Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ގާޑިއޯލާގެ ޕްލޭންގައި އަލްވަރޭޒް ހިމެނޭ

5 އޯގަސްޓު 2024 | ހޯމަ 07:19

އަލްވަރޭޒް އަކީ ސިޓީގެ ކުޅުންތެރިޔެއް ކަމަށާއި، ދާދި އަވަހަށް އަލްވަރޭޒް ޓީމާ ގުޅޭނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޯގަސްޓު 2024 | ހޯމަ 07:19
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި އެ ޓީމަށް ކުޅެމުން އަންނަ ހޫލިއަން އަލްވަރޭޒް

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި އެ ޓީމަށް ކުޅެމުން އަންނަ ހޫލިއަން އަލްވަރޭޒް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް އަކީ ކުރިއަށް އޮތް ސީޒަނަށް އޭނާ ގެން ގުޅޭ ޕްލޭންގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށް، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިފަދައިން ވާހަކަ ދައްކާފައި ވަނީ އަލްވަރޭޒް ހޯދުމަށް ބައެއް ކުލަބުތަކުން ޝައުޤުވެރިކަން ފާޅު ކުރަމުން ދަނިކޮށެވެ. ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން އަންނަނީ އަލްވަރޭޒް އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެތުލެޓިކޯ އިން އަލްވަރޭޒް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، ވާހަކަ ދައްކަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެއްޗެއް ބުނަން އޭނާ ބޭނުން ނުވާ ކަމަށެވެ. އެގޮތުން އަލްވަރޭޒް އަކީ ސިޓީގެ ކުޅުންތެރިޔެއް ކަމަށާއި، ދާދި އަވަހަށް އަލްވަރޭޒް ޓީމާ ގުޅޭނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ، އަލްވަރޭޒް ޓީމާ ގުޅުމުން އޭނާ އަށް ފުރިހަމަ މަރުޙަބާ އެއް ކިޔާނެ ކަމަށެވެ. އަަދި އެކުގައި މަސައްކަތް ކުރަން ފަށާނެ ކަމަށާއި، ކުރިއަށް އޮތް ސީޒަނަށް ފުރިހަމަ އަަށް ތައްޔާރުވާން ބޭނުންވާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އަލްވަރޭޒް އަކީ ސިޓީގެ ކުޅުންތެރިޔެއްކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، އޭނާގެ ޕްލޭންގައި އަލްވަރޭޒް ހިމެނޭ ކަމަށެވެ.

އަލްވަރޭޒް ހުރީ އާޖެންޓީނާ އާއެކު އޮލިމްޕިކްސްގައި ވާދަކުރުމަށް ގޮހެވެ. އޮލިމްޕިކްސްގައި އާޖެންޓީނާ ވަނީ ފްރާންސް އަތުން ބަލިވެ ކަޓައިފަ އެވެ. އޮލިމްޕިކްސްގެ ކުރިން އަލްވަރޭޒް ބުނެފައި ވަނީ، އޮލިމްޕިކްސް އަށް ފަހު އޭނާގެ މުސްތަޤުބަލާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރާ، ބައިގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، ސިޓީން ވަނީ އަލްވަރޭޒް އަށް އައު އެއްބަސްވުމެއް ހުށަހަޅައި، ދިގު މުއްދަތަކަށް އޭނާ އެ ކުލަބުގައި ބަހައްޓަން މަސައްކަތް ކޮށްފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެ މަސައްކަތް މިހާތަނަށް ސިޓީ އަށް ކާމިޔާބެއް ނުވެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2020

ބާސާގެ ރައީސަށް ގާޑިއޯލާގެ ރައްދެއް

20 ފެބުރުއަރީ 2020
ބާސާގެ ރައީސަށް ގާޑިއޯލާގެ ރައްދެއް
15 ފެބުރުއަރީ 2020

ސަސްޕެންޝަނުގެ ސަބަބުން ގާޑިއޯލާގެ މުސްތަގުބަލާ މެދު ސުވާލުތަކެއް

15 ފެބުރުއަރީ 2020
ސަސްޕެންޝަނުގެ ސަބަބުން ގާޑިއޯލާގެ މުސްތަގުބަލާ މެދު ސުވާލުތަކެއް
04 އޯގަސްޓު 2019

އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓާއެކު ގާޑިއޯލާގެ ފާޑުކިޔުން ފީފާއަށް

04 އޯގަސްޓު 2019
އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓާއެކު ގާޑިއޯލާގެ ފާޑުކިޔުން ފީފާއަށް
27 މާރިޗު 2019

ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭ ހިމެނޭ ސްޕޯރޓްސް ކައުންސިލަރުން އައްޔަން ކޮށްފި

27 މާރިޗު 2019
ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭ ހިމެނޭ ސްޕޯރޓްސް ކައުންސިލަރުން އައްޔަން ކޮށްފި
20 ޑިސެމްބަރު 2018

ޝުމައިކަލް ހިމެނޭ ޓީމާ ދެކޮޅަށް ކުޅޭ އިންމަގެ ޓީމު އިއުލާންކޮށްފި

20 ޑިސެމްބަރު 2018
ޝުމައިކަލް ހިމެނޭ ޓީމާ ދެކޮޅަށް ކުޅޭ އިންމަގެ ޓީމު އިއުލާންކޮށްފި
22 ނޮވެމްބަރު 2018

އޭއެފްސީ ކަޕްގެ ގުރު ނަގައިފި، ރާއްޖޭގެ ކްލަބެއް ނުހިމެނޭ!

22 ނޮވެމްބަރު 2018
އޭއެފްސީ ކަޕްގެ ގުރު ނަގައިފި، ރާއްޖޭގެ ކްލަބެއް ނުހިމެނޭ!
05 ނޮވެމްބަރު 2018

ދުނިޔޭގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވަރަށް ވުރެ ސްޓާލިން ޒުވާން: ގާޑިއޯލާ

05 ނޮވެމްބަރު 2018
ދުނިޔޭގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވަރަށް ވުރެ ސްޓާލިން ޒުވާން: ގާޑިއޯލާ
19 ޖޫން 2018

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މާނޭ ހިމެނޭ: ސެނެގާލްގެ ކޯޗު

19 ޖޫން 2018
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މާނޭ ހިމެނޭ: ސެނެގާލްގެ ކޯޗު
18 ޑިސެމްބަރު 2017

ގާޑިއޯލާގެ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތައް ފަށަނީ

18 ޑިސެމްބަރު 2017
ގާޑިއޯލާގެ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތައް ފަށަނީ
12 ނޮވެމްބަރު 2017

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތެރޭގައި އިސްކޯ ހިމެނޭ: ސްޕެއިންގެ ކޯޗު

12 ނޮވެމްބަރު 2017
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތެރޭގައި އިސްކޯ ހިމެނޭ: ސްޕެއިންގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް