Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޑޭވިސް ބެހެއްޓުމަށް ބަޔާނުން ބާރު އަޅާނެ

17 ޖުލައި 2024 | ބުދަ 07:50

ބަޔާނާއި، ޑޭވިސްއާ ދެމެދު ކުރެވެމުން އަންނަ މަޝްވަރާތަކުގައި މިހާތަނަށް ވަކި ގޮތެއް ނިމިފައި ނުވާ ކަމަށް ނުވަތަ އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖުލައި 2024 | ބުދަ 07:50
ބަޔާނަށް ކުޅެމުން އަންނަ އަލްފަންސޯ ޑޭވިސް

ބަޔާނަށް ކުޅެމުން އަންނަ އަލްފަންސޯ ޑޭވިސް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކެނެޑާގެ ޑިފެންޑަރު އަލްފަންސޯ ޑޭވިސް އެ ކުލަބުގައި ބެހެއްޓުމަށް ބާރު އަޅާނެ ކަމަށް ބަޔާންގެ ޑައިރެކްޓަރު ކްރިސްޓޮފް ފްރެއުންޑް ވިދާޅުވެއްޖެ އެވެ.

އުމުރުން 23 އަހަރުގެ ޒުވާން ޑިފެންޑަރު ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާާކީ އެއް އަހަރު އޮތްއިރު، ބައެއް ކުލަބުތަކުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅެ އެވެ. މިއަހަރުގެ ކުރީ ކޮޅު ބަޔާނުން ވަނީ ޑޭވިސް އަށް އައު އެއްބަސްވުމެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެކަމާ ޑޭވިސް ވަކި ގޮތެއް ނުނިންމަ އެވެ.

ޑޭވިސްގެ ކުރިމަގާ ގުޅޭ ގޮތުން ކުރިމަތިވަމުން އަންނަ ސުވާލުތަކަށް ޖަވާބު ދެމުން ފްރެއުންޑް ވިދާޅުވީ، އައު އެއްބަސްވުމުގެ ކަންތަކުގައި މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. ބަޔާނާއި، ޑޭވިސްއާ ދެމެދު ކުރެވެމުން އަންނަ މަޝްވަރާތަކުގައި މިހާތަނަށް ވަކި ގޮތެއް ނިމިފައި ނުވާ ކަމަށް ނުވަތަ އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ފްރެއުންޑް ވިދާޅުވީ މިހާތަނަށް އެއްވެސް ދޮރެއް ބަންދުވެފައި ނުވާ ކަމަށާއި، އެކަމަށް އަދި ވަގުތު އޮތް ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށާއި، ނިންމުން އަންނާނެ ގޮތެއް ކުރިއަށް އޮތް މަސްތަކުގައި ބަލަން ޖެހޭނެ ކަމަށެވެ. އަދި ޑޭވިސް ބަޔާންގައި ބަހައްޓަން ކުލަބުން ވެސް، އަދި އޭނާ އަށް ބާރު އަޅުއްވާނެ ކަމަށް ފްރެއުންޑް ވަނީ ވިދާޅުވެފަ އެވެ.

ޑޭވިސް ވަނީ މިހާތަނަށް ބަޔާނަށް 196 މެޗު ކުޅެދީ 11 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 13 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ޑޭވިސް ކަޕް: ފައިނަލްގައި ވާދަކުރާނީ ބެލްޖިއަމް އާއި ފްރާންސް

18 ސެޕްޓެމްބަރު 2017
ޑޭވިސް ކަޕް: ފައިނަލްގައި ވާދަކުރާނީ ބެލްޖިއަމް އާއި ފްރާންސް
03 ސެޕްޓެމްބަރު 2017

ރަން އިން އައްޑޫ އަށް ބޮޑު ތަރުހީބެއް، އިވެންޓްތަކުގެ ޖާގަތައް ފުރިބާރުވެއްޖެ

03 ސެޕްޓެމްބަރު 2017
ރަން އިން އައްޑޫ އަށް ބޮޑު ތަރުހީބެއް، އިވެންޓްތަކުގެ ޖާގަތައް ފުރިބާރުވެއްޖެ
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
19 އެޕްރީލު 2017

ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ލަތީފް

19 އެޕްރީލު 2017
ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ލަތީފް
19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
09 އެޕްރީލު 2017

ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް

09 އެޕްރީލު 2017
ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް
09 އެޕްރީލު 2017

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް

09 އެޕްރީލު 2017
ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް
30 މާރިޗު 2017

ޕާކިސްތާނުގެ އެންމެ ބާރު އުކުންތެރިޔާ ސަސްޕެންޑްކޮށްފި

30 މާރިޗު 2017
ޕާކިސްތާނުގެ އެންމެ ބާރު އުކުންތެރިޔާ ސަސްޕެންޑްކޮށްފި
07 މާރިޗު 2017

އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ

07 މާރިޗު 2017
އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް