Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިމާލޭގެ ކުރިއެރުން

މޭޔަރކަމާއި ހަވާލުވި އިރު ވިލިމާލެ އޮތީ އެކިތަންތަނުގައި ޓިނު ޖަހާ ބަންދުކޮށްފައި - އާޒިމް

ބަންދުކޮށްފައި ހުރި ތަންތަން ހުޅުވާ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް މަޤާމަށް ވަޑައިގެން މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ޖުލައި 2024 | އާދީއްތަ 09:42
މާލެސިޓީގެ މޭޔަރ އާދަމް އާޒިމް

މާލެސިޓީގެ މޭޔަރ އާދަމް އާޒިމް

މޭޔަރކަމާއި ހަވާލުވި އިރު ވިލިމާލެ އޮތީ އެކިތަންތަނުގައި ޓިނު ޖަހާ ބަންދު ކޮށްފައި ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އެހެންނަމަވެސް ބަންދުކޮށްފައި ހުރި ތަންތަން ހުޅުވާ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް މަޤާމަށް ވަޑައިގެން މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އިންޑަސްޓްރިއަލް ޒޯނު މިހާރުވެސް އޮތީ ވަރަށް ގޮނޑުކޮށް ކަމަށާއި އެތަން ސާފުކުރުމަށް ވެމްކޯ އާއި ވާހަކަދެކެވިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ ޒޯނުންވެސް އިތުރު ޕްލޮޓް ދެވޭނެތޯ ބަލާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ވިލިމާލޭގެ މަޝްރޫޢުތަކާއި ގުޅުން ހުރި އެންމެ ރަނގަޅު މައުލޫމާތުތައް ލިބިވަޑައިނުގަންނަވާކަން ފާހަގަކުރައްވާ އާޒިމް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. މޭޔަރުކަމާއި ހަވާލުވިތަނާ ގިނަ މަޝްރޫޢުތަކެއް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހޯދުމަށް ދަތިވި ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހޯދަމް މަސައްކަތްކުރަމުންދާ ކަމަށާއި އޮގަސްޓް 22ގެ ފަހުން އެ މައުލޫމާތު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ އޮޑިވެރިންނާއި ގުޅުން ހުރި ކަންކަމާއި މެދުގަ ވެސް ވާހަކަދައްކަވާފައެވެ. އެކި އޮޑިވެރިންނާއި ވަކިވަކިން މީގެ ކުރިން ބައްދަލުވެފައިވާ ކަމަށާއި އޮޑިވެރިންގެ ހުރި ކަންކަން ކޮންމެވެސް ވަރަކަށް އެނގިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް ހުރިހާ އޮޑިވެރިން ބޭނުންވާ ކަންކަން ބެލުމަށް އެންމެން އެކުގައި ބައްދަލުވެގެން މަޝްވަރާކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ޤަބޫލުކުރެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. ވިލިނގިލީގައި އެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ވިލިމާލޭގައި ޔޮޓް މެރީނާ އެއް ހެދުމުގެ ވާހަކަ ދެކެވެމުންދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަން އުޅޭ ތަނަކީ އެއީ އޮޑިވެރިން އޮޑި އެހެލުމަށް އޮތް ހަމައެކަނި ތަން ކަމަށާއި އެތަނަށް ގޮތެއް ވުމަކީ އޮޑިވެރިންނަށް އެކަމުގެ ސީދާ އަސަރުކުރާނެ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ އޭނާ މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ކަންކަން ކައިރިން ބެއްލެވުމަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގިނަގިނައިން ވިލިމާލެ އަށް ވެސް ގޮސް އެ ތަނުގެ ހާލަތު ބެލުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރ އާދަމް އާޒިމްވިލިމާލެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
19 މާރިޗު 2025

މި ސަރުކާރުން ރާއްޖޭގެ ގިނަ ރައްޔިތުންތަކަކީ ދޮގު ހަދާ ބައެއް ކަމަށް ވަނީ ނިންމާފައި: މޭޔަރު އާޒިމް

19 މާރިޗު 2025
މި ސަރުކާރުން ރާއްޖޭގެ ގިނަ ރައްޔިތުންތަކަކީ ދޮގު ހަދާ ބައެއް ކަމަށް ވަނީ ނިންމާފައި: މޭޔަރު އާޒިމް
28 ފެބުރުއަރީ 2025

އަހަރަކަށްވުރެ އަހަރެއް މާލެ ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާ ވަނީ މަދުވެފައި - އާޒިމް

28 ފެބުރުއަރީ 2025
އަހަރަކަށްވުރެ އަހަރެއް މާލެ ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާ ވަނީ މަދުވެފައި - އާޒިމް
03 ފެބުރުއަރީ 2025

"ރޯޝަނީ މަގުގައި ނުބައިވަސް ދުވަމުން އައީ ދެ ތަނެއްގެ ފާހާނާ އާއި ސިންކް ހޮޅި މަގަށް ވާ ގޮތަށް ބެހެއްޓުމުން"

03 ފެބުރުއަރީ 2025
"ރޯޝަނީ މަގުގައި ނުބައިވަސް ދުވަމުން އައީ ދެ ތަނެއްގެ ފާހާނާ އާއި ސިންކް ހޮޅި މަގަށް ވާ ގޮތަށް ބެހެއްޓުމުން"
03 ފެބުރުއަރީ 2025

ޤުރުއާނަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް އިރުޝާދާއި އަލިކަން ގެނެސްދޭ ވަސީލަތެއް: މޭޔަރު އާޒިމް

03 ފެބުރުއަރީ 2025
ޤުރުއާނަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް އިރުޝާދާއި އަލިކަން ގެނެސްދޭ ވަސީލަތެއް: މޭޔަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު