Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯ 2024

ޔޫރޯ ކާމިޔާބު ނުވުމަކީ، އިންގްލެންޑަށް ކުރިމަތިވާނެ އެންމެ ބޮޑު ފެއިލްވުން!

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ގިނަ ބަޔަކު ހިމަނަމުން އަންނަ އެއް ޓީމަކީ ވެސް އިންގްލެންޑް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖޫން 2024 | އާދީއްތަ 12:03
އިންގްލެންޑުގެ ޤައުމީ ޓީމުގެ ކޯޗު އަދި ބައެއް ކުޅުންތެރިން

އިންގްލެންޑުގެ ޤައުމީ ޓީމުގެ ކޯޗު އަދި ބައެއް ކުޅުންތެރިން

މީގެ އަހަރުތަކެއް ކުރިން، 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އައިސްލޭންޑް އަތުން ބަލިވެފަ އެވެ. އެއީ ރޯއި ހޮޖްސަންގެ ކޯޗުކަމުގައި އިންގްލެންޑުން ކުޅުނު އެންމެ ފަހު މެޗެވެ. ސެމް އެލާޑައިސްގެ ނުބައި އެއް މެޗުގެ ދައުރުގެ ސަބަބުން ގެރެތު ސައުތުގޭޓް އަށް ވާރުތަވަމުން އައީ، ބައިބައި ވެފައިވާ ސްކޮޑެކެވެ. އޭނާ އަށް ޖެހުނީ ސްކޮޑު މުޅިން ވެސް ހިފަހައްޓައިގެން ކުރިއަށް ދާން ކަމަށާއި، އެއީ ނުހަނު އުނދަގޫ ޒިންމާއެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ.

އެކަމަކު އޭގެ ފަހުން ސައުތުގޭޓް ވަނީ އިންގްލެންޑަށް ފުޓުބޯޅައިގައި ކުރިއަށް ދެވިދާނެކަން ދައްކުވައިދީ، އިންގްލެންޑު ޓީމާމެދު ސަޕޯޓަރުން ޤަބޫލު ކުރުވުންތަކެއް އުފައްދައިފަ އެވެ. އޭނާ ވަނީ ޒަމާނުއްސުރެ މަދުވެފައި އޮތް އިންގްލެންޑްގެ ޑްރެސިން ރޫމަށް އެއްބައިވަންތަކަމެއް ގެނެސްދީފަ އެވެ. ވަރުގަދަ ބޮޑު މުބާރާތެއްގައި ވާދަކޮށް، ކުރިއަށް ދެވޭނެ ފެންވަރުގެ ޓީމަކަށް އެ ޓީމު ބަދަލުކޮށްފަ އެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑު ވާދަކުރިއިރު، އޭގެ ތިން އަހަރު ފަހުން އަމިއްލަ ޤައުމުގައި އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ކުޅުނެވެ. އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލްގައި އިޓަލީއާ ވާދަކޮށް އެ ޓީމު ބަލިވީ، ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް އައިއިރު، ކުއާޓާ ގައި ފްރާންސްއާ ވާދަކޮށް ވަނީ ބަލިވެފަ އެވެ. ކުއާޓާއާ ހަމައިން އިންގްލެންޑަށް މުބާރާތް ނިންމާލަން ޖެހުނުއިރު، ކެޕްޓަން ހެރީ ކޭންގެ ޕެނަލްޓީ ނާކާމިޔާބު ވުމަކީ އެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު އެއް ނުތަނަވަސްކަމެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ގިނަ ބަޔަކު ހިމަނަމުން އަންނަ އެއް ޓީމަކީ ވެސް އިންގްލެންޑެވެ. މިއީ އެ ޓީމު އައިސްފައިވާ ހިސާބު ވަޒަން ކޮށްލަން ގިނަ ބަޔަަކށް ފަސޭހަވާ ސަބަބެކެވެ. އެހެން ނަމަވެސް، އިންގްލެންޑުގެ ކޯޗުކަމުގައި ފާއިތުވި އަށް އަހަރުގެ ތެރޭގައި ސައުތުގޭޓް ކޮށްފައިވާ ރަނގަޅު މަސައްކަތްތަކަށް ހުރަސް އެޅޭނީ، މިއަހަރުގެ ޔޫރޯ ކާމިޔާބު ކުރުމުގައި ފެއިލްވެއްޖެ ނަމަ އެވެ. އެ ނާކާމިޔާބާ ސައުތުގޭޓް އަދި އިންގްލެންޑު ކުރިމަތިލާން ޖެހިއްޖެ ނަމަ، މިއީ ހުނަރުވެރި ކުޅުންތެރިންތަކަކާއެކު ކުރެވުނު ބޭކާރު މަސައްކަތެއްގެ ގޮތުގައި ސިފަވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ކެޕްޓަން ކޭންއާ ގުޅިފައިވާ ޓްރޮފީ

ސައުތުގޭޓްފގެ ސްކޮޑުގައި ތިބި ކުޅުންތެރިންގެ ތެރެއިން، އެންމެ ބޮޑަށް ލޯ ހުއްޓޭނެ އެއް ކުޅުންތެރިޔަކީ ކެޕްޓަން ކޭން އެވެ. ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ އިންގްލެންޑަށް ކާމިޔާބު ކޮށްދިނުމަށް އެންމެ ބޮޑަށް ބޭނުން ވާނީ ވެސް ކޭން އެވެ. އެއީ މިހާތަނަށް ކޭންގެ ދިގު ކެރިއަރުގައި އެއްވެސް ތައްޓެއް ކާމިޔާބު ކުރެވިފައި ނެތުމާއި، އެކަމަށް ހަޖޫ ޖަހާ ވާހަކަ ދައްކާ މީހުންގެ އަޑު ކަނޑުވާލަން ކޭން އިންތިހާ އަށް ބޭނުންވާނެތީ އެވެ.

މިދިޔަ ހޫނު މޫސުމުގައި ބަޔާން މިއުނިކުން ވަނީ ކޭންގެ ސޮއި ހޯދައިފަ އެވެ. ޓޮޓެންހަމްގައި ހުރި ކޭން ގެނައުމަށް ބަޔާނުން ވަނީ 100 މިލިއަން ޔޫރޯ ނުވަތަ 109 މިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ. އެއީ ބޮޑު އަގަކަށްވާއިރު، އުމުރުން 30 އަހަރުގެ ކޭން ވަނީ ފުރަތަމަ ސީޒަންގައި ވެސް ބަޔާނަށް 44 ލަނޑު ޖަަހައިދީފަ އެވެ. ފުރަތަމަ ސީޒަންގައި ވެސް އޭނާ ވަނީ ބަޔާންގައި ރެކޯޑުތަކެއް ޤާއިމު ކޮށްފަ އެވެ. ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަން ބޫޓު އޭނާ ހޯދީ، ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ނޯވޭގެ އާލިން ހާލަންޑް އަދި އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ނަމަވެސް، އިންޑިވިޖުއަލީ ކޭންގެ ފަރާތުން ކިތަންމެ މޮޅު ކުޅުމެއް ފެނުނު ނަމަވެސް، ޖުމުލަ ގޮތެއްގައި ބަޔާނަށް އެ ސީޒަނަކީ ހިތި ސީޒަނަކަށްވި އެވެ. މިދިޔަ 12 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަަށް، ތައްޓެއް ކާމިޔާބު ނުކުރެވި ހުސް އަތާ ބަޔާނަށް ސީޒަނެއް ނިންމާލަން ޖެހުނެވެ. ޖަރުމަނު ލީގު ބަޔާނަށް ގެއްލުނުއިރު، ޖަރުމަނު ކަޕުން ވެސް ބަޔާން ކެޓީ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމައިން ބަޔާންގެ ދަތުރު ނިންމާލަން ޖެހުނެވެ.

ޓޮޓެންހަމްގައި ކޭން ހުރިއިރު ވެސް، އޭނާ އަށް މަދުވި ކާމިޔާބަކީ ތައްޓެކެވެ. ނުވަ އަހަރު ވަންދެން ތައްޓެއްގައި އަތްލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ބަޔާންގައި ވެސް ގިނަ މަސައްކަތެއްކޮށް، އެކަން ކާމިޔާބު ނުވުމަކީ ކޭން އަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތާމައަކަށް ވާނެ އެވެ. ބަޔާނާ އެކު ކޭން ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، ބަޔާންގައި ތައްޓެއްގެ އުންމީދު ދެން ގުޅިފައި އޮތީ އަންނަ ސީޒަނާ އެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި މިހާތަނަށް ކުޅުނު 91 މެޗުގައި 63 ލަނޑު ކާމިޔާބުކޮށްފައިވާ ކޭން އަށް މިހާރު އެންމެ މުހިންމީ ޔޫރޯ އެވެ. އޭނާ އެކަނި ހުރުމުން އިންގްލެންޑަށް ބޮޑު އެޑްވާންޓޭޖަކީ، އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި ސްޓްރައިކަރަށް ވުމެވެ. އަނެއް ކަމަކީ، ބަޔާންގައި ކޭން އަށް އެހީތެރިވާން ތިބި ކުޅުންތެރިންނަށްވުރެ ރަނގަޅު ކުޅުންތެރިން އިންގްލެންޑުގައި ތިބުމެވެ.

އެހެންކަމުން މިއަހަރުގެ ޔޫރޯ އަކީ ހުރިހާ ގޮތަކުން ވެސް އިންގްލެންޑަށް މުހިންމުވާނެ މުބާރާތެެކެވެ. މީގެ ތިން ވަރަަކަށް އަހަރު ކުރިން އަމިއްލަ ޤައުމުގައި ނުހޯދުނު ކާމިޔާބީ އަލުން ހޯދައި، ތާރީޚު ބަދަލު ކޮށްލުމުގެ ބޮޑު ފުރުސަތެއް އިންގްލެންޑަށް އޮތް ކަމަށް ތަޖުރިބާ ކާރުން ޤަބޫލު ކުރެ އެވެ. އެކަން ނުވެއްޖެ ނަމަ، މިއީ އަނެއްކާ ވެސް ސައުތުގޭޓާއި، އިންގްލެންޑަށް ކުރިމަތިލާން ޖެހޭނެ ބޮޑު ފެއިލް ވުމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބު ކާމިޔާބު ކުރެއްވީވެސް އިބޫ، ހުވައި ކުރެއްވީވެސް އިބޫ!

އިންތިޚާބު ކާމިޔާބު ކުރެއްވީވެސް އިބޫ، ހުވައި ކުރެއްވީވެސް އިބޫ!

17 ނޮވެމްބަރު 2018
ރައީސް ޔާމީނާއެކު ޕީޕީއެމަށް ދިމާވި ނާކާމިޔާބު!

ރައީސް ޔާމީނާއެކު ޕީޕީއެމަށް ދިމާވި ނާކާމިޔާބު!

29 ސެޕްޓެމްބަރު 2018
މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

17 އޯގަސްޓު 2018
އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

06 ޖޫން 2018
ޖަޒީރާ ރައީސް ބ އަތޮޅު ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު!

ޖަޒީރާ ރައީސް ބ އަތޮޅު ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު!

20 މެއި 2018

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު