Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލް

އަހަރަކަށްވުރެ އަހަރެއް މާލެ ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާ ވަނީ މަދުވެފައި - އާޒިމް

28 ފެބުރުއަރީ 2025 | ހުކުރު 08:27

ބްލޮކް ގްރާންޓްގެ ގޮތުގައި ސަރުކާރުން ދެއްވި އަދަދު 2024 ވަނަ އަހަރު 18 މިލިއަން ރުފިޔާ މަދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ފެބުރުއަރީ 2025 | ހުކުރު 08:27
މާލެ ސިޓީ ރައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވާހަކަދައްކަވަނީ - 27 ފެބްރުއަރީ 2025

މާލެ ސިޓީ ރައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވާހަކަދައްކަވަނީ - 27 ފެބްރުއަރީ 2025

އަހަރަކަށްވުރެ އަހަރެއް މާލެ ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާ މަދުވެފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ލޮނުޒިޔާރަތް ޕާކުގައި އޮތް މިއަހަރުގެ ރައްޔިތުންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ބްލޮކް ގްރާންޓްގެ ގޮތުގައި ސަރުކާރުން ދެއްވި އަދަދު 2024 ވަނަ އަހަރު 18 މިލިއަން ރުފިޔާ މަދު ކަމަށެވެ. 2025 ވަނަ އަހަރުގެ ބަޖެޓުން ލިބެންވާ ބްލޮކް ގްރާންޓުވެސް 23 މިލިއަން ރުފިޔާ މަދުން ލިބިފައި ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކައުންސިލްގެ މައިގަނޑު ޒިންމާތަކުގެ ތެރެއިން ރައްޔިތުންގެ އަސާސީ ހިދުމަތްތަކާއި، ރަށްވެހި ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަކީ އަބަދުވެސް އެންމެ އިސްކަންދޭ އެއް މަސްއޫލިއްޔަތު ކަމަށެވެ. މީގެ ތެރޭގައި މިހާރު ހިނގަމުންދާ މަސައްކަތްތައް ކުރުމަށްޓަކައި ވެސް މި އަހަރުގެ ބަޖެޓުގައި ޖުމްލަ 78 މިލިއަން ރުފިޔާ ކަނޑައެޅިފައިވާނެ ކަމަށެވެ. މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް 104 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.

2024 ވަނަ އަހަރު މާލެ ސިޓީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 399 މިލިއަން ރުފިޔާ. މީގެ ތެރޭގައި ހިމެނެނީ ބްލޮކް ގްރާންޓުގެ ގޮތުގައި ދައުލަތުން ލިބުނު 189 މިލިއަން ރުފިޔާއާއި ވެހިކަލް ފީގެ ގޮތުގައި ލިބުނު 121 މިލިއަން ރުފިޔާއާއި، އެހެނިހެން ގޮތްގޮތުން ލިބުނު 89 މިލިއަން ރުފިޔާ. މީގެ ތެރެއިން ހަރަދުކުރެވިފައިވަނީ 360 މިލިއަން ރުފިޔާ. އެހެންކަމުން ކައުންސިލްގެ ހަރަދުތައް ކުޑަކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކީގައި ފާއިތުވި 2024 ވަނަ އަހަރު ނިންމާލީ 39 މިލިއަން ރުފިޔާގެ އަރަންޏާއެކު. 2025 ވަނަ އަހަރު ކައުންސިލަށް ލިބޭނެ އާމްދަނީއަކީ 503 މިލިއަންެ ރުފިޔާ. ބްލޮކް ގްރާންޓުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ލިބޭ 171 މިލިއަން ރުފިޔާއާއި، ވެހިކަލް ފީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 140 މިލިއަން ރުފިޔާއާއި، ކުލީގެ ގޮތުގައި ލިބޭނެ 40 މިލިއަން ރުފިޔާއާއި އެހެނިހެން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރާ 153 މިލިއަން ރުފިޔާ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން އަމަލީ ގޮތުން މަސައްކަތްކޮށް ކާމިޔާބު ހާސިލްކުމުގައި ނަމޫނާ ކައުންސިލެއް ކަމަށެވެ. އާޒިމް ވިދާޅުވީ ވޭތުވެދިޔަ އަހަރު ހާސިލްކުރި ކާމިޔާބީތަކުން އެކަން ފެންނަން ހުންނާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ބާކީ އޮތްބައިގައި ވެސް، ވޭތުވެދިޔަ ތަނުގައި ވުވައްޒަފުން ދެއްވި އެއްބާރުލުން ދެއްވައި، ގުޅިގެން މަސައްކަތްކޮށް މާލެ ސިޓީގެ ރައްޔިތުން އުފާވާ ކަހަލަ ޚިދުމަތްތަކެއް ދިނުމަށް މަސައްކަތްކޮށް ދެއްވުމަށް، ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވައިފައެވެ.

މާލޭ ސިޓީ ކައުންސިލްބްލޮކް ގްރާންޓްމާލޭގެ މޭޔަރ އާދަމް އާޒިމްރައްޔިތުންގެ ހިދުމަތްތައްމާލެ ސިޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް