ފަސިންޖަރުންނާއެކު ދަތުރުކުރި ބްރެޒިލްގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ
ބޯޓު ވެއްޓުނު އިރު 62 މީހުން ބޯޓުގައި ތިބި ކަމަށް އެއަރލައިން އިން ބުނެެއެވެ.

ވިއޯޕާސް އެއަރލައިންގެ މަތިންދާ ބޯޓު
58 ފަސިންޖަރުންނާއި 4 ކްރޫން އާ އެކު ދަތުރު ކުރަމުން ދިޔަ ވިއޯޕާސް އެއަރލައިންގެ މަތިންދާ ބޯޓެއް ބްރެޒިލްގެ ވިންނޭދޯ އަށް ވެއްޓިއްޖެއެވެ. ބޯޓް ވެއްޓުނު އިރު ދަތުރު ކުރަމުން ދިޔައީ ސައޮ ޕޯލޯގެ ބައިނަލް އަގްވާމީ ވައިގެ ބަނދަރަށް ކަމަށް އެއަރލައިން އިން ބުނެފައިވެއެވެ.
ހުކުރު ދުވަހު ހިނގި މި ހާދިސާ އާ ބެހޭ ގޮތުން އެ އެއަރލައިން އިން ނެރެފައިވާ ބަޔާނުގައި އެ އެއަރލައިންގެ ފްލައިޓެއް ވެއްޓުނު ކަމަށާއި އޭގައި 62 މީހުން ތިބި ކަމަށް ކަށަވަރު ކޮށްދީފައިވެއެވެ.
އެއަރލައިން އިން ބުނެފައިވަނީ ހާދިސާ ހިނގަން ދިމާވި ސަބަބާ ބެހޭ ގޮތުން މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ.







