Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު ސަރުކާރު

މި ސަރުކާރުން ރާއްޖޭގެ ގިނަ ރައްޔިތުންތަކަކީ ދޮގު ހަދާ ބައެއް ކަމަށް ވަނީ ނިންމާފައި: މޭޔަރު އާޒިމް

ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ އަތުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 19 މާރިޗު 2025 | ބުދަ 07:24
ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

މި ސަރުކާރުން ރާއްޖޭގެ ގިނަ ރައްޔިތުންތަކަކީ ދޮގު ހަދާ ބައެއް ކަމަށް ނިންމައި، ފްލެޓުތައް އަތުލާފައިވަނީ ބޭއިންސާފުން ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި މޭޔަރު އާޒިމް ވިދާޅުވީ ރައްޔިތުން މަގު މައްޗަށް ނުކުންނަނީ ހައްގުތައް ނުލިބުމުން ކަމަށާއި، މުއައްސަސާތަކުން ވެސް ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ފެއިލްވުމުން ކަމަށެވެ.

އާޒިމް ވިދާޅުވީ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ހައްގުތައް ގެއްލުމުން ރައްޔިތު މީހާ ގޭގައި ހުރެދާނެ ކަމަށް އުންމީދު ކުރަމަކީ ގޯހެއް ކަމަށެވެ. އަދި މިހާރު މިރާއްޖޭގައި ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކަންކަން ކުރުމުގެ ފުރުސަތު އެއްވެސް ސަރުކާރަކަށް ދިވެހި ރައްޔިތުން ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ދޫކޮށްފައިވާ ގެދޮރުވެރިޔާ ފްލެޓުތައް އަތުލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ގިނަ ރައްޔިތުންތަކަކީ ދޮގު ހަދާ ބައެއް ކަމަށް ނިންމި ނިންމުން ކުށްވެރި ކުރާ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން ފްލެޓު ލިބިފައިވާ ކަމަށް ރައްޔިތުންނަށް ލިޔުން ދީފައިވާއިރު، އެ ލިޔުން އެހެން ބާތިލް ނުކުރެވޭނެ ކަމަށާއި، ސަރުކާރުން އެލިޔުން ބާތިލް ކުރުމަށް ދާންޖެހޭނީ ކޯޓަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ފައިސާ ޗާޕު ކުރުމަށް މަސައްކަތް ކުރާތީ އެކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ހުރިހާ ގެއްލުމެއް ކުރިމަތިވާނީ ރައްޔިތުންނަށް ކަމަށާއި، އާދައިގެ ދިރިއުޅުން އުޅެމުންދާ ރައްޔިތު މީހާ އިތުރަށް ނިކަމެތިވާނެ ކަމަށެވެ. އަދި ރާއްޖޭގައި ގާތްގަނޑަކަށް މުއްސަންދި ވެފައިވަނީ 5 ޕަސެންޓް މީހުން ކަމަށާއި، ދެން ތިބި 95 އިންސައްތަ މީހުންނަކީ ވަރަށް އާދައިގެ ދިރިއުޅުމުގައި ދިރިއުޅެމުންދާ މުސާރަވެރިން ކަމަށެވެ.

ދެނެއް މިގައުމުގައި މިނިވަންކަން ގެއްލޭ ގޮތަކަށް ކަންތައްތައް ކުރާކަށް އެއްވެސް ވެރިއަކަށް އެއްވެސް ސަރުކާރަކަށް މިގައުމުގެ ރައްޔިތުން ފުރުސަތެއް ނުދޭނެ.އެއީ ކުންހީއެއް މޮޔަ ވިސްނުންފުޅެއް. އެ ވިސްނުން ދޫކޮށް ރައްޔިތުން އެދޭ ގޮތަަށް ގައުމު ހިންގުމަށްޓަކައި ގައުމުގެ މިސްރާބު ބަދަލުކުރަންޖެހޭ. އަސްލު ޑޮލަރު 15.42 އަކަށް. އަދިވެސް މިއުޅެނީ 19 ގައި. 20އަށް އަރާގެން މިއޮތް ދަނީ. އަދި 15 ބިލިއަން ޗާޕު ކުރަން އެއުޅީ. 15 ޗާޕު ކޮށްފިއްޔާ 25 މިކޮޅުން ލާހިކެއް ނޫން ހުއްޓުވާކަށް. މިހާ ބޮޑު ނުރައްކާތެރިކަމެއް ކުރަން އެ އުޅެނީ. ހުރިހާ ރައްޔިތުން ނިކަމެތިވާނެ. ދެން މީގައި ވާނެ ގޮތަކީ އިގްތިސާދީ ގޮތުން ވިސްނާއިރު ވާނެ ގޮތަކީ މުއްސަންދިން އިންތިހާއަށް މުއްސަންދިވެގެން ދާނެ. އެމީހުންނަށްތާ މުދާ އިންޕޯޓު ކޮށްގެން ގެނެވޭނީ. އެ ގެނެވުނީމަ މުދާ ވިއްކަން ޖެހޭނީ އަގުބޮޑުކޮށް. މުސާރަތައް ބޮޑެއްނުވި. ހުރި ލާރިކޮޅު އިންޕޯޓު ކުރާ މީހާއަށް ދިނީމަ އާއްމު ރައްޔިތު މީހާ އެއްކޮށް ފަނގީރުވެ ނިކަމެތިވެގެން މިދަނީ. އެހެންވީމަ ހުރިހާ ރައްޔިތުން ނިކަމެތިވެ ފަނގީރުވެގެންދާނެ. އެހިސާބަށް ކަންތައްތައް މިދަނީ. އަތް މަތި ހަމަ ހުސްވެގެންދާނެ. މުއްސަންދި މީހާ މުއްސަންދިވެގެންދާނެ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ފާއިސާ ޗާޕުކޮށް، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ރައްޔިތުން ނިކަމެތި ކުރާނަމަ ރައްޔިތުން މަގު މައްޗަށް ނުކުންނާނެ ކަމަށާއި، އެމަސައްކަތުގައި އެމްޑީޕީން ވެސް ބައިވެރިވާނެ ކަަމަށެވެ. އަދި މިހާތަނަށް މިގައުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ހުރިހާ ކަމެއް ގެނެސްދީފައި ހުރީ އެމްޑީޕީގެ ވިސްނިމުގެ ތެރެއިން ކަމަށާއި، އެ ހައްގުތައް ގެއްލި ރައްޔިތުން ބިކަމެ ނިކަމެތިވެގެންދާތަން ބާލަން އެމްޑީޕީން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންހައްޤުތައްމިނިވަންކަންމާލެސިޓީގެ މޭޔަރުސަރުކާރުމާލޭގެ މޭޔަރ އާދަމް އާޒިމް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
04 ޑިސެމްބަރު 2025

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟
23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
17 ނޮވެމްބަރު 2025

މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް

17 ނޮވެމްބަރު 2025
މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު އަޣުލަބިއްޔަތެއް ދިން ގައްދޫ ރައްޔިތުން ބުނަނީ ފުދިއްޖެ ކަމަށް
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
31 އޮކްޓޯބަރު 2025

ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން

31 އޮކްޓޯބަރު 2025
ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
09 ސެޕްޓެމްބަރު 2025

ކުރިން ބުނިއެތި ކެންސަލް: ދޮންފަނުގައި ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ

09 ސެޕްޓެމްބަރު 2025
ކުރިން ބުނިއެތި ކެންސަލް: ދޮންފަނުގައި ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ
17 ޖުލައި 2025

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށް، ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުން ބާތިލްކޮށްފި

17 ޖުލައި 2025
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށް، ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުން ބާތިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު