Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގެ ކުއްޖަކަށް ޕޯލިއޯ ޖެހުން

ޣައްޒާގެ ކުޑަ ކުއްޖަކަށް ޕޯލިއޯ ޖެހިއްޖެ ކަން ކަށަވަރު ކޮށްދީފި

މި ފާއިތުވެ ދިޔަ 25 އަހަރުގެ ތެރޭގައި ޣައްޒާ އިން ޕޯލިއޯ ބަލި ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށް އދ. އިން ވަނީ ބުނެފައެވެ. ބައްޔަށް ވެކްސިން ދޭން ޖެހޭ 650،000 ށް ވުރެ ގިނަ ކުދިން ތިބި ކަމަށް ޣައްޒާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ | 17 އޯގަސްޓު 2024 | ހޮނިހިރު 07:46
ޚާން ޔޫނިސް ގެ އިރުމަތީ ސަރަހައްދުގައި އުޅޭ ފަލަސްތީނު މީހުންނަށް އެ ސަރަހައްދު ދޫކޮށް ވަގުތުން ދިއުމަށް އިޒްރޭލް ސިފައިން އެންގުމުން ކުޑަކުދިން ތަކެއް ސަރަހައްދު ދޫކޮށް ދަނީ

ޚާން ޔޫނިސް ގެ އިރުމަތީ ސަރަހައްދުގައި އުޅޭ ފަލަސްތީނު މީހުންނަށް އެ ސަރަހައްދު ދޫކޮށް ވަގުތުން ދިއުމަށް އިޒްރޭލް ސިފައިން އެންގުމުން ކުޑަކުދިން ތަކެއް ސަރަހައްދު ދޫކޮށް ދަނީ

ޣައްޒާގައި ޕޯލިއޯ ބަލި އުޅޭ ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.

ޣައްޒާ ގައި ޕޯލިއާ ޖެހިފައިވާ ކުޑަކުއްޖަކު ފެނިފައިވާ ކަމަށް އެތަނުގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ހާމަ ކުރީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ފަލަސްތީނުގެ އެތައް ސަތޭކަ ހާސް ކުޑަ ކުދިންނަށް ވެކްސިން ދިނުމަށް ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް ގޮވާލައްވާފައި ވަނިކޮށްނެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ސިއްޙަތާ ބެހޭ ވުޒާރާ އިން ބުނެފައިވަނީ، ޕޯލިއޯ ވައިރަސް ފެތުރެން ދިމާވީ އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާއްމު ސިއްހަތުގެ ހާލަތު އިންތިހާ އަށް ދަށަށް ދިއުމުން ކަމުގައެވެ.

ޕޯލިއޯ ވައިރަސްއަކީ ވަރަށް ފަސޭހައިން ފެތުރޭ ވައިރަސްއެކެވެ. އެންމެ ގިނައިން ފެތުރެނީ ނަޖިސް އަދި ތަޣައްޔަރުވެފައިވާ ފެނުގެ ޒަރީއާ އިންނެވެ. މި ވައިރަސްގެ ސަބަބުން ގުނަވަންތައް އައިބުވުމާއި، ވާގި ނެތޭ ގޮތްވުމާއި، އަދި މަރުވުމުގެ ނުރައްކާވެސް އޮވެއެވެ. މައިގަނޑު ގޮތެއްގައި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުމުރުން 5 އަހަރުން ދަށުގެ ކުދިންނަށެވެ.

ޣައްޒާ ގައި ސިއްޙީ ހާލަތު ދަށަށް ގޮސް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، ގައިންގަޔަށް އަރާ ބަލިތައް ފެތުރި، މަގުމަތީގައާއި ވަގުތީ ހިޔަލުގައި ދިރިއުޅޭ މީހުންގެ ޓެންޓުތަކުގެ ތެރޭގައި ނަޖިސް ފެތުރި، އަދި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންވާ ތަކެއްޗާއި ސާފު ބޯފެން ނުލިބޭ ހާލަތެއްގައި ވަނިކޮށް، ޕޯލިއޯގެ އަލާމާތްތައް ހުރި ކުއްޖެއްގެ ކިބައިން ލެބޯޓަރީ ޓެސްޓުތަކުން ޕޯލިއޯ ހުރިކަން ކަށަވަރު ކުރެވިފައިވާކަމަށް ސިއްހަތާ ބެހޭ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާ އިން ޕޯލިއޯ ޖެހިފައިވާ ކުއްޖާ އަކީ އުމުރުން 10 މަހުގެ ވެކްސިން ނުޖަހާ ކުއްޖެއް ކަމަށާއި ބަލި ހުރިކަން ސާބިތުވީ އުރުދުން އަށް ސާމްޕަލް ފޮނުވައިގެން ހެދި ޓެސްޓްތަކުން ކަމަށް ރާމަﷲ ގައި ހުންނަ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެއެވެ.

ޣައްޒާ ގައި ޕޯލިއޯ ބަލީގެ މީހަކު މި ވޭތުވެ ދިޔަ 25 އަހަރުގެ ތެރޭގައި ފެނިފައި ނުވާ ކަމަށް އދ އިން ވަނީ ބުނެފައެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވީ ޣައްޒާ ގައި ވެކްސިން ދޭން ޖެހޭ 640،000 އަށްވުރެ ގިނަ ކުދިންނަށް ވެކްސިން ދިނުމަށްޓަކައި ހަތް ދުވަހުގެ މުއްދަތައް ނަމަވެސް ހަނގުރާމަ ހުއްޓާލުމަށެވެ.

ޔުނިސެފް އިން ބުނެފައިވަނީ ހިޞާރުކޮށްފައިވާ ފަލަސްޠީނު ސަރަޙައްދުތަކުގައި ދިރިއުޅޭ ކުދިންނާ ހަމަ އަށް ވާސިލްވާނެ ޕްލޭނެއް މިހާރު އެ ޖަމްއިއްޔާ އިން ވަނީ ހަދާފައެވެ. އެ ޕްލޭން ތަންފީޒް ކުރަން މިމަހު ފެށޭނެ ކަމަށާއި އެހެން ނަމަވެސް އެކަން އެހެން ކުރެވޭނީ 10 މަސް ދުވަސް ވެފައިވާ ހަނގުރާމަ މެދުކެނޑިގެން ކަމަށް އޭއެފްޕީން ޔުނިސެފްގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވެއެވެ.

ޤަޠަރުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާއެކުވެސް، އިޒްރޭލުން ގެންދަނީ ހިޞާރުކޮށްފައިވާ ޣައްޒާ އަށް ވައިގެ މަގުން ބޮން އަޅަމުން އަދި ޓޭންކްތަކުގައި ބޮޑުބަޑިން ހަމަލާދެމުންނެވެ. މިހާރު ހަނގުރާމަ 10 ވަނަ މަހަށް އަޅާފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 40،000ށް ވުރެ މައްޗަށް ގޮސްފައިވެއެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
20 މާރިޗު 2017

ކުޑަކުޑަ ގާނާއަށް އެތެއް ވަރުގެ ކެބިނެޓެއް

20 މާރިޗު 2017
ކުޑަކުޑަ ގާނާއަށް އެތެއް ވަރުގެ ކެބިނެޓެއް
14 މާރިޗު 2017

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
01 މާރިޗު 2017

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު