Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގެ ރިޔާސީ އިންތިޚާބު

މަސްއޫދު ޕެޒެޝްކިއާން އީރާންގެ ރިޔާސީ އިންތިޚާބް ކާމިޔާބު ކުރައްވައިފި

ޕެޒެޝްކިއާން އަށް އިންތިޚާބުގެ ދެވަނަ ބުރުގައި 16 މިލިއަނަށް ވުރެ ގިނަ ވޯޓު ލިބިފައިވެއެވެ.

ރާއްޖެ އެމްވީ | 6 ޖުލައި 2024 | ހޮނިހިރު 10:33
އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މަސްއޫދު ޕެޒެޝްކިއާން

އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މަސްއޫދު ޕެޒެޝްކިއާން

ހުކުރު ދުވަހު ބޭއްވި އީރާނުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމާއެކު މަސްއޫދު ޕެޒެޝްކިއާން އަކީ އީރާނުގެ އިންތިޚާބީ ރައީސް ކަން އެ ގައުމުގެ އިންތިޚާބާ ބެހޭ އޮފީހުން އިއުލާން ކޮށްފިއެވެ.

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި އެމަނިކުފާނު އަވަހާރަ ވުމާ ގުޅިގެން އެ ގައުމުގައި އިއުލާން ކުރި ކުއްލި ރިޔާސީ އިންތިޚާބުގައި ޖޫން މަހުގެ 28 ގައި ބޭއްވި ފުރަތަމަ ބުރުގައި ވާދަ ކުރި ފަސް ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 އިން ސައްތަ ކާމިޔާބު ނުވުމުން، ހުކުރު ދުވަހު ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުން ޕެޒެޝްކިއާން ކުރި ހޯއްދެވީ، އީރާނުގެ ކުރީގެ ނިއުކްލިއަރ ނިގޯޝިއޭޓަރ ސައީދު ޖަލީލީ އާ ވާދާ ކުރައްވާ 16 މިލިއަނަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.

އިރާނުގެ އިންތިޚާބާ ބެހޭ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި 30 މިލިއަނަށް ވުރެ ގިނަ މީހުން ދެވަނަ ބުރުގައި ވޯޓު ލާފައި ވާއިރު، އިންތިޚާބުގައި ދެވަނަ އަށް ދިޔަ ސައީދު ޖަލީލީއަށް 13 މިލިއަނަށް ވުރެ ގިނަ ވޯޓު ލިބިފައިވެއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުންވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ ޕެޒެޝްކިއާން އެވެ.

އީރާނުގެ އިންތިޚާބާ ބެހޭ އޮފީހުން ބުނެފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ގާތްގަނޑަކަށް 50 އިން ސައްތަ މީހުން ވޯޓު ލީ ކަމަށެވެ.

ޕެޒެޝްކިއާން އަކީ ހިތުގެ އޮޕަރޭޝަން ޑޮކްޓަރެކެވެ. އޭނާ ވަނީ އީރާނުގެ ސިއްހަތާ ބެހޭ ވަޒީރުގެ ނައިބު ކަމާއި، އަދި ފަހުން ސިއްހަތާ ބެހޭ ވަޒީރު ކަން ވެސް ކުރައްވާފައެވެ.

ޕެޒެޝްކިއާން ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމާއި، ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ކަން ވެސް ކުރައްވާފައެވެ.

މަސްއޫދު ޕެޒެޝްކިއާންއީރާންގެ ރިޔާސީ އިންތިޚާބް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ

23 ނޮވެމްބަރު 2025
ބޭރުގެ ދުޝްމަނުން އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނައީ އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ ވިދާޅުވެއްޖެ
28 ސެޕްޓެމްބަރު 2025

އީރާންގެ ހުރިހާ ޔުރޭނިއަމް ހަވާލު ކުރުމަށް އެމެރިކާ އިން އެދިއްޖެ: އީރާންގެ ރައީސް ޕެޒެޝްކިއާން

28 ސެޕްޓެމްބަރު 2025
އީރާންގެ ހުރިހާ ޔުރޭނިއަމް ހަވާލު ކުރުމަށް އެމެރިކާ އިން އެދިއްޖެ: އީރާންގެ ރައީސް ޕެޒެޝްކިއާން
04 އޯގަސްޓު 2025

އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި

04 އޯގަސްޓު 2025
އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި
09 ޖޫން 2024

އީރާނުގެ ރައީސް ކަމަށް ކުރިމަތި ލެވޭނެ 6 ނަމެއް ފާސް ކޮށްފި

09 ޖޫން 2024
އީރާނުގެ ރައީސް ކަމަށް ކުރިމަތި ލެވޭނެ 6 ނަމެއް ފާސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު