Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާތަކެތީގެ ޚިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރުން

މިއަހަރުގެ މިހާތަނަށް ކާބޯތަކެތީގެ ޚިދުމަތްދޭ 1500ށް ވުރެ ގިނަ ތަންތަން ބަލާފާސްކޮށްފައިވޭ، 14 ތަނަކާ މެދު ފިޔަވަޅު އަޅާފައިވޭ: މިނިސްޓަރު ހަލީލު

22 އޯގަސްޓު 2024 | ބުރާސްފަތި 12:56

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ބޮޑަށް މައްސަލަތައް ފެންމަތިވަމުން ދަނީ ރަޖިސްޓްރީ ނުކުރާ ތަންތަނުން

އަމްނާ އިމާދު
އަމްނާ އިމާދު | 22 އޯގަސްޓު 2024 | ބުރާސްފަތި 12:56
ބުރާސްފަތި ދުވަހު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބުރާސްފަތި ދުވަހު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 1500ށް ވުރެ ގިނަ ކާބޯތަކެތީގެ ޚިދުމަތް ދޭތަންތަން ބަލާފާސްކޮށްފައިވާ ކަމަށާއި، މިންގަނޑުތަކަށް ނުފެތޭ ތަންތަން ބަންދުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވައި މިނިސްޓަރު ހަލީލު ވިދާޅުވީ މިސަރުކާރުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ބާރު ލިބުނު ނަމަވެސް މީގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ހިންގަމުންއައީ ގާނޫނުން މާ ބޮޑެތި ބާރުތަކެއް ލިބިގެން ނޫން ކަމަށެވެ. ނަމަވެސް މިހާރު މިގާނޫނާއެކު ބާރު ލިބިފައިވާ ކަމަށާއި، މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ގާނޫނުގެ ދަށުން ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެމްއެފްޑީއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ހަލީލު ވިދާޅުވީ ރަޖިސްޓްރީކޮށްގެން ހިންގާ ކާބޯތަކެތީގެ ޚިދުމަތް ދޭތަންތަން ބަލާފާސް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 1579 ތަނެއް ބަލާފާސްކޮށްފައިވާ ކަމަށެވެ. ގާނޫނާ ހިލާފަށް ޚިދުމަތް ދެމުންދިޔަ 14 ތަނެއް ބަންދުކުރި ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގަވާއިދާ އެއްގޮތަށް ތަނުގެ ހާލަތު ގެނައުމުން 13 ތަނެއް ހުޅުވާފައިވާ ކަމަށާއި، އަދިވެސް އެތަން ބަންދުކޮށްފައިވާ ކަމަށެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ބޮޑަށް މައްސަލަތައް ފެންމަތިވަމުން ދަނީ ރަޖިސްޓްރީ ނުކުރާ ތަންތަނުންކަން ފާހަގަކުރައްވައި މިނިސްޓަރު ހަލީލު ވިދާޅުވީ މިމައްސަލަ ގުޅިފައިވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އިޝާރާތް ކުރައްވައި މިނިސްޓަރު ހަލީލު ވިދާޅުވީ މިގާނޫނު ތަންފީޒުވެގެންދާއިރު ސާފުތާހިރުކަން ހުންނަންޖެހޭ މިންގަނޑުތައް ބަޔާން ކުރެވިގެންދާނެ ކަމަށެވެ. މިގާނޫނުގެ ދަށުން ގަވާއިދުތައް ހެދި، ފިހާރަތަކަށް ލާ އެކި ބާވަތްތަކުގެ ކާބޯތަކެތި އުފެއްދީ ކޮންތާކުންކަން އެނގޭނެ ގޮތް ހަދާނެ ކަމަށެވެ. އަދި މައްސަލައެއް ކުރިމަތިވުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތް އެނގޭނެ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ހަލީލު ވިދާޅުވީ މިގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށާއި، ޖިނާއީ ދައުވާ ކުރުމާއި، ޖޫރިމަނާ ކުރުމުގެ ބާރު ލިބޭ ކަމަށެވެ. އެގޮތުން 10،000 ރުފިޔާ އާއި 50،000 ރުފިޔާ އަދި އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު ލިބޭ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.

މިނިސްޓަރު ހަލީލު ވިދާޅުވީ ސިއްހީ ރައްކާތެރިކަން ކޮންޕްރަމައިޒް ނުކުރާނެ ކަމަށާއި، ބިދޭސީ މީހާ ވެސް ޑީޕޯޓުކުރަންޖެހޭ ހާލަތުގައި ޑީޕޯޓުކޮށް ގާނޫނު ތަންފީޒު ކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
16 މެއި 2017

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
13 މެއި 2017

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް