Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤުދުސްގެ މައްސަލަ

އދގެ ބޭނުމެއް ނެތް: އުރުދުޣާން

17 މެއި 2018 | ބުރާސްފަތި 20:18

އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރެއްވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 17 މެއި 2018 | ބުރާސްފަތި 20:18
ތުރުކީވިލާތުގެ ރައީސް އުރުދުޣާން

ތުރުކީވިލާތުގެ ރައީސް އުރުދުޣާން

ޤުދުސްއަށް އެމެރިކާ އެމްބަސީ ބަދަލުކުރުމާއި ދެކޮޅަށް އިހުތިޖާޖުކުރި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލް ސިފައިން ހިންގި ޖަރީމާތަކަށް އަޅާނުލުމުގެ ސަބަބުން އދ މިހާރު "ނިމިފައި" ވާކަމަށާއި، އެޖަމާޢަތުގެ ބޭނުމެއް ނެތްކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރައްވައި އުރުދުޣާން ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ކުށްވެރި ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައު ނުކުޅެދިފައި ވާކަމަށެވެ.

ހޯމަ ދުވަހު އިސްރާއީލް ސިފައިން ޣައްޒާ-އިސްރާއީލް ސަރަހައްދީ ރޮނގުގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 60 މީހަކު ޝަހީދުވެފައިވެއެވެ. އަދި އިސްރާއީލް ސިފައިން ބަޑިޖެހުމުގެ ސަބަބުންނާއި ކަރުނަ ގޭސް ބޭނުން ކުރުމުގެ ސަބަބުން 2700 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

އުރުދުޣާން ވަނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އަނިޔާވާ މީހުންނަށް ފަރުވާ ދިނުމަށް ތުރުކީވިލާތަށް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އިސްރާއީލުގެ ހަމަލާތައް ކުށްވެރިކުރުމަށް މުސްލިމް ގިނަ ޤައުމުތައް ނުކުޅެދިފައިވާއިރު، ރަޝިޔާއިން ވަނީ އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށްފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ޝަހީދުވިއިރު، ސުލްހަވެރިކަމާއިއެކު އިހްތިޖާޖް ކުރި ފަރާތްތަކަކީ ޓެރަރިސްޓުންގެ ގޮތުގައި އިސްރާއީލުން ސިފަކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވިއެވެ. އަދި އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ބައެއް ސެނެޓަރުންނާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއިން ވަނީ އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށްފައެވެ. މީގެ އިތުރުން ޔަހޫދީންގެ ބައެއް މީހުންވެސް އިސްރާއީލް އަސްކަރިއްޔާގެ އަމަލުތައް ކުށްވެރިކުރިއެވެ.

މިދިޔަ މަހުން ފެށިގެން އިސްރާއީލް ސިފައިން ދިން ޙަމަލާތަކުގައި ފަލަސްތީނުގެ 111 މީހަކު ޝަހީދުވެފައިވާއިރު، 12،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 ޖުލައި 2017

ޤަތަރު މައްސަލަތެރެއަށް ވަންނާކަށް ބޭނުމެއް ނޫން: އދ

04 ޖުލައި 2017
ޤަތަރު މައްސަލަތެރެއަށް ވަންނާކަށް ބޭނުމެއް ނޫން: އދ
28 ޖޫން 2017

ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް

28 ޖޫން 2017
ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް
10 ޖޫން 2017

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް

10 ޖޫން 2017
އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް
29 މެއި 2017

އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް

29 މެއި 2017
އެމެރިކާއާއި އިނގިރޭސިންނަށް ބަރޯސާވެވޭކަށް ޔޫރަޕަކަށް ނެތް: މާކެލް
27 މެއި 2017

ޓްރަމްޕްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް، އެއަށް އަމަލުކުރެވޭކަށް ނެތް: ކޯޓް

27 މެއި 2017
ޓްރަމްޕްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް، އެއަށް އަމަލުކުރެވޭކަށް ނެތް: ކޯޓް
05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
30 އެޕްރީލު 2017

ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް

30 އެޕްރީލު 2017
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް