ކ. މާލެ
|
28 އޯގަސްޓް 2024 | ބުދަ 19:03
ބޭންކުން އުޅުނީ ބަޣާވާތެއް ގެންނަން ކަމަށް ބުނެ ސަރުކާރުން ދަނީ ސަރުކާރުގެ ނުރަނގަޅު ކަންކަން ފޮރުވަން މަސައްކަތް ކުރަމުން
ބޭންކުން އުޅުނީ ބަޣާވާތެއް ގެންނަން ކަމަށް ބުނެ ސަރުކާރުން ދަނީ ސަރުކާރުގެ ނުރަނގަޅު ކަންކަން ފޮރުވަން މަސައްކަތް ކުރަމުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އޭ މިހިރަ ދިވެހި ޤައުމީ ދިދައާ! ދިވެހިންނަށްޓަކައި މި ބޭންކް ސަލާމަތްކޮށްދީ
އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން!

ހަމަ އެހެންމެ ތިބާދެކެ ލޯބިވާ ފަދައިން ތިބާގެ ނިވަލުގައިތިބެ މިވީހާ ދުވަހެއް އަހަރެމެން މިވޭތުކުރީ ދިވެހި ގައުމާއި މިގައުމުގެ ރައްޔިތުންދެކެ ވާ ލޯބީގައި އެމީހުންނަށް ޚިދުމަތްކުރަން. އެމީހުންނަށް ދެވޭނޭ އެނމެހާ މަންފާއަކާއި ހޯދައި ދެވޭނޭ އެންމެހާ ފަސޭހަތައް ހޯދައި ދިނުމުގައި އަހަރެމެން ދެގޮތެއް ނުވެ ދެމިތިބީމު

އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން!

ހަމަ އެހެންމެ ތިބާދެކެ ލޯބިވާ ފަދައިން ތިބާގެ ނިވަލުގައިތިބެ މިވީހާ ދުވަހެއް އަހަރެމެން މިވޭތުކުރީ ދިވެހި ގައުމާއި މިގައުމުގެ ރައްޔިތުންދެކެ ވާ ލޯބީގައި އެމީހުންނަށް ޚިދުމަތްކުރަން. އެމީހުންނަށް ދެވޭނޭ އެނމެހާ މަންފާއަކާއި ހޯދައި ދެވޭނޭ އެންމެހާ ފަސޭހަތައް ހޯދައި ދިނުމުގައި އަހަރެމެން ދެގޮތެއް ނުވެ ދެމިތިބީމު

އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން!

އެ އިހްސާސްގައި އަހަރެމެން އަބަދުވެސް އިސްކުރީ މިދިވެހި ގައުމު. މި ދިވެހި ރައްޔިތުން. އެކިކަހަލަ ޚައްސާސް ދަނޑިވަޅުތަކުގައިވެސް އަހރެމެން މަސައްކަތް ކުރީ ތިބާ ތިޔަ ހެލިލުމާއި ތިޔަވިހުރިލުމުގެ އިހްސާސް ރަނގަޅަށް ދެނެތިބެ. ރައްޔިތުންގެ ވިސްނުމާއި އެމީހުންގެ އިހުސާސާއި ވިންދު ދެނެތިބެ.

އެކަމަކު މިއަދު އަހަރެމެން މިވަނީ މުޅި ދުނިޔެއަށް ގެނަވެފައި. މުޅި ހުރިހާ ރައްޔިތުންގެ އާޑަ ފުރައްސާރައާ ކުރިމަތިލާން ޖެހިފަ. މިގައުމުގައި ކުރާނެ އެނމެ ބޮޑު އެއް ކުށުގެ ތުހުމަތު މިވަނީ އަހަރެމެންގެ ކޮނޑުގައި އެޅިފައި. އަހަރެމެން ނުވެސް ދެނެ ހުއްޓާމެ ޤާނޫނީ ގޮތުން އުފެދިފައިވާ މިދިވެހި ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގެ ތުހުމަތު އެކުރައްވަނީ އެންމެހާ ދިވެހީންގެ ވަލިއްޔުލް އަމްރު. އަހަރެމެންގެ ބޮލުގައި އެތުހުމަތު އެއަޅުވަނީ އަހަރެމެން މިތަނަށް ލައިފާތިބި އަހަރެންވެސް ނިސްބަތްވާ ސަރުކާރުން.

ނިކަން ވިސްނަވާ ލައްވާ! އަހަރެމެންގެ ކުށަކީ ކޮބާ؟ އަހަރެމެން ތަބާވަނީ އަހަރެމެންގެ އަޣްލަބިއްޔަތު ނިންމުމަށް. އަހަރެމެންގެ ތެރޭގައި އޮތީ އަހަރެމެންނަށް އެތުހުމަތުކުރި ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ. އަހަރެމެން މިއިއުލާން ކުރީ އެ މެޖޯރިޓީގެ ނިންމުން. އޭގެ ކުރިން އަހަރެމެން ގައުމުގެ ހާލަތު އޮތްގޮތް ކިޔައެއް ނުދެމުތޯ. ޑޮލަރު ނުލިބޭ ކަމާއި ލިބޭ ޑޮލަރަށްވުރެ އަހަރެމެން ދޫކުރަން ޖެހޭ ޑޮލަރުގެ ވާހަކަ އަސަރާއެކު ނުދައްކަމުތޯ. އަހަރަމެން އައްޔަން ކުރި ސަރުކާރާއެކު އެމަޝްވަރާ ނުކުރަމުތޯ. އަހަރެމެންގެ ސަރުކާރުން އަލަށް އައްޔަންކުރި ގަވަރު ނަރުގާތު މިވާހަކަ ނުދައްކަމުތޯ. ރައްޔިތުންނަށް ޑޮލަރު ދެވޭނީ އަހަރެމެންނަށްވެސް ޑޮލަރު ލިބިގެންކަމަށްބުނެ އާދޭސް ނުކުރަމުތޯ.

އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިޔަ ދައްކައިދެނީ ޤައުމު ދިފާޢުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު.

އަހަރެމެންނަށް މިވަރުގެ ބޮޑު އިލްޒާމެއް އަޅުވަން ހެޔޮވާނެތޯ. ގައުމުގެ ހާލަތު އޮތްގޮތުން ޑޮލަރު ނުލިބުން އެއީ އަހަރެމެންގެ ކުށެއްތޯ. ފަސްމުގޫ ރަނގަޅަށް ހައްޔަރުކޮށްގެން ޑޮލަރުގެ އަގު 15.42 ގައި ހިފަހައްޓަން އޭގައި ބަގުޑި ބެއްދިއަސް، މަދު ޑޮލަރު ބްލެކް މާކެޓްގައި އަށާރަ ވިއްސަން އެރުން އެއީ އަހަރެމެން ބިމުގައި ޖެހި އުޑުގައިޖެހުނަސް ކުރެވޭނެ ކަމެއްތޯ.

އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ޤައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން!

އަހަރެމެންނަށް މިއަދު އެންމެ އަސަރު ކުރަނީ ޤައުމު ބިނާކުރަން ކުރިމަގުގައި ނުކުންނާނޭ އަދުގެ ކިޔަވާކުދިން މާޔޫސް ކަމުގައި ދެއަތް ފޮޅާލާފައި މޮޅިވެރިކަމާއެކު އެނބުރި ރާއްޖެ އަންނަން ޖެހޭނެތީ. އަހަރެންނަށް ފެންކަޅިވެވެނީ ބޮޑެތި ބަލިތަކަށް ބޭސްފަރުވާއަށްދާ އަހރެމެންގެ ރައްޔިތުންނަށް ދެވޭނެ ޑޮލަރެއްވެސް ނުލިބިދާނެތީ. އަހަރެމެން ރޮއެ މިގިސްލެވެނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ މަގޫފަތްކޭ ކާޑު ޒަމާނަށް އެނބުރި ދާންޖެހިދާނެތީ އެއިހްސާސްގައި. އެކަމަކު ކުރާނީކީއް. 42 އަހަރު ވަންދެން މިތަން ދެމެހެއްޓެވި މިތަނުގެ އަހުރަވެތި ދަރިން އެވަނީ އެއްލާލެވިފައި. މުޅި ދިވެހި ގައުމު މިއަދު އެދެކެނީ އަހަރެމެންނީ ޚާއިނުން ކަމަށް. ވަލިއްޔުލް އަމުރާއި މުޅި ސަރުކާރުން ބުނިބުނުމަށް އަހަރެމެން މިވަނީ ރަތްލާޖެހި ބާޣީންގެ ނަން އެޅިފަ. މިއަދު އަހަރެމެން މަގުމައްޗަށް ނިކުމެ އުޅެން އުނދަގޫވެއްޖެ. އަހަރެމެންގެ ކުދި ޅަދަރިން އެދަރިން އެދަނީ ރެއާދުވާލު އެސުވާލު ކުރިމަތި ކުރަމުން. އެކަމަކު ކުރާނީކީއް. ހަތަރެސްފައިގާ އަނދަގޮނޑި ޖެހިއަސް، ކުދިކޮށް ކޮށާ ކާޅަށް ކާންދިނަސް އަހރެމެންނަށް ކުރެވޭނީކީއް. ނެތް ޑޮލަރެއް ހުއްޓޭ ބުނެވޭނީ ކިހިނެތް.

އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ!

އަހަރެމެންގެ މި ހާލަށް ހަމްދަރުދީއެއް ވެދީ. އަހަރެމެން ސަލާމަތްކޮށްދީ. ތިޔަ ދިދައިގެ ނިވަލުގައިތިބެ އަހަރެމެން މިކުރީ ގައުމީ ޚިދުމަތެއް. ހެއްދެވި ފަރާތަށް ބިރުގަނެތިބި އަހަރެމެންވެސް މިމަސައްކަތްކުރީ ދެދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް ސާބިތުވެތިބެ. އަހަރެމެންގެ މިހާލަށް އަޅާލައި ތިޔަ ދިދައިގެ އަސްލު ހިޔާ އަހަރެމެންގެ މައްޗަށް ވިހުރާލަދީ. ނިންމާލަމުން ރޮއެފައިވެސް މިބުނަނީ މިއާދޭސް އައްސަވައިދެއްވާ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް