Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިޒްރޭލުން ފަލަސްތީނުގެ ނޫސްވެރިއަކު އަނެއްކާވެސް މަރާލައިފި

އޮކްޓޯބަރު 7 ން ފެށިގެން އިޒްރޭލުން ޣައްޒާ ގައި ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 113 ނޫސްވެރިންނާއި މީޑިއާގެ މުވައްޒަފުން މަރުވެފައިވާ ކަމަށް ސީޕީޖޭ އިން ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ | 20 އޯގަސްޓު 2024 | އަންގާރަ 01:55
އިޒްރޭލުން ހަމަލާދީ މަރާލި ފަލަސްތީނުގެ ނޫސްވެރިޔާ އިބްރާހިމް މުހާރަބް

އިޒްރޭލުން ހަމަލާދީ މަރާލި ފަލަސްތީނުގެ ނޫސްވެރިޔާ އިބްރާހިމް މުހާރަބް

ހޯމަ ދުވަހު ޣައްޒާގެ ސިއްހީ ވުޒާރާއާއި ފަލަސްތީނުގެ ނިއުސް ސައިޓަކުން ބުނެފައިވަނީ އާދިއްތަ ދުވަހު ޣައްޒާގެ ދެކުނުގައި އިޒްރޭލުން ދިން ހަމަލާއެއްގައި ނޫސްވެރިއަކު މަރުވެފައިވާ ކަމަށެވެ.

އިބްރާހީމް މުހާރަބްގެ މި ނޫސްވެރިޔާގެ ހަށިގަނޑު ހޯމަ ދުވަހު ޚާން ޔޫނިސް ގެ ނާސިރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މުހާރަބް މަސައްކަތްކުރި ނިއުސް ވެބްސައިޓް ކަމުގައިވާ "ޕެލެސްޓީނިއަން ޑެއިލީ" އިން އޭނާ މަރާލި ވާހަކަ އިއުލާންކުރަމުން ބުނެފައިވަނީ، އޭނާ މަރުވީ އޭނާ އަށާއި އެހެން ނޫސްވެރިން ތަކަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން ދިން ހަމަލާ އަކާ ގުޅިގެން ކަމުގައެވެ.

މުހާރަބްގެ ހަށިގަނޑު ފެނުނީ ހޯމަ ދުވަހުގެ ހެނދުނު ޤަތަރުން އިމާރާތްކޮށްފައިވާ، މިހާރު ވީރާނާވެފައިވާ ބޮޑު އެޕާޓްމަންޓް ކޮމްޕްލެކްސްއެއް ކަމުގައިވާ ހަމަދް ސިޓީން ކަމަށް އެ ވެބްސައިޓުން ބުނެފައިވެއެވެ.

އިޒްރޭލުން ހަމަލާ ދިން އިރު އެ ވަގުތު މުހާރަބްއާއެކު ތިބި އިތުރު ދެ ނޫސްވެރިން ޒަޚަމްވެ، ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އޭއެފްޕީގެ ނޫސްވެރިއަކު ރިޕޯޓުކޮށްފައިވެއެވެ.

ފަލަސްތީނު ނޫސްވެރިންގެ ޖަމްޢިއްޔާއިން މުހާރަބް "ޝަހީދުކޮށްލުން" ކުށްވެރިކޮށް، އިޒްރޭލު ސިފައިން ޣައްޒާގައި "ނޫސްވެރިން މެރުމަށް ރާވައިގެން ހިންގާ ކެމްޕޭނެއް" ގެންދާ ކަމަށް ބުނެފައިވެއެވެ.

މިހާދިސާ އާ ގުޅޭ ގޮތުން ހޮސްޕިޓަލުގައި ހުރި ޣައްޒާގެ ނޫސްވެރިއެއް ކަމުގައިވާ އިބްރާހީމް ޤަނާން ބުނެފައިވަނީ އިޒްރޭލުން "ޣައްޒާ ސްޓްރިޕްގައި ހިންގާ ކަންކަން ބޭރު ދުނިޔެއަށް ފޯރުކޮށްދިނުމުގެ ހުރިހާ ގޮތެއް ނައްތާލަން މަސައްކަތްކުރުމުގެ ތެރެއިން ހަޤީޤަތް މަރާލަމުންދާ" ކަމަށެވެ.

ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމާއަތެއް ކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވަނީ، އޮކްޓޯބަރު 7 ން ފެށިގެން އިޒްރޭލުން ޣައްޒާ ގައި ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް "މަދުވެގެން 113 ނޫސްވެރިންނާއި މީޑިއާގެ މުވައްޒަފުން" މަރުވެފައިވާ ކަމަށެވެ.

މިއީ "1992 ވަނަ އަހަރުން ފެށިގެން ސީޕީޖޭ އިން މަޢުލޫމާތު އެއްކުރަން ފެށި ފަހުން، ނޫސްވެރިންނަށް އެންމެ ނުރައްކާތެރިވި މުއްދަތު" ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު