Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އޮލްމޯ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބު ކޮށްފި

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާ އިން އޮލްމޯ އަށް ހުށަހަޅަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އޯގަސްޓު 2024 | ބުދަ 06:42
އާރްބީ ލައިޕްޒިގަށް ކުޅެމުން އައި ޑެނީ އޮލްމޯ

އާރްބީ ލައިޕްޒިގަށް ކުޅެމުން އައި ޑެނީ އޮލްމޯ

ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ކުޅެމުން އައި ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބު ކޮށްފި އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ލައިޕްޒިގަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. މިއަހަރަށް އެ އެއްްބަސްވުމުގެ މުއްދަތު ހަމަވާން އޮތްއިރު، ލައިޕްޒިގުން އޭނާގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް، ބާސެލޯނާ އިން އޭނާ ހޯދުމަށް ކުރި މަސައްކަތުގައި އޮލްމޯ ވަނީ އެ ކުލަބަށް ބަދަލުވާން އެއްބަސްވެފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާ އިން އޮލްމޯ އަށް ހުށަހަޅަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން އެ ކުލަބާ އެކު އޭނާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޮލްމޯ ހޯދުމުގެ ޑީލްގައި ބާސެލޯނާގެ ފަރާތުން ޑައިރެކްޓަރު ޑެކީ މުހިންމު ދައުރެއް އަދާ ކޮށްފައިވާ ކަމަށް ސްޕެއިންގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ފުރިހަމަ ކުރުމަށް، އޮލްމޯ އާއި އޭނާގެ ބައްޕަ އަދި އެޖެންޓުން މިހާރު ހުރީ ބާސެލޯނާގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބާސެލޯނާ އާއެކު އޭނާ އެއްބަސްވުމުގައި ސޮއި ކުރާނެ އެވެ.

އޮލްމޯ ވަނީ ލައިޕްޒިގަށް ކުޅެދިން 148 މެޗުގައި 29 ލަނޑު ޖަހައިފަ އެވެ. ސްޕެއިންގެ ޤައުމީ ޓީމުގައި ވެސް ކުޅެމުން އަންނަ އޮލްމޯ ވަނީ، މިދިޔަ މަހު ޖަރުމަނުގައި ނިމުނު ޔޫރޯ ފުޓުބޯޅަ މުބާރާތް ސްޕެއިން އާއެކު ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގައި އޮލްމޯ ވަނީ މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. ސްޕެއިންގެ ޤައުމީ ޓީމަށް ކުޅެދިން 39 މެޗުގައި އޭނާ ވަނީ 11 ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު