Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮލިޓީ ބޭސް ލިބޭގޮތް ހެދުން

ކޮލިޓީ ބޭސް ލިބޭގޮތް ހެދީ ކުރީ ސަރުކާރުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، މިސަރުކާރަށް ކްރެޑިޓެއް ނުނެގޭނެ: ޑރ.ޑީޑީ

ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ޖުލައި 2024 | ބުރާސްފަތި 17:41
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވާހަކަދައްކަވަނީ

ބަލްކް ޕްރޮކިއުމެންޓް އުސޫލުން ރާއްޖެ އަށް ބޭސް އެތެރެ ކުރަން ފެށީ ކުރީ ސަރުކާރުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށާއި، މިސަރުކާރަށް ކްރެޑިޓް ނުނެގޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި ޑރ.ޑީޑީ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މިސަރުކާރަށް މިހާރު ބަލްކް ޕްރޮކިއުމެންޓް އުސޫލުން ރާއްޖެ އަށް ބޭސް އެތެރެ ކުރަން ފަށާފައިވާ ކަމަށެވެ. ރައީސް މުއިއްޒުގެ ސްޕީޑްގައި އަދި ގެނެވޭވަރުވީ އެންމެ 7 ބޭސް ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

ޑރ.ޑީޑީ ވިދާޅުވީ ކުރީ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ކޮލެޓީ ބޭސް ގެންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި ޑރ.ޑީޑީ ވިދާޅުވީ ރާއްޖޭގައި ވިއްކާ ބޭސް ވަރަށް އަގުބޮޑު ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް މިސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ބޭސް ފިހާރާތައް ހިންގާ ބޭފުޅުންނާއި، ކްލިނިކް ހިންގާ ބޭފުޅުންނާއި މިސަރުކާރުގެ ބޭފުޅުން ބައްދަލުނުކުރާ ކަމަށާއި، އެބޭފުޅުން ހިޔާލު ނުހޯދާ ކަމަށެވެ.

މީގެ އިތުރުން ޑރ.ޑީޑީ ވިދާޅުވީ އާސަންދައަށް އަދި ހެލްތް މިނިސްޓްރީއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި، މައްސަލަތައް ބަލާނެ ބޭފުޅެއް ނެތް ކަމަށާއި، ދެ މުއައްސަސާއިން ވެސް ޖަވާބުދާރީނުވާ ކަމަށެވެ.

ދިވެހިރާއްޖެއަށް އެތެރެކުރެވޭ ބޭސް ހެޔޮ އަގުގައި ގެނައުމަށްޓަކައި ބަލްކް ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ކޮލިޓީ ބޭސް ގެނައުމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 1 ޖޫން 2023 ގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހްމަދު އާދިލް އާއި ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަންގެ މޭނޭޖިންގ ޑިރެކްޓަރު ޢަބްދުالله ސަޢީދެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑަންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާޙިމް ދީދީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޭބޭސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު