Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަޓްޒްގެ އިންޒާރެއް އުރުދުޣާން އަށް

އުރުދުޣާން ހިންގަވަނީ ސައްދާމު ހިންގެވި މަގުން، ނޭޓޯ އިން ތުރުކީ ބޭރުކުރަން ޖެހޭ: އިޒްރޭލުގެ ޚާރިޖީ ވަޒީރު

އުރުދުޣާން އެ ހިންގަވަނީ ސައްދާމު ހުސެއިން ހިންގެވި މަގުން ކަމަށާއި، ސައްދާމަށް ވީ ގޮތާއި، ނިމިގެން ދިޔަ ގޮތް އުރުދުޣާން އަށް އެނގިވަޑއިގަންނަވަން ޖެހޭނެ ކަމަށް އިޒްރޭލްގެ ޚާރިޖީ ވަޒީރު ނެރުއްވި ބަޔާނުގައި ވެއެވެ.

ރާއްޖެ އެމްވީ | 30 ޖުލައި 2024 | އަންގާރަ 17:26
އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް

އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް

ތުރުކީން އިޒްރޭލަށް އަރާފާނެ ކަމަށް ތުރުކީގެ ރައީސް ވިދާޅުވުމާ ގުޅިގެން އުރުދުޣާން ހިންގަވަނީ ސައްދާމް ހިންގެވި މަގުން ކަމަށާއި، ނޭޓޯ ގެ މެމްބަރު ކަމުން ތުރުކީ ވަކި ކުރަން ޖެހޭ ކަމަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް ނެރުއްވި ރަސްމީ ބަޔާނުގައި ތުރުކީން މި ދިނީ އިޒްރޭލު ހިފާފާނެ ކަމުގެ އިންޒާރެއް ކަމަށް ބަލައި ނޭޓޯ އިން ތުރުކީ ބޭރު ކުރުމަށް ނޭޓޯގެ މެމްބަރު ގައުމުތަކުގެ ސަރުކާރުތަކާ މަޝްވަރާ ތައް ފެށުމަށް އޭނާ އިޒްރޭލުގެ ޑިޕްލޮމެޓުންނަށް ވަނީ ގޮވާލައްވާފައެވެ.

ތުރުކީ އިން އިޒްރޭލަށް އަރާފާނެ ކަމުގެ އިންޒާރު ދެއްވަމުން މި ދިޔަ އާދިއްތަ ދުވަހު ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވީ އެކަން ކުރާނީ މީގެ ކުރިން ލީބިޔާ އަށް ވެސް އަދި ނަގޯނޯ ކަރްބާޚް އަށް ވެސް ތުރުކީން އެރި ފަދައިން ކަމަށެވެ.

ގާޒާ ގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ އަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ފާޑު ވިދާޅުވާ އުރުދުޣާން މި މޭމެރުމުން ވާހަކަ ދެއްކެވީ ތުރުކީގެ އަސްކަރީ ސިނާއަތުން ހޯދާފައިވާ ކުރިއެރުން ތަކާބެހޭ ގޮތުން ދެއްވި ތަގުރީރެއްގެ ތެރޭގައެވެ.

އުރުދުޣާން ވިދާޅުވީ، ތުރުކީން ބާރު ގަދަ ކުރަން ޖެހޭ ކަމަށާއި އޭރުން އިޒްރޭލަށް ބޭނުންހާ ގޮތަކަށް ކަންތައް ނުކުރެވޭނެ ކަމަށެވެ.

"ތުރުކީގެ ބާރު ގަދަ ކުރަން ޖެހޭ، އޭރުން އިޒްރޭލަކަށް ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް މި ހިންގާ ޖަރީމާ ތަކެއް ނުހިންގޭނެ، އަހަރެމެން އެރިން ކަރަބާޚް އަށް، އެއީ ހަމަ ލީބިޔާ އަށް ވެސް އެރި ގޮތައް، އިޒްރޭލަށް ވެސް އެހެން ހެދި ދާނެ،" އުރުދުޣާންގެ އުފުން ޝަހަރުގައި، ވެރިކަން ކުރާ އޭކޭ ޕާޓީން އިންތިޒާމް ކުރި މި ޖަލްސާ ގައި ވިދާޅުވިއެވެ.

އުރުދުޣާން އެ ހިންގަވަނީ ސައްދާމު ހުސެއިން ހިންގެވި މަގުން ކަމަށާއި، ސައްދާމަށް ވީ ގޮތާއި، ނިމިގެން ދިޔަ ގޮތް އުރުދުޣާން އަށް އެނގިވަޑއިގަންނަވަން ޖެހޭނެ ކަމަށް އުރުދުޣާންގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން އިޒްރޭލްގެ ޚާރިޖީ ވަޒީރު ނެރުއްވި ބަޔާނުގައި ވެއެވެ.

އިޒްރޭލް އާއި ތުރުކީ އަކީ ކުރިން ގުޅުން ރަނގަޅު ދެ ގައުމުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ދެ ގައުމެވެ. އެހެން ނަމަވެސް މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސް ވެފައެވެ.

ސިޔާސީ ގުޅުން ހީނަރު ވުމުގެ އިތުރުން ވިޔަފާރީގެ ގުޅުން ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެންމެ ފަހުން މި މަހު ތުރުކީ އިން ބުނެފައިވަނީ ގާޒާ ގެ ހަނގުރާމަ ހުއްޓާ ނުލާ ނަމަ އިޒްރޭލާ އެކު އޮންނަ ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

19 މެއި 2018

މުސްލިމު ގައުމުތައް ގުޅިގެން އިސްރާއީލާ ދެކޮޅަށް ނިކުންނަން ޖެހޭ: އުރުދުޣާން

19 މެއި 2018
މުސްލިމު ގައުމުތައް ގުޅިގެން އިސްރާއީލާ ދެކޮޅަށް ނިކުންނަން ޖެހޭ: އުރުދުޣާން
17 މެއި 2018

އދގެ ބޭނުމެއް ނެތް: އުރުދުޣާން

17 މެއި 2018
އދގެ ބޭނުމެއް ނެތް: އުރުދުޣާން
09 އެޕްރީލު 2018

ސީރިޔާގެ އަސްކަރީ އެއަރޕޯޓަކަށް ވައިގެ މަގުން ހަމަލާދީފި

09 އެޕްރީލު 2018
ސީރިޔާގެ އަސްކަރީ އެއަރޕޯޓަކަށް ވައިގެ މަގުން ހަމަލާދީފި
21 ޖެނުއަރީ 2018

ތުރުކީގެ ސިފައިން ސީރިޔާގެ އުތުރުގައި އުޅޭ ކުރުދީންނަށް ވައިގެމަގުން ހަމަލާދީފި

21 ޖެނުއަރީ 2018
ތުރުކީގެ ސިފައިން ސީރިޔާގެ އުތުރުގައި އުޅޭ ކުރުދީންނަށް ވައިގެމަގުން ހަމަލާދީފި
10 ޖެނުއަރީ 2018

އިސްރާއީލުން ސޫރިޔާއަށް ވައިގެ މަގުން ޙަމަލާދީފި

10 ޖެނުއަރީ 2018
އިސްރާއީލުން ސޫރިޔާއަށް ވައިގެ މަގުން ޙަމަލާދީފި
30 ޑިސެމްބަރު 2017

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި
09 ޑިސެމްބަރު 2017

އިޒްރާއީލުން ވައިގެމަގުން ހަމަލާދީ ފަލަސްތީނުގެ 25 މީހުން ޒަޚަމްކޮށްލައިފި

09 ޑިސެމްބަރު 2017
އިޒްރާއީލުން ވައިގެމަގުން ހަމަލާދީ ފަލަސްތީނުގެ 25 މީހުން ޒަޚަމްކޮށްލައިފި
31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
23 ޖުލައި 2017

ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް

23 ޖުލައި 2017
ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު