Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ސްޓާލިން އާސެނަލަށް ސޮއި ކޮށްފި

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އާސެނަލަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން، އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2024 | ހޮނިހިރު 05:14
އާސެނަލްގެ އެއްބަސްވުމުގައި ސްޓާލިން ސޮއި ކުރަނީ

އާސެނަލްގެ އެއްބަސްވުމުގައި ސްޓާލިން ސޮއި ކުރަނީ

ޗެލްސީ އަށް ކުޅެމުން އައި އިންގްލެންޑުގެ ރަހީމް ސްޓާލިން، އާސެނަލަށް ސޮއި ކޮށްފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އާސެނަލަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން، އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އާސެނަލްގެ އެއްބަސްވުމުގައި ސްޓާލިން ސޮއި ކޮށްފައިވާއިރު، މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. ސްޓާލިން، އާސެނަލަށް ބަދަލުވީ ޗެލްސީގެ އައު ކޯޗު އެންޒޯ މަރެސްކާގެ ޕްލޭގައި އޭނާ ނުހިމެނޭ ކަމަށް އަންގާފައި ވުމުންނެވެ.

އާސެނަލަށް ބަދަލުވުމަށް ފަހު ވާހަކަ ދައްކަމުން ސްޓާލިން ބުނީ، އޭނާގެ އެންމެ މޮޅު ކުޅުން މީހުންނަށް ފެންނާނެ ކަމަށެވެ. ޚާއްސަކޮށް އާސެނަލާ ގުޅުމަކީ ތަފާތު އިޙުސާސެއް ކުރެވޭ ކަމެއްކަން ފާހަގަކޮށް އޭނާ ބުނީ، އިންތިހާ އަށް އުފާވެރި ހުރި ކަމަށެވެ. އާސެނަލް އަކީ އޭނާ އަށް އެންމެ ފިޓު ކުލަބު ކަމަށާއި، އާސެނަލްގައި ތިބި ކުޅުންތެރިން މޮޅުވާން ބޭނުންވެފައި ތިބި މިންވަރު އަދި ކާމިޔާބު ހޯދަން ބޭނުންވާ މިންވަރު ވެސް ފެންނަ ކަމަށް އޭނާ ބުންޏެވެ.

ލިވަޕޫލް އިން ސީނިއާ ކެރިއަރު ފެށި ސްޓާލިން، މެންޗެސްޓަރ ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ ސިޓީ ދޫކޮށް ޗެލްސީ އަށް ބަދަލުވެފަ އެވެ. ސްޓާލިން ވަނީ ޗެލްސީ އަށް ކުޅެދިން 81 މެޗުގައި 19 ލަނޑު ޖަހައިފަ އެވެ. އާސެނަލް އަކީ ސްޓާލިންގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭނެ ހަތަރު ވަނަ ކުލަބެވެ.

ޗެލްސީރަހީމް ސްޓާލިންއާސެނަލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު