރަކަށް ކަމަށް ވާނަމަ އެކަން ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ތިޔަބޭފުޅުންނަށް ޤަބޫލް ކުރެއްވޭ ގޮތުގައި ވަޒީރު ކަމުގައާއި ބޮޑެތި މަޤާމް ތަކުގައި ދެމިތިއްބެވޭނީ މައުމޫނާ ބެހޭ ގޮތުން މީޑިޔާތަކުގައި ގޯސް ވާހަކަ ދައްކައިގެންނަމަ އެކަން ކުރައްވާށޭ. އަޅުގަނޑު ޝަރީއަތަކަށް ނުދާނަން އެމީހުން ގޮވައިގެން" ރައީސް މައުމޫން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު