Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބްރިޖް އިން ޓޯލް ނެގުން

ބްރިޖުން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއް ނޫން: ރައީސް ޑރ. މުއިއްޒު

ބްރިޖުން ޓޯލް ނެގުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހާމަ ކުރައްވަމުން ޑރ މުއިއްޒު ވިދާޅުވި ވާހަކަފުޅުގައި ޓޯލް ނެގުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭނެކަމުގެ ވާހަކައެއް ވިދާޅެއް ނުވޭ

ރާއްޖެ އެމްވީ | 25 ޖުލައި 2024 | ބުރާސްފަތި 11:07
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު

ބްރިޖުން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސތެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު މެންދުރުފަހު އެކްސް ގައި ޑރ މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ރޭގައި އިޢުލާން ކުރެވުނު "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއް ކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އަޅުގަނޑަށް އެރުވުމުގެ ނިޔަތުގައި،" ކަމަށެވެ.

Advertisement - newsAdvertisement

ޑރ. މުއިއްޒު މިހެން ވިދާޅު ވިއިރު، ބުދަ ދުވަހުގެ ރޭ ޚުދު އެމަނިކުފާނު އިފްތިތާހް ކޮށްދެއްވި މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމަށް ސަރުކާރުން ރާވާފައިވާ "މާލެ ފަހި" ޕްރޮގްރާމްގެ ތެރެއިން ސިނަމާލެ ބްރިޖުން ފީ އެއް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިއުން އޮތީ އެ ޕްރޮގްރާމްގެ ހަރަކާތެއްގެ ގޮތުގައި ސަރުކާރުން ރާވާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިންތިޒާމް ކުރި މި ރަސްމިއްޔާތުގައި "މާލެފަހި" ޕްރޮގްރާމް އާ ބެހޭ ގޮތުން ދެއްކި ވީޑިއޯގައި ބުނެފައިވަނީ މި ފީ ނަގަން ނިންމީ ބްރިޖް އާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން ކަމުގައެވެ.

ސަރުކާރުން މިކަން ހާމަ ކުރުމާއެކު ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ ޑރ. މުއިއްޒުގެ ސަރުކާރަށް އަމާޒުވެފައެވެ. ސޯޝަލް މީޑީއާގައި ސަރުކާރަށް ފާޑު ކިޔުމުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ބްރިޖުން ޓޯލް ނެގުމާ ދެކޮޅު ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައި ހުރި ވާހަކަތައްވެސް މީހުން ވަނީ ފެންމަތި ކޮށްފައެވެ.

ރިޔާސީ ކެމްޕޭނުގައި ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނުނަގާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމުގައެވެ.

ބުރާސްފަތި ދުވަހު ބްރިޖުން ޓޯލް ނެގުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހާމަ ކުރައްވަމުން ޑރ މުއިއްޒު ވިދާޅުވި ވާހަކަފުޅުގައި ޓޯލް ނެގުމުގެ ވިސްނުން ސަރުކާރުން އެއް ގޮތަކަށްވެސް ނުގެންގުޅޭނެކަމުގެ ވާހަކައެއް ވިދާޅެއް ނުވެއެވެ. އޭގެ ބަދަލުގައި ވިދާޅުވީ، ޓޯލް ނެގުމާ ބެހޭ ގޮތުން ދިރާސާ ހެދިޔަސް މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހެދުމުން ނޫނީ އަދި ރައްޔިތުންގެ އިގްތިސާދީ ހާލަތު ރަނގަޅު ވެގެން ނޫނީ ރައްޔިތުން އަތުން ޓޯލް ނުނަގާނެ ކަމުގައެވެ.

ބްރިޖުން ދަތުރުކުރާ މީހުންގެ އަތުން ފީ ނެގުމަށް "މާލެފަހި" ޕްރޮގްރާމްގައި އޮތް އޮތުން އެއީ ރައީސްގެ ސިޔާސަތެއް ނޫން ކަމަށް ޑރ މުއިއްޒު ވިދާޅުވިއިރު، މާލެފަހި ޕްރޮގްރާމަކީ "އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ އިސްނެންގެވުމުގެ މަތިން އެ މަނިކުފާނުގެ ޚާޢްސަ އިރުޝާދާ އެކި ފަރުމާ ކުރެވުނު ޕްރޮގްރާމެއް،" ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން، މި ޕްރޮގްރާމާ ބެހޭ ގޮތުން ނެރުނު ފޮތް ފައްޓަވަމުން ވިދާޅުވެފައިވެއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު