Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

ތަރައްގީ ކުރަންދިން ބިންތަކުގައި ޕީޕީއެމް ޖަގަހަތައް، ސަރުކާރުން ދަނީ އޮޅުވާލަމުން: މަހްލޫފް

12 އޯގަސްޓު 2017 | ހޮނިހިރު 07:49

މިވަގުތުވެސް އިންތިހާބަކަށް ވަޑައިގެންނެވި ނަމަވެސް ބޮޑުތަނުން ބަލިކޮށްލާނަން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 އޯގަސްޓު 2017 | ހޮނިހިރު 07:49
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހްލޫފް--

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހްލޫފް--

ތަރައްގީ ކުރަން ބަޔަކާ ހަވާލުކުރި ބިންތަކުގައި ޕީޕީއެމް ޖަގަހަ ހަދަން ނިންމައި، ރައްޔިތުންނަށް، ސަރުކާރުން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މައި ޖަގަހައެއްގެ ގޮތުންގައި ބޭނުންކުރަމުން އަންނަ ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވިދާޅުވީ މަހްލޫފް ނިސްބަތްވާ ދާއިރާގައި ގަލޮޅު ފްލެޓް ސަރަހައްދުގައި (ކުރިން ފުރްޤާން މިސްކިތް ވަގުތީ ގޮތުން ހަދާފައިވާ ތަނުގައި)، ތަރައްގީގެ މަޝްރޫއެއް ހިންގަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނާއިރު، އެތާ ހަދަމުންދަނީ ޕީޕީއެމް ޖަގަހައެއް ކަމަށެވެ. ހަމަ އެގޮތަށް ކުރިން ވެސްޓްޕާރކް ހުރި ތަން ތަރައްގީ ކުރަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ބުނާއިރު އެތާ ފަސްބުރީގެ އިމާރާތެއް ތަރައްގީ ކުރަން ނިންމާފައިވާއިރު އެއީ ވެސް ޕިޕީއެމް ޖަގަހައެއް ކަމަށެވެ.

Advertisement - newsAdvertisement

މަހްލޫފް ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މެން ފަދަ ބޭފުޅުން ރައްޔިތުންނަށް ކަންކަން އޮޅުވާލަން އުޅުއްވި ނަމަވެސް އެކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްކަން ދައްކަން އެފަދަ ކޮރަޕްޝަންގެ އަމަލުތައް ހިންގި ނަމަވެސް މި ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. އަދި މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން ވެއްދުމާއި ސަރުކާރު އަދި ޕީޕީއެމްގެ އިވެންޓްތަކުގައި ބައިވެރިވުމަށް ސިވިލް ސާރވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބުރު ކުރުވި ނަމަވެސް މިސަރުކާރަށް ތާއީދު ނެތްކަން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން އޮންނާނީ ދައްކާލާފަ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މިސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާކަން އެންމެ ރަނގަޅަށް ދައްކާލުމަށް މިވަގުތު ވެސް ރައީސް ޔާމީން ރައީސް ކަމުގައި ހުންނަން ފެންނަ، ނުފެން ވޯޓެއް ނުގެމަށް ކެރިވަޑައިގަންނަވާ ނަމަ އެކަން ކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ.

މީގެ އިތުރުން، މަހްލޫފް ވިދާޅުވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިން އިދިކޮޅު ފަރާތްތަކަށް އެއްވެލުމަށް ނުވަތަ ޖަލްސާއެއް ބާއްވާލުމަށް ސަރުކާރުން ޖާގަދީފައި ނުވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް އެއްވުލުމުގެ ފުރުސަތު ދީފި ނަމަ ރައީސް ޔާމީންއަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަކޮށްދޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް