Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލީ ނިޒާމުގެ އިތުބާރު ގެއްލުވާލުން

މި ސަރުކާރުން މަސައްކަތް ކުރަނީ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލުމަށް: ފައްޔާޒު

25 އޯގަސްޓު 2024 | އާދީއްތަ 18:00

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ގިނައީ ސަރުކާރުގެ ބޭފުޅުން

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޯގަސްޓު 2024 | އާދީއްތަ 18:00
އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވާހަކަދައްކަވަނީ

އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވާހަކަދައްކަވަނީ

މިސަރުކާރުން މަސައްކަތް ކުރަނީ މާލީ ނިޒާމުގެ މިނިވަންކަން ފުޑުފުޑުކޮށްލާ، އެނިޒާމުގެ އިތުބާރު ގެއްލުވާލުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ފައްޔާޒު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގައި ގިނައީ ސަރުކާރުގެ ބޭފުޅުން ކަމަށާއި، ސަރުކާރަށް ނޭނގި އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ބޭނުން ގޮތަކަށް ބީއެމްއެލްގެ ބޯޑުން ނިންމާނެ ކަމަށެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ އާދިއްތަ ދުވަހުގެ ހެނދުނު ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމާ އެކަން އިއުލާން ކުރުމުން ރައްޔިތުން އިންތިހާއަށް ރުޅިގަދަވެ ކެކިއެރުމުން ސަރުކާރުން ބީއެމްއެލްގެ ބޮލުގައި އެކަން އަޅުވާފައިވާ ކަމަށެވެ. އަދި ބީއެމްއެލްގެ އެނިންމުން ނިންމީ ރައްޔިތުންގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލީ ނިޒާމުގައި އޮތް މިނިވަންކަން ފުޑުފުޑުކޮށްލުމަށް މި ސަރުކާރުން މަސައްކަތް ކުރާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މިއީ ކަންބޮޑުވާ ކަމެއް ކަމަށާއި، ސިޔާސީ މަގާމުތަކުގެ ބޭފުޅުން ބޭންކްތަކުގެ ބޯޑަށްލުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނުމުން ޕީއެންސީގެ މިސަރުކާރަށް ގައުމު ހިންގުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

ނަމަވެސް މިއަދު މިފެންނަނީ ހަރުދަނާ ޕްލޭނެއް ނެތި ރާއްޖެ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށާއި، ނުވަތަ ރާއްޖެ ވެއްޓިދާނެ އަނދަވަޅަކުން ސަލާމަތް ކުރުމަށް މިސަރުކާރުގެ ރަނގަޅު ސިޔާސަތެއް ނެތި ކުރިއަށްދާ މަންޒަރު ކަމަށެވެ. އަދި ވިދާޅުވީ މިހިސާބަށް ގައުމު ގެންދިއުމުން އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ޒިންމާގެ ދަށުން ސަރުކާރަށް ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އިއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް