Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިޒްރޭލުން ފަލަސްތީން ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށް، އުތުރު ޣައްޒާ ހުސްކުރަން އަމުރުކޮށްފި

އެންމެ ފަހުގެ ރިކޯޑްތަކަށް ބަލާއިރު، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 40،265 މީހުން ޝަހީދުވެ، 93،144 މީހުން ޒަޚަމްވެފައިވެއެވެ.

ރާއްޖެ އެމްވީ | 24 އޯގަސްޓު 2024 | ހޮނިހިރު 02:31
ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ކުޑަކުދިންނާ ބޮޑެތި މީހުން ދާރުލް ބަލާހްގައި ބޯފެންފޮދެއް ހޯދަން ކިޔޫގައި

ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ކުޑަކުދިންނާ ބޮޑެތި މީހުން ދާރުލް ބަލާހްގައި ބޯފެންފޮދެއް ހޯދަން ކިޔޫގައި

އިޒްރޭލު ސިފައިން، ޣައްޒާގެ އުތުރު އަދި މެދުތެރޭ ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރުމާއެކު އުތުރު ޣައްޒާގެ ބައެއް ސަރަޙައްދުތަކުން މީހުން ފައިބައިގެން ދިއުމަށް އިޒްރޭލުން އަމުރުކޮށްފިއެވެ.

އުތުރު ޣައްޒާގެ ބައިތު ލަހިޔާ އަށާއި ޖަބާލިއާ އަށް ބޮން އަޅާ ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އަނެއްކޮޅުން ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގެ ގެއަކަށް އިޒްރޭލުން ބޮން އަޅާ މަދުވެގެން 9 މީހުން ޝަހީދު ކޮށްލައިފި ކަމަށް ވަފާ ނިއުސް އޭޖެންސީ އިން ބުނެފައިވެއެވެ. މީގެ ތެރޭގައި ކުޑަ ދެ ކުދިންނާއި އަންހެނަކު ހިމެނެއެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ކައިރޯގައި ކުރެވެމުންދާ މަޝްވަރާތައް "ބިނާކުރަނިވި" ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ. ނަމަވެސް ހުށަހެޅިފައިވާ އެއްބަސްވުން ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދޭންޖެހޭ ކަމަށް ބުނެފައިވެއެވެ. އެއްބަސްވުމަކަށް ނާދެވި ހުރި ކަންކަންމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވާހަކަތަކުގެ މެދުވެރިންނާ އެމެރިކާގެ ވަފްދަކުން އާދިއްތަ ދުވަހު ބައްދަލު ކުރާނެ ކަމަށް ވެސް ވައިޓްހައުސް އިން ބުނެފައިވެއެވެ.

ހުކުރު ދުވަހު ހަމާސްގެ އިސް އޮފިޝަލަކު ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ މިސްރު-ޣައްޒާ ބޯޑަރުގައި ތިބި އިޒްރޭލު ސިފައިން ބޭލުމަށް ބޮޑު ވަޒީރު ނަތަންޔާހޫ އެއްބަސްނުވުން ކަމުގައެވެ. ހަމާސް އިން ބުނެފައިވަނީ "ފިލެޑެލްފީ ކޮރިޑޯ" ގެ ނަން ދެވިފައިވާ މި ސަރަހައްދުގައި އިޒްރޭލު ސިފައިން ގާއިމްވެ ތިބޭ ގޮތަކަށް ސުލްހައިގެ އެއްބަސްވުމަކަށް އެ ޖަމާއަތުން ތާއީދު ނުކާރޭ ކަމަށެވެ.

ދިގުލީ ހަނގުރާމައިގެ ސަބަބުން އާންމު ސާފުތާހިރު ކަން ގެއްލި ޣައްޒާގައި ޕޯލިއޯ ފެތުރިދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދީފައިވަނިކޮށް، ޣައްޒާގައި އުމުރުން 10 މަހުގެ ކުއްޖަކަށް ޕޯލިއޯ ޖެހި، ވާގި ނެތިފައިވާ ކަމަށް ފަލަސްޠީނު ރެފިއުޖީންނާބެހޭ އދ. ގެ އޭޖެންސީއިން ކަށަވަރުކޮށްދީފައިވެއެވެ. މިއީ މި ފާއިތުވި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ޣައްޒާ އިން ފެނުނު ފުރަތަމަ ޕޯލިއޯ ކޭސްއެވެ.

ޕޯލިއާ ބަލީގެ ނުރައްކާ ޣައްޒާގެ ކުޑަކުދިންނަށް އޮތް އިރު، ކާބޯތަކެއްޗަށް ޖެހިފައިވާ ޣައްޒާގައި އިންސާނީ އެހީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި ކާނާ ނުލިބުމުގެ ގެއްލުން ވެސް އެންމެ ބޮޑަށް ވަނީ ފަލަސްތީނުގެ ކުޑަކުދިންނަށް ކަމަށް އދ. ގެ އިސް ވެރިއަކު ވަނީ ވިދާޅުވެފައެވެ.

އދ. އިން ބުނާ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 90 އިންސައްތަ މީހުން ވަނީ އެއްފަހަރަށް ވުރެ ގިނަ ފަހަރު އިޒްރޭލުން އަމުރުކޮށްގެން އެމީހުން ވަޒަން ދޫކޮށް ތަފާތު ތަންތަނަށް ބަދަލުވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރައްކައުތެރި ހިޔާވަހި ކަމެއް ނުލިބުމާއި، ސާފު ފެނާއި ކާނާ އިން މަހުރޫމް ވުމާއި، އަދި އެހެނިހެން އަސާސީ ޚިދުމަތްތައް ނުލިބުމުގެ ސަބަބުން ސިއްހީ މައްސަލަތަކުގެ އިތުރުން އެތައް މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.

އެންމެ ފަހުގެ ރިކޯޑްތަކަށް ބަލާއިރު، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 40،265 މީހުން ޝަހީދުވެ، 93،144 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

02 މެއި 2017
ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު