Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީ

މުސްލިމު ގައުމުތައް ގުޅިގެން އިސްރާއީލާ ދެކޮޅަށް ނިކުންނަން ޖެހޭ: އުރުދުޣާން

އިސްރާއީލުން ދަނީ ފަަލަސްތީނު ބޯޑަރު ސަރައްދުގައި މުޒާހަރާ ކުރަމުންދާ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އެތަކެއް އަމަލު ހިންގަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 19 މެއި 2018 | ހޮނިހިރު 15:30
ތުރުކީގެ ރައީސް އުރުދުޣާން

ތުރުކީގެ ރައީސް އުރުދުޣާން

މުސްލިމު ގައުމުތައް ގުޅިގެން އިސްރާއީލާ ދެކޮޅަށް ނިކުތުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެކްސްޓްރާ އޯޑިނަރީ ސަމިޓެއްގައި ވާހަކަފުޅުދައްކަވަމުން ހުކުރު ދުވަހު އުރުދުޣާން ވިދާޅުވީ އިސްރާއީލުން ފަލަސްތީނު ރައްޔިތުން މަރަމުންދާ ދިއުން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަމަށް އިސްރާއީލު ޖަވާބުދާރީ ކުރުވަން ޖެހޭ ކަަމަށެވެ.

ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި މުސްލިމު ގައުމުތަކުގެ ވެރިންގެ ކުރިފުޅުމަތީގައި ވާހަކަފުޅުދައްކަވަމުން އުރުދުޣާން ވިދާޅުވީ ފަލަސްތީނު ރައްޔިތުން ކަތިލަމުންދާ އިސްރާއީލާ ދެކޮޅަށް ނިކުތުމަކީ، އިންސާނިއްޔަތުކަން ދުނިޔޭގައި އޮތްކަން ހާމަކުރުމަށް މުހިންމުކަމެއް ކަމަށެވެ.

"ރައީސް އުރުދުޣާން އިސްރާއީލުން ފަލަސްތީނު ރައްޔިތުން މަރަމުންދާ ދިއުން ސިފަ ކުރެއްވީ ދައުލަތުން ހިންގާ ޓެރަރިޒަމްގެ ގޮތުގައެވެ."

ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ބޭނުން ކުރަމުން ގެންދަނީ "މުޅިންވެސް ހާލަތާ ނުބައްދަލު ބާރު ކަމަށް" އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިސް ވެރިޔާ ޒައިދް ރާދް އަލް-ހުސައިން ވަނީ ވިދާޅުވެފައެވެ. ޣައްޒާ ބޯޑަރު ސަަަރަހައްދުގައި އިސްރާއީލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުންދާ އިރު މިފަހުގެ މުޒާހަރާތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މިދިޔަ ހޯމަ ދުވަހު އެކަނިވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ 60 މުޒާހިރީން މަރާލާފައެވެ.

މިދިޔަ ޑިސެމްބަރު މަހު އެމެރިކާ އިން ވަނީ އިސްރާއީލުގައި ހުންނަ އެގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރަން ނިންމާފައެވެ. އަދި ގުުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ނިންމާފައެވެ. އަދި މިހާރު އެމެރިކާ އިން ވަނީ ގުދުސް ގައި އެގައުމުގެ އެމްބަސީ ހުޅުވާފައެވެ. އެކަމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ދަނީ ދެކޮޅު ހަދާ ނުރުހުންފާޅު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު