Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޓްރޯނިކް ވޯޓިންގ

އިލެކްޓްރޯނިކް ވޯޓިންގެ ވިސްނުމެއް ނެތް، ރައްޔިތުން އެ ބަލައި ނުގަންނާނެ - ފުއާދު

17 ޖުލައި 2024 | ބުދަ 13:19

މި ނިޒާމަކީ މުޅި ދުނިޔޭގެ ހުރިހާ އެންމެންހެން އެ ބަލައިގަނެ އެއަށް ތައުރީފުކޮށް އެއާ ދޭތެރޭގައި އެއްވެސް ސުވާލެއް ނުއުފެދޭ ނިޒާމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖުލައި 2024 | ބުދަ 13:19
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މައުލޫމާތުދެއްވަނީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މައުލޫމާތުދެއްވަނީ

އިލެކްޓްރޯނިކް ވޯޓިންއަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި، ރައްޔިތުން އެ ބަލައި ނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލުގެ ޖަވާބުގައި އިލެކްޝަންސްގެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އޮންލައިން ވޯޓަކަށް ދިއުމުގެ ވިސްނުމެއް ކޮމިޝަނުގައި ނެތް ކަމަށެވެ. އެގޮތުން އޮންލައިން ވޯޓިންގއަށް ދިޔަ ޔޫރަޕްގެ ބައެއް ގައުމުތަކުން އަލުން ކަރުދާސް ވޯޓު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. ފުއާދު ވިދާޅުވީ އެންމެ ބޮޑު އެއް ސަބަބަކީ ވޯޓު ކަރުދާސް ނުފެނި އޭގައި ޖަހާފައި ހުންނަ ފާހަގަ ނުފެނި ނަތީޖާ އޮތްގޮތް ބުނިނަމަވެސް އަދިވެސް ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެ ކަމަށެވެ.

ފުއާދު ވިދާޅުވީ އޮންލައިން ވޯޓިންގ ރައްޔިތުން ބަލައި ނުގަނެ އެއަށް ދާންވެއްޖެއްޔާ ރައްޔިތުން އެކަމެއް ބަލައި ނުގަންނާނެ ކަމަށެވެ. އަދި އިލްކެޓްރޯނިކް ވޯޓިންގެ ވާހަކަ 2008 ހިސާބުގައި ވެސް ދެއްކުނު ކަމަށާއި، ނަމަވެސް އެއިރު ސަރުކާރުގެ ބޭފުޅުން އެކަމަށް އެއްބަސްވި ނަމަވެސް އިިދިކޮޅުގައި ތިބި ފަރާތްތަކުން އެކަން ބަލައި ނުގަންނަ ކަމަށެވެ.

އަދި ވޯޓު ކަރުދާސްކޮޅު ބޭނުން ނުކުރަން އިލެކްޝަންސް ކޮމިޝަންގެ ތާއިދެއް ނެތްކަމަށް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އަލީ ނަޝާތު ވިދާޅުވީ ކޮމިޝަނުން މިކަން ނިންމާފައިވާ ކަމަށާއި، ގާނޫނަކުން ނުވަތަ އެހެންގޮތަކަށް ލާޒިމް ކޮށްފިނަމަ އެގޮތަށް އަމަލުކުރާނެ ކަމަށެވެ. އަދި ރާއްޖެއަށް އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމެއް ގެނައުމުގެ ވިސްނުމެއް ނެތް ނަމަވެސް، ހަރަދު ކުޑަކުރުމަށް ކުރަންޖެހޭ އެހެނިހެން ކަންކަން ކުރަމުން އަންނަ ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް