Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާއިލް ހަނގުރާމަ

ޚާން ޔޫނިސް އިން 170 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފި

ޚާން ޔޫނިސްގައި މިހާރު ހުރީ ސިއްހީ ޚިދުމަތްދޭ އެންމެ ހޮސްޕިޓަލެއް ކަމަށާއި އެތަންވެސް ބަންދު ކުރަން މަޖުބޫރު ވެދާނެ ކަމަށް ގާޒާގެ އޮފިޝަލުން ވަނީ ހާމަ ކޮށްފައެވެ.

ރާއްޖެ އެމްވީ | 28 ޖުލައި 2024 | އާދީއްތަ 03:52
އިޒްރޭލުގެ އަސްކަރިއްޔާއިން ގާޒާގެ ދެކުނުގެ ޚާން ޔޫނިސް އަށް އަމާޒުކޮށް ދިން ހަމަލާގައި ޒަޚަމްވެފައިވާ ކުއްޖަކު ނާސިރު ހޮސްޕިޓަލުގައި ފަރުވާ ހޯދަނީ

އިޒްރޭލުގެ އަސްކަރިއްޔާއިން ގާޒާގެ ދެކުނުގެ ޚާން ޔޫނިސް އަށް އަމާޒުކޮށް ދިން ހަމަލާގައި ޒަޚަމްވެފައިވާ ކުއްޖަކު ނާސިރު ހޮސްޕިޓަލުގައި ފަރުވާ ހޯދަނީ

ޖުލައި މަހުގެ 22 ން ފެށިގެން އިޒްރޭލުން ޚާން ޔޫނިސް އަށް އަލުން އަރާ ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 170ށް ވުރެ ގިނަ ފަލަސްތީން މީހުން ޝަހީދު ވެފައިވާ ކަމަށް ގާޒާގެ ސިވިލް ޑިފެންސް އިން ހާމަ ކޮށްފިއެވެ. އޭގެ އިތުރުން އެތައް ސަތޭކަ މީހުން މި ހަމަލާތަކުގައި ޒަޚަމްވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޒަޚަމްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު އިތުރުވަމުން ދާއިރު، ހޮނިހިރު ދުވަހު ގާޒާގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ އިޒްރޭލު ސިފައިން މަޖުބޫރު ކޮށްގެން ހޮސްޕިޓަލްތައް ބަންދު ކުރަމުން ގޮސް މިހާރު ޚިދުމަތްދޭ ހަމަ އެކަނި ހޮސްޕިޓަލް ކަމުގައިވާ ނާސިރް މެޑިކަލް ކޮމްޕްލެކްސް ވެސް ބަންދު ކުރަން ޖެހިދާނެ ކަމަށް ބެލެވިފައި ވުމާއެކު ޚާން ޔޫނިސްގައި ސިއްހީ ބޮޑު ކާރިސާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމުގައެވެ.

ޚާން ޔޫނިސްގެ ދެކުނުގެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ވަޒަންވެރިން އެމީހުންގެ ވަޒަން ދޫކޮށް ދިއުމަށް އިޒްރޭލުން މަޖުބޫރު ކުރުމާ ގުޅިގެން ދޮޅު ލައްކަ އެއްހާ ފަލަސްތީން މީހުން މަޖުބޫރީ ހާލަތުގައި އެ ސަރަހައްދުން މިހާރު ވަނީ ފައިބާފައެވެ. އިޒްރޭލު ސިފައިން އިންޒާރު ދީފައިވަނީ އެތަނުގައި މަޑުކުރާ ކޮންމެ މީހަކާ މެދު ބާރުގެ ބޭނުން ކުރާނެ ކަމުގައެވެ.

ގެދޮރު ދޫކޮށް ވަޒަނުން ނުކުމެ މަގުމަތިވެފައިވާ މީހުންގެ އަދަދު އެތައް ހާހަކަށް މައްޗަށް ގޮސްފައިވާއިރު، ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ އެމީހުންނަށް ބޭނުންވާ ބޯފެނާއި، ސާފުތާހިރު ކަމަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތެއް ނެތުމުގެ އިތުރުން، ކުންޏާއި ނަޖިހުން އާންމު ތަންތަން ތަޣައްޔަރު ވަމުންދާ ދިއުމާއެކު ޕޯލިއޯ އާއި އެހެނިހެން ނުރައްކާތެރި ބަލިތައް ފެތުރިގެން ދިއުމުގެ ބިރު އުފެދިފައިވާ ކަމުގައެވެ.

ހުސްވި ހަފްތާގައި ގާޒާ އިން ޕޯލިއޯ ވައިރަހުގެ އަސަރު ފެނިފައިވުމާއެކު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެއް މިލިއަން ޕޯލިއޯ ވެކްސިން ޑޯޒް ގާޒާ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ޚާން ޔޫނިސްގައި މިހާރު ޚިދުމަތްދޭ ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ ނާސިރު ހޮސްޕިޓަލުގެ ޑިރެކްޓަރ މިދިޔަ ބުދަ ދުވަހު ބުނެފައިވަނީ ޒަޚަމް ވެގެން ފަރުވާ ދިނުމަށް ގެންނަ މީހުން ހޮސްޕިޓަލުގައި ފުނި ޖެހިފައި ވުމާއެކު ހޮސްޕިޓަލުގެ އެއްވެސް ތަންކޮޅެއް ހުސްކޮށް ނެތް ކަމަށާއި، ހޮސްޕިޓަލުގެ ތަޅުންގަނޑު މަތީގައިވެސް ޒަޚަމްވެފައިވާ މީހުން ބައިތިއްބައިގެން ފަރުވާ ދެވޭތޯ މަސައްކަތް ކުރަމުން ދާ ކަމުގައެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާ ސްޓްރިޕް އަށް ޔަހޫދީ ދައުލަތުގެ ސިފައިން އަރާ ފަލަސްތީން ރައްޔިތުންނަށް ދެމުންދާ ހަމަލާގައި މިހާތަނަށް 39،258 މީހުން މަރުވެފައިވާ ކަމަށާއި 90،500 މީހުން ޒަޚަމްވެފައިވާ ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނުން އިޒްރޭލާއެކު ސުލްހަ ގާއިމުކުރަން މިސްރުން ގޮވާލައިފި

ފަލަސްތީނުން އިޒްރޭލާއެކު ސުލްހަ ގާއިމުކުރަން މިސްރުން ގޮވާލައިފި

20 ސެޕްޓެމްބަރު 2017
ފަލަސްތީނުގެ ދެމީހަކު މަރާލައިފި

ފަލަސްތީނުގެ ދެމީހަކު މަރާލައިފި

22 ޖުލައި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު