Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖަލުގައި ފޯނު ގެންގުޅުން

"ޗިލިން ވިތު ސެލް މޭޓްސް" ސްޓޭޓަސްއާ އެކު ޖަލު ސާފު ކުރަން ފެށުން

ޖަލުގައި ފޯނު ގެންގުޅޭކަން މިފަހަރު ބަސްޓު މި ވީ "ޗިލިންގ ވިތް ސެލްމޭޓްސް" ޖަހާފައި ދޫކޮށްލި ސްޓޭޓަސްއަކުންނެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ޖުލައި 2024 | ބުދަ 08:44
ދާޚިލީ ވަޒީރު އަލީ އިޙްސާން

ދާޚިލީ ވަޒީރު އަލީ އިޙްސާން

ދާޚިލީ ވަޒީރު އަލީ އިޙްސާންގެ އަމިއްލަފުޅު ތަޖުރިބާއެއް ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވަޒީރު ހިއްސާ ކުރެއްވިއެވެ. ޖަލު ސާފު ކުރުމަށް ފެށިގެން މި އުޅޭ މަސައްކަތްތައްވެސް އެ ތަޖުރިބާއާ ކޮންމެވެސް ވަރަކަށް ގުޅެއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އެއީ މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަ މަހެވެ. ފޭސްބުކްއިން ފެންނަނީ ވަޒީރު ދަންނަ މީހެއްގެ ސްޓޭޓަސްތަކާއި ޕޯސްޓުތަކެވެ. އޭނާއަކީ ޖަލުގައި ހުރި މީހެއްކަން ވަޒީރަށްވެސް އެނގިވަޑައިގަންނަވައެވެ.

އެހިސާބުން ވަޒީރު ކަރެކްޝަންސްގެ އޮފިސަރުން ލައްވައި އޭނާ ހުރި ގޮޅި ރެއިޑް ކުރިއެވެ. ރެއިޑްކޮށް ފޯނާއި އެހެން ސާމާނުތައް ގެންދިޔައެވެ.

އެހެންނަމަވެސް ޖެހިގެން އައި ދުވަސް އަނެއްކާވެސް އަލިވިލުނީ އެއްކަލަ ޖަލުގައި ހުރި މީހާގެ ޕޯސްޓުތަކާއެކުގައެވެ. އެފަހަރުވެސް ރެއިޑް ކުރިއެވެ. ފޯނާއި އިލެކްޓްރޯނިކް ސާމާނުވެސް ފެނުނެވެ.

އެހެންނަމަވެސް އަނެއް ދުވަހު އެއްކަަލަ މިހާގެ ސްޓޭޓަސްތައްވެސް ހަމަ ފެނުނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އެހިސާބުން، ކަރެކްޝަންސްގެ އެތެރޭގެ ދޮރު ނިޒާމީ ގޮތެއްގައި ހުޅުވިފައި ހުުރިކަން ވަޒީރަށްވެސް ޤަބޫލު ކުރެވުނެވެ.

އެހެންކަމުން މިނިސްޓްރީން ދެން އެކަން ހިއްސާކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސްއާއެވެ. އަދި ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މިހާރު ބޮޑު އޮޕަރޭޝަނެއް ހިންގައި، މި މައްސަލައާ ގުޅުންހުރި ގިނަ އަދަދެއްގެ ޖަލު އޮފިސަރުންވެސް މިވަނީ ހައްޔަރު ކޮށްފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ހައްޔަރުކުރި އޮފިސަރުންގެ ލޮކަރުތަކުންވެސް ގިނަ އަދަދެއްގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ފެނިފައިވެއެވެ.

ކޮންމެއަކަސް، ޖަލުގައި ފޯނު ގެންގުޅޭކަން މިފަހަރު ބަސްޓު މި ވީ "ޗިލިންގ ވިތް ސެލްމޭޓްސް" ޖަހާފައި ދޫކޮށްލި ސްޓޭޓަސްއަކުންނެވެ. އެ ސްޓޭޓަސްއާ އެކު ޖަލު ސާފު ކުރުމަށް ފެށި މި މަސައްކަތް އެކަށީގެންވާ ކޮޅެއްގައި ޖެހެންދެން ކުރާނެކަމަށް މިއަދު ގިނަ ރައްޔިތުން ތިބީ އުއްމީދު ކޮށްގެންނެވެ.

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2019

"ސޭވް ވިތު އެމްއައިބީ" ކެމްޕޭން: ކަސްޓަމަރުންނަށް ފަހި ފުރުޞަތުތަކެއް!

21 ނޮވެމްބަރު 2019
"ސޭވް ވިތު އެމްއައިބީ" ކެމްޕޭން: ކަސްޓަމަރުންނަށް ފަހި ފުރުޞަތުތަކެއް!
27 ސެޕްޓެމްބަރު 2019

އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

27 ސެޕްޓެމްބަރު 2019
އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު
27 މާރިޗު 2019

ރައީސްކަމުގައި 60،000 އަށްވުރެ ގިނަ ސެލްފީ، ކެމްޕެއިންގައި ދެ ލައްކައަށް ވުރެ ގިނަ!

27 މާރިޗު 2019
ރައީސްކަމުގައި 60،000 އަށްވުރެ ގިނަ ސެލްފީ، ކެމްޕެއިންގައި ދެ ލައްކައަށް ވުރެ ގިނަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު