Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާނަށް ހަމަލާ ދިނުން

ހުޅަނގުގެ ގައުމުތަކުން ލުބުނާނަށް ހަމަލާ ދޭން އިޒްރޭލަށް ހިތްވަރު ދޭ: އުރުދުޣާން

އިޒްރޭލާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތާ ދެމެދު ބަދަލު ކުރެވޭ ހަމަލާތައް އިތުރުވެ މަސްރަހް ވަރަށް ބޮޑަށް ހޫނުވެ، ފުރިހަމަ ހަނގުރާމައަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން މުޅި ދުނިޔޭގައި ވަނީ އުފެދިފައެވެ.

ރާއްޖެ އެމްވީ | 26 ޖޫން 2024 | ބުދަ 13:59
ތުރުކީގެ ރައީސް ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން

ތުރުކީގެ ރައީސް ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން

ހުޅަނގުގެ ގައުމުތަކުން ލުބުނާނަށް ހަމަލާ ދޭން އިޒްރޭލަށް ހިތްވަރު ދޭ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ތުހުމަތު ކުރައްވައިފިއެވެ.

އުރުދުޣާން ބުދަދުވަހު ވިދާޅުވީ، ލުބުނާނަށް ހަމަލާ ދިނުމަކީ އިޒްރޭލުގެ ރޭވުމެއްގެ ދަށުން މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރުމަށް ކުރާ ކަމެއް ކަމަށެވެ.

އުރުދުޣާންގެ ޕާޓީ އޭކޭޕީ އަށް ނިސްބަތްވާ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ބައްދަލު ކުރައްވާ އޭނާ ވިދާޅުވީ، އިޒްރޭލުގެ ނަޒަރު މިހާރު ހުރީ ލުބުނާނާ ދިމާލަށް ކަމަށާއި، އެ ކަމުގައި ހުޅަނގުގެ ގައުމުތަކުން އިޒްރޭލަށް ހިތްވަރު ދީ ކޮނޑުގައި އަޅާ ކޮށްޕަމުން ދާކަމަށެވެ.

"އިޒްރޭލުގެ ބޮޑުވަޒީރުގެ ރޭވުމުގެ ދަށުން މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރުމުން އެކަމުގެ ނަތީޖާ އަކަށް ވާނީ މިހާރަށް ވުރެ މުސީބާތަކާ ކުރިމަތިލާން ޖެހުން." އުރުދުޣާން ވިދާޅުވިއެވެ.

"މިނިވަންކަމަށާއި، އިންސާނީ ހައްގުތަކަށާއި، އަދުލު އިންސާފު ކުރިއެރުވުމަށް ވާހަކަ ދައްކާ ގައުމުތަކުން ސިކުނޑި ހަމަ ނުޖެހޭ މީހެއްގެ އަތްދަށުވެފައި ތިބުމަކީ ވަރަށް ހިތާމަ ހުރި ކަމެއް." އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އަށް އަމާޒު ކުރައްވާ އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން މި މޭރުމުން ވާހަކަފުޅު ދެއްކެވީ، އިޒްރޭލާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތާ ދެމެދު ބަދަލު ކުރެވޭ ހަމަލާތައް އިތުރުވެ މަސްރަހް ވަރަށް ބޮޑަށް ހޫނުވެ، ފުރިހަމަ ހަނގުރާމައަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން މުޅި ދުނިޔޭގައި އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު