Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ފެނާންޑޭސް، ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަނީ

އެ ކުލަބާ އެކު އޭނާ ސޮއި ކުރާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޯގަސްޓު 2024 | ހޯމަ 08:33
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރޫނޯ ފެނާންޑޭސް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރޫނޯ ފެނާންޑޭސް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް، އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް، ފެނާންޑޭސްގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ ޔުނައިޓެޑުން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެކަމާ ގުޅުން ހުރި މަޝްވަރާތައް ޔުނައިޓެޑުން ފެނާންޑޭސް އާއެކު ކޮށްފައިވާ ކަމަށާއި، އެކަމުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން ވަރަށް އަވަހަށް ފެނާންޑޭސް ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރާނެ ކަމަށް މީޑިއާ ތަކުން އަންނަނީ ބުނަމުންނެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އައު އެއްބަސްވުމާއެކު، ޔުނައިޓެޑުގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިންގެ ތެރޭގައި ފެނާންޑޭސް ހިމެނޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ފެނާންޑޭސް ވަނީ މިހާތަނަށް ޔުނައިޓެޑުގައި ހޭދަކޮށްފައިވާ ހަ ސީޒަންގެ ތެރޭގައި އެ ކުލަބަށް ކުޅެދިން 234 މެޗުގައި 79 ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑަށް ބަދަލުވެ އެ ކުލަބުގައި ފެނާންޑޭސް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ކުލަބާ އެކު އޭނާ ވަނީ މިހާތަނަށް އެފްއޭ ކަޕް އަދި ކަރަބޯ ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު