Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮލިމްޕިކްސް 2024

ރަތްކާޑަކުން މާޓާގެ ގައުމީ ކެރިއަރު ނިމުމަކަށް!

މާޓާއަށް ދެން ފުރުޞަތު އޮތީ ކްއާޓާގައި ބްރެޒިލް ފްރާންސް ބަލިކޮށްގެންނެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 1 އޯގަސްޓު 2024 | ބުރާސްފަތި 06:48
ރަތްކާޑް ދެއްކުމުން މާޓާ ރޮނީ: ފޮޓޯ-އޭޕީ

ރަތްކާޑް ދެއްކުމުން މާޓާ ރޮނީ: ފޮޓޯ-އޭޕީ

ހަ ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ބްރެޒިލްގެ މާޓާގެ ގައުމީ ކެރިއަރު ރަތް ކާޑަކުން ނިންމާލަން ޖެހިދާނެ ކަމަށް ބެލެވިއްޖެ އެވެ. ގައުމީ ޓީމަށް ފަހު މުބާރާތް ކުޅެމުންދާ މާޓާއަށް ވަނީ ސްޕެއިން އަތުން 2-0 ން ބަލިވި މެޗުގައި ރަތްކާޑް ދައްކާފައެވެ.

މާޓާއަށް އޮތް އޮތް ހިތްހަމަ ޖެހުމަކީ މެޗުން ބަލިވި ނަމަވެސް ހަނި ގޮތަކަށް ބްރެޒިލް ކްއާޓާ ފައިނަލަށް ދަތުރުކުރުމެވެ. ކްއާޓާ ފައިނަލްގައި ފްރާންސް ބަލިކުރެވިއްޖެ ނަމަ މާޓާއަށް ބްރެޒިލް ގައުމީ ޓީމަށް ކުޅުމުގެ ފުރުޞަތު އަދި ލިބޭނެއެވެ. އޭނާ ވަނީ މިމުބާރާތަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައެވެ. އެހެންކަމުން ރަތްކާޑާއެކު 38 އަހަރުގެ މާޓާ ދަނޑުން ފޭބީވެސް ރޮމުންނެވެ. ރަތްކާޑް ދެއްކީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އޮލްގާ ކާމޯނާ އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.

މާޓާއަށް ރަތްކާޑް ދެއްކިއިރު ދެ ޓީމް އޮތީ ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ. މެޗުގައި ސްޕެއިން އިން ލީޑް ނެގީ ދެވަނަ ހާފްގެ ކުރީކޮޅު އެވެ. ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ 17 ވަނަ މިނިޓްގައެވެ. ކުޅުންތެރިންނަށް އަނިޔާވެ, ތަކުރާރުކޮށް މެޗު މެދުކަނޑާލަން ޖެހުމުން އިތުރު ވަގުތުގެ ގޮތުގައި ގިނަ ވަގުތު މެޗުގައި ކުޅެނެވެ.

މާޓާ ވަނީ މީގެކުރިން ބްރެޒިލްއާއެކު ދެ ފަހަރު އޮލިމްޕިކްސް ރިހި މެޑަލް ހޯދާފައެވެ. އެއީ 2004 ވަނަ އަހަރާއި 2008 ވަނަ އަހަރު އެވެ. އެދެ ފައިނަލްގައި ވެސް ބަލިވީ އެމެރިކާ އަތުންނެވެ. މާޓާއަކީ ވަރލްޑްކަޕްގައި ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. ވަރލްޑްކަޕްގައި ކުޅުނު 23 މެޗުން އޭނާ ވަނީ 17 ގޯލް ޖަހާފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު