Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެއިން ލަންކާ ބަލިކުރުން

އެކުވެރި ކަމުގެ މެޗެއްގައި ޖޫނިއާ ގައުމީ ފުޓުބޯޅަ ޓީމުން ލަންކާ ބަލިކޮށްފި

11 އޯގަސްޓު 2017 | ހުކުރު 14:55

ލަންކާ އަތުން ރާއްޖެ މޮޅުވީ 0-3 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 11 އޯގަސްޓު 2017 | ހުކުރު 14:55
ރާއްޖެ އަދި ލަންކާ ބައްދަލުކުރި މެޗަށް ނެރުނު ފުރަތަމަ 11

ރާއްޖެ އަދި ލަންކާ ބައްދަލުކުރި މެޗަށް ނެރުނު ފުރަތަމަ 11

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ސްރީލަންކާގައި ކޭމްޕް ކޮށްފައިވާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުން އެކުވެރިކަމުގެ މެޗެއްގައި ސްރީލަންކާ ބަލިކޮށްފި އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗު ސްރީލަންކާގެ 16 އަހަރުން ދަށުގެ ޓީމާ ވާދަކޮށް ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު މެޗު ކާމިޔާބު ކުރީ 0-3 ގެ ނަތީޖާ އަކުންނެވެ.

ބީޖީ އަދި ވިކްޓްރީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ރާއްޖެއިން 14 ވަނަ މިނެޓުގައި އިބްރާހިމް އިމްރާންގެ ލަނޑުން ލީޑު ނަގާފައިވާއިރު، ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިސްމާއީލް ޔޫހް ރިއްފަތު އެވެ. ރާއްޖެއިން ޖެހި ތިންވަނަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިސްމާއިލް މިމްރާހް އެވެ.

މި މަހު 18 އިން 27 ގެ ނިޔަލަށް ނޭޕާލްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ފުރުމުގެ ކުރިން އިތުރު ރަހްމަތްތެރިކަމުގެ މެޗެއް ލަންކާއާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ ނޭޕާލް އަދި އިންޑިއާއާ އެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނެނީ ލަންކާ، ބަންގްލަދޭޝް އަދި ބޫޓާން އެވެ.

މި މުބާރާތަށް ފަހު ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ދެން ވާދަ ކުރާނީ ސެޕްޓެމްބަރު 16 އިން 29 ގައި ތަޖިކިސްތާންގައި އޮންނަ އޭއެފްސީ 16 އަހަރުންދަށުގެ މުބާރާތުގެ ކޮލިފައިންގައެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ އޮމާން، ތަޖިކިސްތާން، ސީރިއާ އަދި ތުރުކަމިނިސްތާނާއެކު ގްރޫޕް ބީގައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް