Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފ.އަތޮޅު ވޮލީ މުބާރާތް

ފ.އަތޮޅު ވޮލީ މުބާރާތް: ޗެމްޕިއަން ނިލަންދޫ ކަޓުވާލައި ފީއަލީ ފައިނަލަށް

މޮޅުވާ ޓީމަކަށް އެއް ވަނައިގައި ފައިނަލްގެ ޖާގަ ލިބެން އޮތްއިރު، ފީއަލީން ވަނީ ތިން ސެޓު އެއް ސެޓުން ނިލަންދޫގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2024 | އަންގާރަ 06:18
މެޗުން މޮޅުވުމާއެކު ފީއަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުން މޮޅުވުމާއެކު ފީއަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ފ.އަތޮޅު ވޮލީ ބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނިލަންދޫ ކަޓުވާލައި، ފީއަލީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ލީގު އުސޫލުން ކުޅޭ މުބާރާތުގެ ފައިނަލްގެ ޖާގަ ލިބެނީ ލީގު ބުރު ނިމޭއިރު އެއް ވަނަ ޓީމާއި، ދެ ވަނަ ޓީމަށެވެ. ހޯމަ ދުވަހުގެ ހަވީރު ނިލަންދޫ އާއި ފީއަލީ ބައްދަލު ކުރިއިރު، ފައިނަލްގެ ޖާގަ ލިބެން އޮތީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. މޮޅުވާ ޓީމަކަށް އެއް ވަނައިގައި ފައިނަލްގެ ޖާގަ ލިބެން އޮތްއިރު، ފީއަލީން ވަނީ ތިން ސެޓު އެއް ސެޓުން ނިލަންދޫގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު ވެސް ކާމިޔާބު ކުރީ ފީއަލީންނެވެ. ވާދަވެރި ކުޅުމަކަށްފަހު ފީއަލީން ފުރަތަމަ ސެޓު ހޯދީ ފަަހު ވަގުތު ތަފާތު ދައްކައިގެންނެވެ. ފުރަތަމަ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-23 އިންނެވެ. ދެ ވަނަ ސެޓުގައި ފީއަލީން ވަނީ ކުޅުން ރަނގަޅުކޮށް، ރަނގަޅު ލީޑެއްގައި އޮވެ ސެޓު ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-18 އިންނެވެ.

ނަމަވެސް، ނިލަންދޫ އިން ވަނީ ތިން ވަނަ ސެޓު ކާމިޔާބުކޮށް އުންމީދު ހޯދައިފަ އެވެ. ތިން ވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ކޮންމެ ޓީމަކަށް ވެސް ސެެޓު ނިންމަން ފުރުސަތު ލިބެމުން ދިޔަ އިރު، ނިލަންދޫ އިން ތިން ވަނަ ސެޓު ކާމިޔާބު ކުރީ 30-32 އިންނެވެ. ހަތަރު ވަނަ ސެޓުގައި ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ސެޓުގެ ވަކި ހިސާބަކުން ފީއަލީން ވަނީ ލީޑު ނަގައިފަ އެވެ. އެހެން ނަމަވެސް ނިލަންދޫ އިން ދެ ޕޮއިންޓަށް ވެސް ފަރަގު ކުޑަ ކުރި އެވެ. ފީއަލީން ހަތަރު ވަނަ ސެޓު ކާމިޔާބު ކުރީ 25- 22 އިންނެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލްގައި ބައްދަލު ކުރާނީ ފީއަލީ އަދި މަގޫދޫ އެވެ. މުބާރާތުގެ ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗު މަގޫދޫ އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފަހު މެޗުގައި ހޯމަ ދުވަހުގެ ރޭ ފީއަލީ ނިކުތީ ނިލަންދޫއާ ދެކޮޅަށެވެ. އެ މެޗު ފީއަލީން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. ފީއަލީން މެޗުގެ ސެޓުތައް ކާމިޔާބު ކޮށްފައި ވަނީ 25-16، 25-14 އަދި 25-17 އިންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ބައްދަލު ކުރާނީ ދަރަނބޫދޫ އާއި މަގޫދޫ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު