Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ހެދުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ - މިނިސްޓަރ

6 އޯގަސްޓު 2024 | އަންގާރަ 13:58

އައްޑޫގެ ހޮސްޕިޓަލްގެ މަސައްކަތަކީ މި ސަރުކާރުން އެންމެ އިސްކަން ދޭނެ އެއްކަންތައް ކަަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 އޯގަސްޓު 2024 | އަންގާރަ 13:58
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަށް ހަދާނެކަމަށާއި އެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް ހެލްތް މިނިސްޓަރ ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލްވަނީ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވަގުތެއް މިނިސްޓަރަކަށް އެނގިވަޑައިނުގަންނަވާތީ ފާޑު ވިދާޅުވެފައެވެ. އަދި ފާމަސީތަކުގައި ބޭސް ނެތްކަމަށް ވަޒީރު ފާހަގަކުރައްވާއިރު ކިތައް ފާމަސީގައި ބޭސް ނެތްކަން އެނގިވަޑައިގެންފައިވޭތޯ އޭނާ ސުވާލު ކުރެއްވިއެވެ. މީގެ އިތުރުން އައްޑޫގެ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް އެއްވެސް ގޮތެއްގައި ކުރިއަށް ނުދާ ކަމަށާއި އެ މަސައްކަތް ފަށާނީ ކޮން އިރަކުތޯ އާއި ނިމޭނީ ކޮންއިރަކުތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

Advertisement - newsAdvertisement

ޖަވާބުގައި ފާމަސީތަކުގައި ބޭސްހުރި މިންވަރު އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ސަބަބަކީ ފާމަސީތައް ހިންގަމުންދަނީ ސީދާ މިނިސްޓްރީންކަމަށް ނުވުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ނިމިދިޔަ ސަރުކާރުން ދައުލަތަށް ނުކަތާވަރުގެ ބޮޑެތި އިމާރާތް ދެއްކި ނަމަވެސް އެ ކަން ކުރެވޭނެ މަގެއް ނެތް ކަމަށާއި ދައުލަތުގައި އެވަރަށް ފައިސާ ނެތް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ކުރާ ނަމަ ކުރަން ޖެހެނީ އެހެންކަމެއް ދޫކޮށްލުމަށް ފަހު ކޮމްޕްރޮމައިޒްކޮށްގެން ކަަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގެ ހޮސްޕިޓަލްގެ މަސައްކަތަކީ މި ސަރުކާރުން އެންމެ އިސްކަން ދޭނެ އެއްކަންތައް ކަަމަށް ވަޒީރު ވިދާޅުވިއެވެ. އެ ކުރެހުންތައް ހުރީ ދޭން ޖެހޭ ޚިދުމަތްތަކާއި ނުބައްދަލު މިންވަރަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޑރ.ހަލީލް ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މަސައްކަތް މި ސަރުކާރުން ޓަރޝަރީ ހޮސްޕިޓަލެއްގެ ފެންވަރުގައި ނިންމާނެކަމުގެ ޔަޤީންކަން ދޭ ކަމަށް ވިދާޅުވެފައެވެ. އެ ހޮސްޕިޓަލްގެ އިމާރާތް ރީޑިޒައިންކޮށް އިމާރާތްކުރާނެ ގޮތުގެ ފަންޑިން މި ސަރުކާރުން ހޯދަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސިއްހީ ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި މެދު އެހެން މެމްބަރުން ވެސް ވަނީ ސުވާލުކުރައްވާފައެވެ. އެގޮތުން ސިއްހީ އިމާރާތްތައް މަރާމާތުކުރުމާއި، ޚިދުމަތުގެ ފެންވަރު ދަށްވުން އަދި ބައެއް ޚިދުމަތްތައް ނުލިބުމާއި މެދު މެމްބަރުން ވަނީ ސުވާލުކޮށްފައެވެ. އެ ވާހަކަތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ ނިމިދިޔަ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ސިއްޙީ ދާއިރާގައި ހުރި ގިނަ މައްސަލަތަކާއި މެދު ކުރި ސުވާލުތަކަށް ރަނގަޅަށް ޖަވާބު ނުދެވި މިނިސްޓަރ ވަނީ ނިމިދިޔަ ސަރުކާރު ކުށްވެރިކުރައްވާ ވާހަކަދައްކަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް