Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ - ޔޫކްރެއިން ހަނގުރާމަ

ޔުކްރެއިން އިން ރަޝިއާގެ ބިމުގައި އަސްކަރީ އޮފީހެއް ހުޅުވައިފި

16 އޯގަސްޓު 2024 | ހުކުރު 06:27

ޔުކްރެއިންގެ ސިފައިންގެ އެންމެ އިސް ވެރިޔާ ބުނާގޮތުގައި، ރަޝިއާގެ ހުޅަނގު ސަރަހައްދުގެ ކާރސްކް ސަރަޙައްދުގައި ޔުކްރެއިންއިން ސިފައިންގެ އިދާރީ އޮފީހެއް ޤާއިމްކޮށްފިއެވެ. މިއީ ރަޝިއާގެ ސަރަޙައްދަށް ކުއްލިއަކަށް ޔޫކްރެއިން ސިފައިން އަރާ އެ ސަރަހައްދު ހިސޯރުކޮށް ހޯދަމުންދާ ކުރިއެރުންތައް ހާމަވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާއްޖެ އެމްވީ | 16 އޯގަސްޓު 2024 | ހުކުރު 06:27
ރަޝިއާ އަށް އެރި ޔޫކްރެއިންގެ ފައުޖެއް ހަރަކާތްތެރިވަނީ

ރަޝިއާ އަށް އެރި ޔޫކްރެއިންގެ ފައުޖެއް ހަރަކާތްތެރިވަނީ

ރަޝިއާގެ ހުޅަނގު ސަރަހައްދުގެ ކާރސްކް ސަރަޙައްދުގައި ޔުކްރެއިން ސިފައިންގެ އިދާރީ އޮފީހެއް ޤާއިމްކޮށްފިއެވެ.

ޖެނެރަލް އޮލެކްސަންދަރް ސޮރްސްކީ ވިދާޅުވީ މި އޮފީހުގެ މަޤްޞަދަކީ "ޤާނޫނާއި އުސޫލްތައް ދެމެހެއްޓުމާއި" އަދި އެ ސަރަޙައްދުގެ އާބާދީއަށް ކޮންމެހެން ބޭނުންވާ ކަންކަން ފުއްދައިދިނުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައިވާ ވީޑިއޯއެއްގައި، ޔުކްރެއިންގެ ރައީސް ވުލޮޑިމިރ ޒެލެންސްކީ ރިޔާސަތު ބަލަހައްޓަވާ ބައްދަލުވުމެއްގައި ޖެނެރަލް ސޮރްސްކީ ވިދާޅުވަނީ މި އޮފީސް ޤާއިމްކޮށްފައިވަނީ "ޔުކްރެއިންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި" ކަމަށެވެ.

ރަޝިއާގެ ދިފާޢީ ވަޒީރު އަންދްރޭ ބިލޯސެފް ވިދާޅުވެފައިވަނީ އެ ސަރަޙައްދުގެ އާބާދީ "ރައްކާތެރިކުރުމަށް" އިތުރު ބާރުތައް ރަޝިއާ އިން ފޮނުވާނެ ކަމަށެވެ.

ޔުކްރެއިން އިން ބުނެފައިވަނީ ރަޝިއާ އަށް އެރި ޔޫކްރެއިން ސިފައިން ބުރާސްފަތި ދުވަހު އިތުރު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

ޖެނެރަލް ސޮރްސްކީ ވިދާޅުވި ގޮތުގައި ޔޫކްރެއިނުގެ ސިފައިން ކާރސްކް ސަރަޙައްދުގެ 35 ކިލޯމީޓަރު އެތެރެއަށް ވަދެ، 1،150 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ކޮންޓްރޯލް ކުރަމުންދާ ކަމަށާއި، މީގެ ތެރޭގައި 82 އަވަށް ހިމެނޭ ކަމަށެވެ.

ޔޫކްރެއިން ސިފައިން ރަޝިއާ އަށް އަރާ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަމުންދާތާ މިހާރު 10 ވަނަ ދުވަހަށް އައިއިރު، މިއީ 2022 ގައި މޮސްކޯއިން ފުޅާ ދާއިރާއެއްގައި ޔޫކްރެއިންއަށް އަރާ ހަނގުރާމަ ފެށި ފަހުން ޔޫކްރެއިނުން ރަޝިއާއަށް އަރާ ހޯދި އެންމެ ބޮޑު ކާމިޔާބު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާ އަށް އަރާ ޔޫކްރެއިންގެ ސިފައިން ކުރިއެރުންތައް ހޯދި ނަމަވެސް ކީވްއިން ބުނެފައިވަނީ އެމީހުން "ރަޝިއާގެ ސަރަޙައްދު ހިފުމަކަށް" ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.

ޔޫކްރެއިންގެ ސަލާމަތީ އޮފިޝަލުން ކުރިން ބުނެފައިވަނީ ޔޫކްރެއިން ގެ މަގްސަދަކީ ރަޝިއާ އަށް އެ ގައުމުގެ ބޯޑަރު ހިމާޔަތް ނުކުރެވޭކަން ދެއްކުމާއެކު، ދެވުނު އެންމެ ބޮޑު ގެއްލުމެއް ރަޝިއާ އަށް ދިނުން ކަމަށެވެ.

ޔޫކްރެއިން އިން މިހާރު ބުނަނީ، "އިންސާފުވެރި ސުލްޙައަކަށް" މޮސްކޯއަށް އެއްބަސް ވެވޭނަމަ ހިފާފައިވާ ބިންތަކުން ޔޫކްރެއިން ސިފައިން ވަގުތުން ފައިބާނެ ކަމަށެވެ.

ރަޝިއާ އާއި އަޅާ ބަލާއިރު ހަތިޔާރުގެ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން ބަލިކަށި ކަމަށް ބެލިފައިވާ ޔޫކްރެއިން ސިފައިން ރަޝިއާ އަށް އެރުމުގައި، އިނގިރޭސިވިލާތުން ހަދިޔާކޮށްފައިވާ ޓޭންކުތައް ބޭނުންކޮށްފައިވާކަން ޔޫކޭގެ މަސްދަރަކުން ބީބީސީއަށް ކަށަވަރުކޮށްދީފައިވެއެވެ.

ޔޫކްރެއިންއިން ބޭނުންކޮށްފައިވަނީ ކޮން ބާވަތެއްގެ ޚާއްޞަ ހަތިޔާރުތަކެއްކަން އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާއިން ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް، "ރަޝިއާގެ ޣައިރު ޤާނޫނީ ހަމަލާތަކާ ދެކޮޅަށް އަމިއްލަ ދިފާއުގައި" އިނގިރޭސިވިލާތުން ފޯރުކޮށްދީފައިވާ ހަތިޔާރުތައް ބޭނުންކުރުމުގެ "ފުރިހަމަ ޙައްޤު" ޔޫކްރެއިންއަށް އޮތްކަން އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ.

ޔުކްރެއިންއަށް ޒަމާނީ ހަނގުރާމަމަތީ ޓޭންކުތައް ފޯރުކޮށްދިން ފުރަތަމަ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. އެގޮތުން ފާއިތުވި އަހަރު 14 ޗެލެންޖަރ 2 ޓޭންކު ހަދިޔާކޮށްފައިވެއެވެ. ނަމަވެސް އެއީ ޔުކްރެއިންގެ އަމިއްލަ ސަރަޙައްދު އަނބުރާ ހޯދުމަށް ދޭ ހަމަލާތަކަށް ފޯރުކޮށްދިން ހަތިޔާރު ކަމަށްވެސް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް