Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮޕާ އެމެރިކާ 2024

ކޮޕާ އެމެރިކާ ކާމިޔާބުކޮށް، އާޖެންޓީނާ އަށް ޖެހި ޖެހިގެން ހަތަރު ވަނަ ތަށި

އާޖެންޓީނާ އިން ވަނީ ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖުލައި 2024 | ހޯމަ 06:14
އާޖެންޓީނާ އިން 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގެ ތަށި އުފުލާލަނީ

އާޖެންޓީނާ އިން 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގެ ތަށި އުފުލާލަނީ

އެމެރިކާގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ފައިނަލްގައި ކޮލަމްބިއާ ބަލިކޮށް، އާޖެންޓީނާ އިން މުބާރާތުގެ ތަށި ދިފާއު ކޮށްފި އެވެ.

ހޯމަ ދުވަހުގެ ފަަތިހު ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކޮށްފައި ވަނީ 1-0ންނެވެ. މެޗުގައި އާޖެންޓީނާ އިން ލަނޑު ޖެހީ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ، އިތުރަަށް ކުޅުނު 15 މިނެޓުގެ ދެ ހާފުގަ އެވެ. އޭގެ ތެރެއިން ވެސް ފަހު ހާފުގައި އާޖެންޓީނާ އިން ވަނީ ލަނޑު ޖަހައިފަ އެވެ.

ފަތިހު ފަހެއް ޖަހާއިރު ފަށަން އޮތް މެޗު ފެށުން ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ. އެއީ މެޗަށް ވަނުމަށް ޓިކެޓު ނަގާފައި ނެތް އެތައް ސަޕޯޓަރުންތަކެއް ދަނޑެއް ވަދެ، ހަމަ ނުޖެހުންތަކެއް ހިންގުމުގެ ސަބަބުންނެވެ. މެޗުގެ ކުރިން ހިނގައިދިޔަ އެ ހަމަ ނުޖެހުގައި ބައެއް ސަޕޯޓަރުންނަށް ވަނީ އަނިޔާ ވެސް ވެފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އާޖެންޓީނާ އިން ވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބަދަލުކޮށްފަ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި މެސީ ބަދަލު ކޮށްފައި ވަނީ އޭނާގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. މެސީގެ ބަދަލުގައި ކުޅެން ނިކުތީ ނިކޮލަސް ގޮންޒާލޭޒް އެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު ހާފުގައި އާޖެންޓީނާ މޮޅުކޮށްދިން ލަނޑު ޖެހީ ލައުޓާރޯ މާޓިނޭޒް އެވެ. މެޗުގައި އޭނާ ވެސް ކުޅެން އެރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

އެއާއެކު އާޖެންޓީނާ އިން ވަނީ ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި މިއީ އާޖެންޓީނާ އިން ޖެހި ޖެހިގެން ކާމިޔާބު ކުރި ހަތަރު ވަނަ ތައްޓެވެ. އާޖެންޓީނާ އިން ވަނީ 2021 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން ބައްރުތަކުގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބު ކުރިއިރު، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި އެވެ. އޭގެ ފަހުން ރަނގަޅު ފޯމެއްގައި ނިކުމެ އާޖެންޓީނާ އިން މި ވަނީ މިއަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.

އަނެއްކޮޅުން މިއީ އާޖެންޓީނާ އިން ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި 16 ވަނަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު