Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ހުތުބާ

ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާމީހުންނަށް ދަރަނި ދެއްކޭނެ ގޮތް ﷲ މިންވަރުކޮށްދެއްވާނެ - ހުތުބާ

2 އޯގަސްޓު 2024 | ހުކުރު 08:41

ޝަހީދުންނަކީ މަތިވެރި ދަރަޖައެއް ލިބިފައިވާ ބަޔަކަށް ވާއިރު އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސަވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 އޯގަސްޓު 2024 | ހުކުރު 08:41
ހަވީރު ގަޑީގައި އާއްމުން މަގުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް

ހަވީރު ގަޑީގައި އާއްމުން މަގުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް

ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާމީހުންނަށް ދަރަނި ދެއްކޭނެ ގޮތް ﷲ މިންވަރުކޮށްދެއްވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ހުތުބާގައި ބުނެފައި ވަނީ ދަރަނި ދިނުމާއި ދަރަނި ނެގުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ދަރަނި ނަގަން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ދަރަނި އަދާކުރަން އަވަސްވެގަތުމަކީ ދަރަނި ނެގި ފަރާތަށާއި ދަރަނި ދޫކުރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވަނީ ބުނެފައެވެ.

ހުކުރު ހުތުބާގައި އިތުރަށް ބުނެފައި ވަނީ ދަރަނި ނަގަންވާނީ އެފަދަ ދަރަނި އަދާކުރާނެ ގޮތުގެ ޚިދުމަތްތެރި ރޭވުމެއް އޮވެގެން ކަމަށެވެ. ދަރަނި ނުދެއްކި ޝަރީއަތަށް މައްސަލަ ހުށަހެޅި ތިމާ ކުށްވެރިވެ އެކަމުގެ ސަބަބުން ދުނިޔެ އާއި އާޚިރަތް ނަގާލެވޭ ކަމަކަށް އެކަން ވެގެން ނުވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެފަދަ ދަރަންޏެއް ނެގުމަށް ވުރެ އައުލާކަން ބޮޑީ ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދުކުރުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި ބުނެފައިވަނީ މުދާ ނެތިކޮށްލުމުގެ ނިޔަތުގައި ދަރަނި ނަގާ މީހާ އަށް ގެއްލުމާއި ހަލާކު މިންވަރުކުރައްވާނެ ކަމަށެވެ.

ދަރަނި ނުދައްކާ ލަސްކުރުމަކީ ދޭދޭ އަފްރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއް ކަމަށް ހުތުބާގައިވެއެވެ. ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާ ކަމެއް ކަމަށް ހުތުބާގައިވެއެވެ. އަދި ދަރަނި ނަގަނީ ބައިތުލްމާލުން ކަމަށް ވާނަމަ އެއީ އެންމެހާ ރައްޔިތުންގެ ހައްގުތައް އޭގައި ހިމެނޭ ދަރަންޏެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން އެފަދަ ބޮޑެތި ދަރަނިތައް ނުދައްކާ ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި އިތުރަށް ވަނީ ކިތަންމެ ކުޑަ ދަރަންޏެއް ވިޔަސް އަދާ ނުކުރެވި އޮއްވާ ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އެއީ ފާފަ ފުއްސެވުމަށް ހުރަސް އެޅިދާ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މީހަކު ދުނިޔެ ދޫކުރުމަށް ފަހު ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ. ޝަހީދުންނަކީ މަތިވެރި ދަރަޖައެއް ލިބިފައިވާ ބަޔަކަށް ވާއިރު އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރިންނާއި އެ މީހުންގެ ވާރުތަވެރިން ސަމާލުވާންޖެހޭ ކަމެއް ކަމަށް ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2017

މިވަގުތުވެސް 1.6 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ސްޓެލްކޯ

05 އޮކްޓޯބަރު 2017
މިވަގުތުވެސް 1.6 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ސްޓެލްކޯ
27 އޯގަސްޓު 2017

ސިންގާ ބޭނުންވަނީ ބަކަރި ކާލަން ނަމަ، ކާލަންނުޖެހޭ ސަބަބެއް ބަކަރިއަށް ނުދެއްކޭނެ: ގާޒީ ބާރީ

27 އޯގަސްޓު 2017
ސިންގާ ބޭނުންވަނީ ބަކަރި ކާލަން ނަމަ، ކާލަންނުޖެހޭ ސަބަބެއް ބަކަރިއަށް ނުދެއްކޭނެ: ގާޒީ ބާރީ
16 އޯގަސްޓު 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭންޖެހޭ:ސަލަފް

16 އޯގަސްޓު 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭންޖެހޭ:ސަލަފް
08 ޖޫން 2017

ތިނަދޫ ރައްޔިތުން ފިތުރު ޒަކާތް ދެއްކޭނެ ގޮތެއް ނެތިފައި!!!

08 ޖޫން 2017
ތިނަދޫ ރައްޔިތުން ފިތުރު ޒަކާތް ދެއްކޭނެ ގޮތެއް ނެތިފައި!!!
02 އެޕްރީލު 2017

ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މުސްތަފާ

02 އެޕްރީލު 2017
ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މުސްތަފާ
30 މާރިޗު 2017

ބިރެއް ނުދެއްކޭނެ، ފަހަތަށްކަށް ނުޖެހޭނަން، ވަރަށް އަވަހަށް ކާމިޔާބު ހޯދާނަން: ޤާސިމް

30 މާރިޗު 2017
ބިރެއް ނުދެއްކޭނެ، ފަހަތަށްކަށް ނުޖެހޭނަން، ވަރަށް އަވަހަށް ކާމިޔާބު ހޯދާނަން: ޤާސިމް
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް