Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލަރުންގެ އަދަދު މަދު ކުރުން

މިސަރުކާރުން ކައުންސިލަރުންގެ އަދަދު މަދުކުރުމަށް މަސައްކަތް ކުރަނީ ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާއަށް އެކްސެސް ނޯންނާތީ: މެންބަރު ނާޒިލް

ލޯކަލް ގަވަނެންސް މިނިސްޓްރީއެއް އުފެއްދީ ހުރިހާ ބާރެއް މިނިސްޓްރީއަށް ނެގުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖުލައި 2024 | ހުކުރު 11:08
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

މިސަރުކާރުން ކައުންސިލަރުންގެ އަދަދު މަދުކުރުމަށް މަސައްކަތް ކުރަނީ ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާ އެކްސެސް ނޯންނާތީ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

''ކުރީ ސަރުކާރު ކުރީ ސަރުކާރުގެ'' ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މެންބަރު ނާޒިލް ވިދާޅުވީ ކައުންސިލްތަކަށް ހޮވާ ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، އެ ހުށަހެޅުން އައިސްފައިވާ ކަމަށެވެ.

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ، ލޯކަލް ގަވަނަންސް އޮތޯރިޓީ (އެލްޖީއޭ) އޮއްވާ ކައުންސިލްތައް ބާރުވެރިކުރުވުން ނަމުގައި ލޯކަލް ގަވަނެންސް މިނިސްޓްރީއެއް އުފެއްދީ ހުރިހާ ބާރެއް މިނިސްޓްރީއަށް ނެގުމަށް ކަމަށެވެ. އަދި މިނިސްޓްރީން ކައުންސިލްތަކަށް ފައިސާ ފޮނުވާ ގޮތަަށް އުސޫލު ބަދަލުކުރަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ނާޒިލް ވިދާޅުވީ ސަރުކާރުގެ ބޭފުޅުން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ނޫން ކަމަށާއި، އެބޭފުޅުން މަސައްކަތް ކުރަނީ އެބޭފުޅުން ބޭނުންވާ ކަންތައްތައް މަގުފަހިވާނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރަން ކަމަށެވެ. އަދި އެގޮތަށް ރައްޔިތުން އެއްބަސްނުވުމަށް މެންބަރު ނާޒިލް ގޮވާލެއްވިއެވެ.

މެންބަރު ނާޒިލް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނުގެ ތެރެއިން ބަޖެޓުގެ ވަކި ޕަސެންޓެއް ކަނޑައަޅައި އެ ޕަސެންޓް ކައުންސިލްތަކާ ހަވާލުކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރީ ރައްޔިތުން ބާރުވެރިކުރުމަށް ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ކަމަށެވެ. އެހެންކަމުން މި ނިޒާމު ހަލާކު ކޮށްލުމަށް ފުރުސަތު ނުދިނުމަށް މެންބަރު ނާޒިލް ގޮވާލެއްވިއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު