Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޓީ ކައުންސިލްގެ މަސައްކަތްތައް

މަގުމަތީގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ 350 ފަރާތަކަށް ހަމަސް ތެރޭގައި ފިޔަވަޅު އަޅާފައިވާނެ - އާޒިމް

އޭސީ ދިއަ ދޮވިތަކުންނާއި އެހެނިހެން ގޮތްގޮތުން މަގުމައްޗަށް ފެންފައިބާ 400ށް ވުރެ ގިނަ މައްސަލަ ފާހަގަކުރެވިފަވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 އޯގަސްޓު 2024 | ބުރާސްފަތި 12:28
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

މަގުމަތީގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ 350 ފަރާތަކަށް ހަމަސް ތެރޭގައި ފިޔަވަޅު އަޅާފައިވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާނޫނާ ގަވައިދު ތަންފީޒު ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތަފްސީލުތައް އާޒިމް ވަނީ ހާމަކުރައްވާފައެވެ.

އާޒިމް ވިދާޅުވީ ޕާކުތަކާ މިސްކިތްތަކުގައި ނިދާ 1025 މައްސަލަ އަށް އެޓެންޑްވެފައިވާ ކަމަށާއި، މިކަމަށް އަދިވެސް ފުރިހަމަ ހައްލެއް ނުލިބޭ ކަމަށެވެ. އަދި އޭސީ ދިއަ ދޮވިތަކުންނާއި އެހެނިހެން ގޮތްގޮތުން މަގުމައްޗަށް ފެންފައިބާ 400ށް ވުރެ ގިނަ މައްސަލަ ފާހަގަކުރެވި އެބޭފުޅުންނަށް އެކަންތައްތައް ރަނގަޅު ކުރުމަށް އަންގާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެ ތެރެއިން ދެބައިކޮށްފައި އެއްބައި ރަނގަޅުވެސް ކުރެވިއްޖެ ކަމަށާއި، ކޮންމެ ދުވަހަކު މަސައްކަތް ކުރަމުންދާއިރު އެހެން އިތުރު ތަންތަން ވެސް އަންނަ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ މޭޔަރ ކަމަށް ވަޑައިގަތް އިރު ރޯދަ މަހު މުޅި މާލެތެރެ އޮތީ ގޮޑު ވެފައި ކަމަށެވެ. އެހެންނަމަވެސް މިދިޔަ 6އެއްކަ މަސް ތެރޭގައި ވޭސްޓްމެނޭޖްމަންޓް ޓީމުން 7498 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މާލެސިޓިގެ މަސައްކަތްތައް ވަރުގަދަކޮށް ހަރުދަނާ ކޮށްފައިވާ ކަމަށާއި މިއަދު މާލެތެރެ މިވަނީ ވަރަށް ބޮޑަށް ސާފުތާހިރު ވެފަކަމަށް އާޒިމް ވިދާޅުވިއެވެ. މިއީ  ބައެއްގެ ވަރަށް ބުރަ މަސައްކަތް ކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވި . ކުނި އެޅުމަށް ޚާއްސަކުރެވިފައިވާ ތަންތަނަށް ކުނި އެޅުމަށް ރައްޔިތުންނަށް ހަނދުމަކޮށްދޭ ކަމަށެވެ.

ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި މަލޭގެ މަގުތައް މަރާމާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމައެއާއި އެކު މާލެގެ މަގުތަކުގައި އިތުރު މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މަގުމަތީގައި ވަޅުގަނޑު ހެދުމާއި، ދުވާރުގެ މައްސަަލަ ހައްލުކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކާއި އެކު އެކަމާއި ގުޅުން ހުރި މަޝްވަރާތައް ކުރަމުންދާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. މަގުތަކަކީ ގިނަ ރައްޔިތުން ބޭނުންކުރާ ތަނަކަށް ވާއިރު، މަގުތައް ކޮނެފަ މަގުތައް ރަނގަޅަށް ހެދުމަކީ މުހިއްމު ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މަގުމަތީގެ ބައެއް މަސައްކަތްތައް ކުރަން ޖެހެނީ ދުވާރުތައް ނަގައިގެން ކަމަށް ވާއިރު އެކަން ކުރަން ޖެހޭނީ ރަނގަޅަށް ކަމަށް އާޒިމް ވިދާޅުވިއެވެ. ކޮންމެ ދުވަހަކުވެސް މާލޭގައި 30 ވަރަކަށް ތަން ކޮންނަ ކަމަށާއި މި މަސައްކަތްތައް ފަރުވާތެރިކަމައި އެކު ކުރަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އެކަން ފަރުވާތެރިކަމާއި އެކު ނުކުރުމުގެ ސަބަބުން ދިމާވާ އެކި ހާދިސާތަކުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އަނިޔާވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބޮޑެތި ކުންފުނިތަކުން ކުރާ މަަސައްކަތްތައް ކުރަން ވާނީ ވަރަށް ފަރުވާތެރިކަމާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މާލޭގެ މޭޔަރ އާދަމް އާޒިމްމާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު