Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމެރިކާ ޤައުމީ ޓީމު

އެމެރިކާ ޤައުމީ ޓީމުން ލިބުނު ފުރުސަތު ކްލޮޕް ދޫކޮށްލައިފި

އެމެރިކާ ޤައުމީ ޓީމުގައި އެންމެ ފަހުން ހުރީ ގްރެގް ބާހޯލްޓާ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2024 | ހޮނިހިރު 06:34
ޖަރުމަނަށް ނިސްބަތްވާ ޔާގަން ކްލޮޕް

ޖަރުމަނަށް ނިސްބަތްވާ ޔާގަން ކްލޮޕް

އެމެރިކާ ޤައުމީ ފުޓުބޯޅަ ޓީމާ ހަވާލުވާން ލިބުނު ފުރުސަތު، ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު ޔާގަން ކްލޮޕް ދޫކޮށްލައިފި އެވެ.

އެމެރިކާ ޤައުމީ ޓީމުގައި އެންމެ ފަހުން ހުރީ ގްރެގް ބާހޯލްޓާ އެވެ. އެމެރިކާގައި މިހާރު ކުރިއަށްދާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) އިން އެ ޤައުމު ކެޓުމާއެކު، އެމެރިކާ އިން ވަނީ ބާހޯލްޓާ މަގާމުން ވަކި ކޮށްފަ އެވެ. އެއަށްފަހު އެ ޤައުމުން އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ މީގެ ދެ އަހަރު ފަހުން، 2026 ވަނަ އަހަރުގެ އެ ޤައުމުގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުވެ ގޮތުންނެވެ.

އައު ކޯޗެއް ހޯދުމުގެ ތެރެއިން އެމެރިކާ އިން ވަނީ އުމުރުން 57 އަހަރުގެ ކްލޮޕަށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އެންމެ ފަހުން އިނގިރޭސި ލިވަޕޫލްގެ ކޯޗަކަށް ހުރި ކްލޮޕް ވަނީ އެ ހުށަހެޅުމަށް ފުރަގަސްދީފައި ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކުރުމަށްފަހު، ނިމުނު ސީޒަނާ އެކު ކްލޮޕް ވަނީ އެ ކުލަބުން ވަކިވެފަ އެވެ. އެއަށްފަހު ކްލޮޕް ނިންމީ ދުވަސް ކޮޅަކަށް ކުޑަ ބްރޭކަށް ނެގުމަށެވެ.

މައިންޒުން ކޯޗިން ކެރިއަރު ފެށި ކްލޮޕް ވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު އަދި ލިވަޕޫލަށް ވެސް އިރުޝާދު ދީފަ އެވެ. ލިވަޕޫލާ ހަވާލުވުމަށްފަހު، ކްލޮޕް ވަނީ އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެގޮތުން ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ވަނީ އަށް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ހިމެނެ އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު