Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒުގެ ވެރިކަން

މި ވެރިކަން ސިފަކުރެވެނީ ''ވަނދުވެފައި އޮތް އިހަލެއްގެ ގޮތުގައި'': ޝިފާގު

މިސަރުކާރުގެ ނާގާބިލްކަން ފޮރުވުމަށް ރައްޔިތުންގެ ތިޖޫރީކަމުގައިވާ ބީއެމްއެލްގެ އިތުބާރު ވަނީ ނަގާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 އޯގަސްޓު 2024 | ބުރާސްފަތި 03:54
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާގު މުފީދު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާގު މުފީދު ވާހަކަދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ސިފަކުރެވެނީ ''ވަދުވެފައި އޮތް އިހަލެއްގެ ގޮތުގައި'' ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާގު މުފީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝިފާގު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސިޔާސީ ވެގެން މިއުޅެނީ އަލަސް ކަމަށާއި، ކުރީގެ ވެރިކަންތަކުގައި މިފަދަ މައްސަލައެއް ކުރިމަތިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ޝިފާގު ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުން ފައިސާ ރައްކާ ކުރަމުންދަނީ ބީއެމްއެލްގައި ކަމަށާއި، ނަމަވެސް މިސަރުކާރުގެ ނާގާބިލްކަން ފޮރުވުމަށް ރައްޔިތުންގެ ތިޖޫރީކަމުގައިވާ ބީއެމްއެލްއާމެދު ސުވާލު އުފައްދާ، އިތުބާރު ނަގާލާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސަބަބުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭކަން ފާހަގަކުރައްވައި ޝިފާގު ވިދާޅުވީ އެތަނުގެ އަގު މިސަރުކާރުން ވައްޓާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޑޮލަރުގެ ތާށިކަން ކުރިމަތިވުމުން އަބަދުވެސް ބީއެމްއެލުން އެކި ފިޔަވަޅުތައް އަޅައި، ލިމިޓްތައް ކަނޑައަޅާ ކަމަށެވެ. އެއީ އަލަށް ކުރާ ކަންކަން ނޫން ކަމަށް ޝިފާގު ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮލަރު އަގު 19 ރުފިޔާއަށްވުރެ މަތިވެގެންދިޔައިރު، އެމްއެމްއޭއަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށް ނުދެވުނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅަށް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.

ޝިފާގު ވިދާޅުވީ ކޮވިޑް-19ގެ ދަތިހާލުގައި ވެސް ޑޮލަރުގެ އަގު ކޮންޓްރޯލްކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އޭރުގެ ސަރުކާރުން އެޅި ކަމަށެވެ. ރައްޔިތުންނަށް ދަތިނުވާކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުގެ ހާލަތުން މިސަރުކާރުގެ ނާގާބިލުކަން ރައްޔިތުންނަށް ހާމަވެފައިވާ ކަމަށް ޝިފާގު ވިދާޅުވިއެވެ.

ޝިފާގު ވިދާޅުވީ ސަރުކާރަށް 9 މަހަށް ވުރެ ގިނަ ދުވަސްވީއިރު، ސަރުކާރާ ދެކޮޅަށް އިދިކޮޅު އެއްވެސް ޕާޓީއަކުން އަދި އެއްވެސް ސިޔާސީ ބޭފުޅެއް ވެރިކަން ވައްޓާލުމަށް މަސައްކަތްކޮށް، ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުމެ ނުހަދާ ކަމަށެވެ.

މިސަރުކާރަށް ގައުމު ހިންގުމަށް ފުރުސަތު ދީފައިވާ ކަމަށް ޝިފާގު ވިދާޅުވިއެވެ. މާލީ ބަގާވާތެއް ގެނައުމަށް މަސައްކަތް ކުރި ކަމަށް މިސަރުކާރުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވައި ޝިފާގު ވިދާޅުވީ އެހިސާބަށް ދާން ނުޖެހޭ ކަމަށާއި، މިއަދުގެ ސަރުކާރު ސިފަ ކުރެވެނީ ވަދުވެފައި އޮތް އިހަލެއްގެ ގޮތުގައި ކަމަށެވެ. އިހާ ވަދުވުމުން އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް ފައިބާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕީއެންސީގެ ތެރެއިން މިހާރު ވެސް އެމަންޒަރު ފެންނަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުޝިފާގު މުފީދު ފަލަ ސުރުޚީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު