Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމިއުނިޓީ ޝީލްޑް

ޕެނަލްޓީގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް, ސީޒަން ފެށުން ސިޓީއަށް

11 އޯގަސްޓު 2024 | އާދީއްތަ 02:09

ޕެނަލްޓީގައި ކުރި ހޯދީ 7-6 ންނެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 11 އޯގަސްޓު 2024 | އާދީއްތަ 02:09
ސިޓީން ކޮމިއުނިޓީ ޝީލްޑް އުފުލާލަނީ: ފޮޓޯ-އޭޕީ

ސިޓީން ކޮމިއުނިޓީ ޝީލްޑް އުފުލާލަނީ: ފޮޓޯ-އޭޕީ

ޕެނަލްޓީގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް, ސީޒަން ފަށަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފި އެވެ.

އެފްއޭއެކަޕް ޗެމްޕިއަން ބަލިކޮށް, ޕްރިމިއަރ ލީގުގެ ޗެމްޕިއަން ސިޓީން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރީ 7-6 ން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 ން ދެޓީމް އެއްވަރު ވެގެންނެވެ. 83 ވަނަ މިނިޓްގައި ފުރަތަމަ ލީޑް ނެގީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. ބަދަލަކަށް ދެވަނަ ހާފްގައި ނިކުމެ ލީޑް ނަގައިދިނީ ގާނާޗޯ އެވެ. ސިޓީއަށް މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިތްގައި ބެނާޑޯ ސިލްވާ އެވެ. މިއަދު 30 ވަނަ އުފަން ދުވަސް ފާހަގަކުރާ ބެނާޑޯ ސިލްވާ ކުޅެން ނިކުތީ މެޗުގެ ދެވަނަ ހާފްގެ ތެރޭގައެވެ. އެކަމަކު ސިޓީން ޖެހި ފުރަތަމަ ޕެނަލްޓީ ބެނާޑޯ ސިލްވާ އަތުން ނާކާމިޔާބުވިއެވެ. އޭނާ ޖެހި ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު އޮނާނާ މަތަކުރިއެވެ. ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ޔުނައިޓެޑަށް ނާކާމިޔާބުވީ ޖޯޑަން ސަންޗޯ ޖެހި ހަތަރުވަނަ ޕެނަލްޓީ އެވެ. ސަންޗޯގެ ޕެނަލްޓީ ކީޕަރު އެޑާސަން އަތުން ޖެއްސުމުންވެސް ގޯލަށް ނުވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. އެޑާސަން ވަނީ ސިޓީގެ ފަސްވަނަ ޕެނަލްޓީ ޖަހާފައެވެ.

ފުރަތަމަ ފަސް ޕެނަލްޓީގައި ދެޓީމް 4-4 ން އެއްވަރުވުމުން އިތުރަށް ޖެހި ޕެނަލްޓީގައި ޔުނައިޓެޑަށް ނާކާމިޔާބުވީ އިވާންސް ޖެހި ޕެނަލްޓީ އެވެ. އޭނާއަށް ފޮނުވާލެވުނީ ހުރަސްދަނޑި މަތިން ބޭރަށެވެ. ސިޓީއަށް ކޮމިއުނިޓީ ޝީލްޑް ޔަގީންކޮށްދިން ޕެނަލްޓީ ޖެހީ ޑިފެންޑަރ އަކަންޖީ އެވެ.

ސިޓީއަށް ވަނީ 2019, 2021, އަދި 2022 ވަނަ އަހަރު ކޮމިއުނިޓީ ޝީލްޑް މެޗުގައި ނާކާމިޔާބުވެފައވެެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް