Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ޔާމީން، 2018 ކާމިޔާބު ކުރަނީ އެއްލަކިން: ރީކޯ މޫސަ

2018 ވަނަ އަހަރުގެ ރިޔާސި އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރަނީ ފަސޭހަކަމާއިއެކު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 13 އޯގަސްޓު 2017 | އާދީއްތަ 22:07
ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު

ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު

2018 ވަނަ އަހަރުގެ ރިޔާސި އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމް ކާމިޔާބު ކުރައްވާނީ ފަސޭހަކަމާއިއެކު އެއްލަކިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ އެގޮތަށް ވިދާޅުވީ "ޕީޕީއެމް ރާސްޓަސް" ނަމުގައި ގަލޮޅުގައި ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ "އެއް ލަކިން" ކަމަށެވެ.

މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދެކެމުން ގެންދިޔައީ އަވާމެންދުރެއް ކަމަށާއި ހިސާބުވެސް ޖަހަމުން ގެންދިޔައީ ނުބައިކޮށް ކަމަށެެވެ. އަދި ކައުންސިލް އިންތިހާބުގައި ގިނަ ގޮނޑި ލިބުމަކީ ކަމިޔާބެއްކަމަށް އިދިކޮޅު ފަރާތްތަކުން ދެކުނު ކަމަށް މޫސަ ވިދާޅުވިއެވެ.

ވޯޓްލާން ނިކުތީ 67 އިންސައްތަ މީހުން ކަމަށާއި އެމީހުންގެ ތެރެއިން 11 އިންސައްތަ ވޯޓް ލިބިފައިވަނީ ޕީޕީއެމަށްކަމަށްވެސް މޫސަ ވިދާޅުވިއެވެ. އެހެން ކަމުން ދެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އިތުރަށް ބޭނުންވަނީ 11 އިންސައްތަ ވޯޓްކަމަށާއި އެއްލަކިން އިންތިހާބު ކާމިޔާބު ކުރާނެކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ އެގޮތަށް ވިދާޅުވެފައި ވަނީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ގޮނޑި އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައި ވަނިކޮށެވެ. އެމްޑީޕީން 294 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ސަރުކާރު ހިންގާ ޕީޕީއެމަށް ކާމިޔާބުވެފައި ވަނީ 200 އެއްހާ ގޮނޑިއެވެ.

މޫސަ ވިދާޅުވީ ޖަގަހަތައް ހުޅުވަނީ ބޮޑެތި ފޮޓޯތައް ޖަހާފައި ބަހައްޓަން ނޫންކަމަށާއި އެ ތަންތަނުގައި ބޮނޑިބަތްވެސް އަވެލިވެސް ކާން ޖެހޭ ކަމަށެވެ. އަދި ދޮރުން ދޮރަށް ހިނގައި ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދޭން ޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.

ޕީޕީއެމް ރާސްޓަސް ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ސަރުކާރުގެ ވަޒީރުންނާއި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު