Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެންފީކާ

އިތުރު އެއް އަހަރަށް، ޑި މާރިއާ ބެންފީކާގައި މަޑު ކުރަނީ

14 ޖުލައި 2024 | އާދީއްތަ 04:15

ބެންފީކާ އާއެކު ޑި މާރިއާ ސޮއި ކުރާ އައު އެއްބަސްވުމުގެ ދަށުން، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އޭނާ އެ ކުލަބަށް ކުޅޭނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2024 | އާދީއްތަ 04:15
ބެންފީކާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެންހެލް ޑި މާރިއާ

ބެންފީކާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެންހެލް ޑި މާރިއާ

ބެންފީކާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެޓޭކިން މިޑްފީލްޑަރު އެންހެލް ޑި މާރިއާ، އިތުރު އެއް އަހަރަށް އެ ކުލަބުގައި މަޑު ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ޑި މާރިއާ އެންމެ ފުރަތަމަ ބެންފީކާ އަށް ކުޅުނީ 2007 ވަނަ އަހަރުން 2010 ވަނަ އަހަރަށެވެ. އޭގެ ފަހުން، ދެ ވަނަ ފަހަރަށް އޭނާ ބެންފީކާ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އިޓަލީގެ ޔުވެންޓަސްގައި ހުރުމަށްފަހު، ޑި މާރިއާ ބެންފީކާ އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު މި ހިނގާ ޖުލައި މަހަށް ހަމަވާނެ އެވެ.

އެހެން ނަމަވެސް، މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޑި މާރިއާ ވަނީ އިތުރު އެއް އަހަރަށް ބެންފީކާގައި މަޑު ކުރަން އެއްބަސްވެފަ އެވެ. އެއީ އޭނާ އެ ކުލަބުގައި ބަހައްޓަން ކުލަބުގެ ވެރިން ބޭނުންވާތީ އެވެ. ބެންފީކާ އިން ޑި މާރިއާ އަށް ހުށަހަޅާފައިވާ އިތުރު އެއް އަހަރުގެ އެއްބަސްވުން އޭނާ ޤަބޫލު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ބެންފީކާގެ އައު އެއްބަސްވުމުގައި އޭނާ ސޮއި ކުރާނެ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ.

ޑި މާރިއާ ވަނީ ދެ ވަނަ ފަހަރަށް ބެންފީކާ އަށް ބަދަލުވެ އެ ކުލަބަށް ކުޅެދިން 48 މެޗުގައި 17 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ ދެ ފަހަރުގެ މަތިން ބެންފީކާ އަށް ކުޅެދިން 173 މެޗުގައި 32 ލަނޑު ޖަހައިފަ އެވެ. ބެންފީކާ އާއެކު ޑި މާރިއާ ވަނީ ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ތައްޓަކީ، ދެ ވަނަ ފަހަަރަށް އެ ކުލަބަށް ބަދަލުވެ، އެ ކުލަބާއެކު އޭނާ ހޯދާފައިވާ ތައްޓެކެވެ.

އާޖެންޓީނާ ޤައުމީ ޓީމަށް ކުޅެމުން އަންނަ ޑި މާރިއާ ވަނީ، މިހާރު އެމެރިކާގައި ކުރިއަށްދާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) އަށް ފަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފަ އެވެ. އެހެންކަމުން، ބައިނަލްއަޤުވާމީ ފެންވަރުގައި ޑި މާރިއާ ކުޅޭ އެންމެ ފަހު މެޗަކީ، ހޯމަ ދުވަހުގެ ފަތިހު ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ ދެކުނު އެމެރިކާ ސަރަހައްދުގެ ފައިނަލް މެޗެވެ. ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިޔަސް، ޑި މާރިއާގެ ވިސްނުމުގައި ހުރީ ކުލަބު ފެންވަރުގައި ކުޅުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް