Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާއިލް ހަނގުރާމަ

ފަލަސްތީން ދައުލަތް ބަލައި ނުގަންނަން އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީސް ކްނެސެޓް އިން ފާސްކޮށްފި

އެ ގަރާރުގައި ބުނެފައިވަނީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި އުފެދިއްޖެ ނަމަ އިޒްރޭލް އާއި އިޒްރޭލުގެ ރައްޔިތުންގެ ދެމި ތިބުމަށް ނުރައްކާ ވާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 18 ޖުލައި 2024 | ބުރާސްފަތި 14:28
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ފަލަސްތީން ދައުލަތް އިޒްރޭލުން ބަލައި ނުގަންނަން އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހު މި ގަރާރަށް ގާނޫނު ހަދާ މަޖިލީހުގައި 68 މެމްބަރުން ފެންނަ ކަމަށް ވޯޓުދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ އެންމެ 9 މެމްބަރުން ކަމަށް އިޒްރޭލްގެ މީޑިއާ އިން ބުނެފައިވެއެވެ.

އެ ގަރާރުގައި ބުނެފައިވަނީ، ފަލަސްތީން ދައުލަތް އުފެދިއްޖެ ނަމަ، އިޒްރޭލް ދެމިއޮތުމަށް ނުރައްކާ ވާނެ ކަމަށާއި، ފަލަސްތީން އާއި އިޒްރޭލް އާ ދެމެދުގައި ހަމަ ނުޖެހުންތައް އިތުރުވާނެ ކަމަށާއި، އަދި ސަރަހައްދީ ހަމަ ނުޖެހުން އެކަމުގެ ސަބަބުން އިތުރުވެގެން ދާނެ ކަމުގައެވެ.

ގަރާރު ސްޕޮންސަރ ކުރީ ބޮޑުވަޒީރު ނަތަންޔާހޫ ގެ ޕާޓީ އާއި އެ ޕާޓީ އާއެކު ކޯލިޝަން ހަދާފައިވާ ހައްދުފަހަނަ އެޅި ކަނާތުފިޔައިގެ ޕާޓީތަކުންނެވެ.

ޓައިމްސް އޮފް އިޒްރޭލުން ބުނެފައިވާ ގޮތުގައި އިދިކޮޅު ލީޑަރު ޔައިރު ލަޕިޑްގެ ޕާޓީން ވަނީ ގަރާރަށް ތާއީދު ނުކުރުމަށް ސެޝަން ދޫކޮށް ގޮސްފައެވެ. ކުރިން މި ޕާޓީން ބުނެފައިވަނީ ދެ ދައުލަތުގެ ހައްލަށް ތާއީދު ކުރާ ކަމަށެވެ.

އިޒްރޭލްގެ ކްނެސެޓްގެ ބޮޑު އަޣުލަބިއްޔަތަކުން ފަލަސްތީން ދައުލަތް ބަލައި ނުގަތުމަށް ފާސް ކުރުމާ ގުޅިގެން ފަލަސްތީންގެ ނޭޝަނަލް އިނީޝިއޭޓިވް ގެ ސެކްރެޓަރީ ޖެނެރަލް މުސްތުފާ ބަރުގޫތީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށް ފާޑު ވިދާޅުވެފައެވެ.

އެކްސް ގައި އޭނާ ވިދާޅުވީ، މިއީ، ފަލަސްތީން ރައްޔިތުނާ ސުލްހަ ވެރިވުން ދޫކޮށްލުން ކަމަށެވެ. އަދި މީއީ އޮސްލޯ އެގްރީމެންޓް މަރުވެއްޖެ ކަން ރަސްމީ ކޮށް އިއުލާން ކުރުން ކަމަށެވެ.

1993 ވަނަ އަހަރު އޮސްލޯ އެކޯޑް ގައި ފަލަސްތީން އާއި އިޒްރޭލުން ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގައި ގޮވާލާފައިވަނީ މިނިވަން ފަލަސްތީން ދައުލަތެއް އިޒްރޭލް ދައުލަތާ އިންވެގެން އުފެދިފައި އޮތުމަށެވެ.

މިކަން މިހެން އޮތް ނަމަވެސް އިޒްރޭލުން މިހާތަނަށް ގެންގުޅެމުން އައިސްފައިވަނީ ދެ ދައުލަތް ޖެހިޖެހިގެން އުފެދުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފް ސިޔާސަތުތަކެވެ. އެގޮތުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާނޫނުން ބޭރުން ޔަހޫދީން ވަޒަންވެރި ކުރުވުމާއި، ގާޒާ ބަންދުކޮށްގެން އުޅުން ފަދަ ކަންކަން ހިމެނެއެވެ.

ފަލަސްތީނުގެ ސަރުކާރުގެ އޮފިޝަލް ހުސެއިން އަލް-ޝެއިޚް ވިދާޅުވީ، މިކަމުން އެނގިގެން ދަނީ ތާއަބަދަށް ހިސޯރުކޮށްގެން ތިބުމުގެ ވިސްނުން އިޒްރޭލުން ގެންގުޅޭ ކަމެވެ. އަދި މިއީ އިސްތިއުމާރީ ދައުލަތުން އެއްވެސް ހާލެއްގައި ބައިނަލް އަގްވާމީ ގާނޫނަށް އިހްތިރާމް ނުކުރާނެ ކަމުގެ ހެތްކެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އުރުދުންގެ ޚާރިޖީ ވުޒާރާ އިން ވަނީ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި މި ގަރާރު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. މިއީ ނުރައްކާތެރި ގޮތެއްގައި ބައިނަލް އަގްވާމީ ގާނޫނާ ޚިލާފް ވުން ކަމަށްވެސް އުރުދުން އިން ބުނެފައިވެއެވެ.

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ގަރާރުގައި އޮތް ކަމަށް ޓައިމްސް އޮފް އިޒްރޭލްގައި ބުނެފައިވަނީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ގާއިމް ވެއްޖެ ނަމަ އިސާހިތަކު މުޅި ފަލަސްތީނުގެ މައްޗަށް ހަމާސް ގަދަވެ އެއާކުކު ފަލސްތީނަކީ ހައްދުފަހަނަ އެޅި މީހުންގެ ނިރުބަވެރި ބޭސް އަކަށް ހަދާ، އީރާނާ އާ ގުޅިގެން އިޒްރޭލް ނައްތާލާނެ ކަމަށެވެ.

އޭގެ އިތުރުން ގަރާރުގައި ބުނެފައިވަނީ ފަލަސްތީން ދައުލަތް ގާއިމް ވުމަށް މި ވަގުތު ފުރުސަތު ދިނުމަކީ ނިރުބަވެރިކަމަށް ދެވޭ އިނާމެއް ކަމަށާއި، ހަމާސް އާއި ހަމާސް އަށް ތާއީދު ކުރާ ފަރާތްތަކަށް ލިބުނު ކާމިޔާބެއް ކަމަށް އެފަރާތްތަކުން ދެކޭނެ ކަމަށެވެ.

އިޒްރޭލުގެ ކްނަސެޓް އިން ފަލަސްތީން ދައުލަތް ބަލައި ނުގަތުމަށް ފާސް ކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

އަނެއްކޮޅުން ފަލަސްތީން ދައުލެއްގެ ގޮތުގައި ބަލައިގަންނަ ގައުމުތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

އިޒްރޭލުން ގަރާރު ފާސްކުރި ވަގުތަކީ ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސް ގައި އަންނަ ހަފްތާގައި ތަގްރީރު ކުރެއްވުމަށް ހަމަ ޖެހިފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮންގްރެސްގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ މެދުގައި ނަތަންޔާހޫ ގާޒާ ހަނގުރާމައިގައި ކަންތައްތައް ކުރައްވަމުން ގެންދަވާ ގޮތާ މެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުގެ ދެކޮޅުހެދުންތަކާއެކުވެސް ފަަލަސްތީނަށް އިންޓަޕޯލްގެ މެމްބަރުކަން ލިބިއްޖެ

އިޒްރޭލުގެ ދެކޮޅުހެދުންތަކާއެކުވެސް ފަަލަސްތީނަށް އިންޓަޕޯލްގެ މެމްބަރުކަން ލިބިއްޖެ

28 ސެޕްޓެމްބަރު 2017
މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން

މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން

15 ސެޕްޓެމްބަރު 2017
ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި

ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި

28 ޖުލައި 2017
ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި

ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި

02 ޖުލައި 2017
އދ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އެއްގޮތަކަށްވެސް ބަލައިނުގަންނަަން: އުތުރު ކޮރެއާ

އދ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އެއްގޮތަކަށްވެސް ބަލައިނުގަންނަަން: އުތުރު ކޮރެއާ

05 ޖޫން 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު