Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތީގެ ޚިދުމަތް ދިނު

ސާފުތާހިރުކަން ކުޑަކޮށް މާލޭގައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަންދުކުރުމުގެ ބާރު ސިޓީ ކައުންސިލަށް އޮންނަން ވާނެ - އާޒިމް

މާލެ ސިޓީގެ ވެށިފާރަވެރިން 7 ޒޯންއަކަށް ބަހާލައިގެން މަސައްކަތްތައް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 އޯގަސްޓު 2024 | ހުކުރު 05:22
މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް

މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް

ސާފުތާހިރުކަން ކުޑަކޮށް މާލޭގައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަންދުކުރުމުގެ ބާރު ސިޓީ ކައުންސިލަށް އޮންނަން ވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެ ޕްރޮގްރާމްގައި ކާބޯތަކެތީގެ ރައްކާތެރިކަން ނެތި، ސާފުތާހިރުކަން ކުޑަގޮތަކަށް ކާބޯތަކެތީގެ ޚިދުމަތް ދެމުންދާ މައްސަލަ އާއި ގުޅޭ ގޮތުން އާޒިމް ވަނީ ވަރަށް ތަފްސީލްކޮށް ވާހަކަދައްކަވާފައެވެ. އަދި އެކަން ހައްލުކުރުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތަށް އަލިއަޅުވާލެއްވިއެވެ. މާލެ ސިޓީގެ ވެށިފާރަވެރިން 7 ޒޯންއަކަށް ބަހާލައިގެން މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މާލެ ސިޓީ ކައުންސިލަށް ކުރެވެން އޮންނަ ކަމަކީ މައްސަލަ ދެނެގަތުން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ އެފަދަ މައްސަލަަތަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރު އަދި ސިޓީ ކައުންސިލަށް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ. ސިޓީ ކައުންސިލަށް ތަންފީޒީ ބާރުތައް ނެތުމަކީ ދިމާވާ ގޮންޖެހުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. މިހާރު ސިޓީ ކައުންސިލްގެ ވަސީލަތްތައް އެބަ ހުރި ކަމަށާއި ސިޓީ ކައުންސިލަށް އެ މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ހޮޓާތައް ހަޑިކޮށް ހުރުމުގެ ސަބަބުން ހެލްތް މިނިސްޓްރީގެ ސީނިއާ ޓީމަކާއި ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން ބައްދަލުވުމެއް ބާއްވާފައިވާ ކަަމަށާއި ސާފުތާހިރުކަން ނެތް ތަންތަން ބަންދުކުރުމަށް އެދިވަޑައިގެންފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ގޭގައި ކާބޯތަކެތި ވިއްކާ މީހުންވެސް ރަޖިސްޓްރީ ކުރުން ލާޒިމު ކުރުމުގެ މަސައްކަތް މިހާރު ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއި އެކު ސާފުތާހިރުކަމެއް ނެތި ކާބޯތަކެތީގެ ޚިދުމަތްދޭ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން އުންމީދުކުރެއެވެ.

އާދަމް ޢާޒިމްމާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު