Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ 2024

ރަންގްނިކް އޮސްޓްރިއާ ބަދަލުކޮށްލި ގޮތާއި، ބަޔާނުން ލިބުނު ހުށަހެޅުން!

ދަނޑު މަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް ރަންގްނިކް ކުރަމުން އައި މަސައްކަތަށް ބަޔާންގެ އިސްވެރިންގެ ޝައުޤުވެރިކަން ހުއްޓުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2024 | އާދީއްތަ 10:25
އޮސްޓްރިއާގެ ކޯޗު ރަންގްނިކް

އޮސްޓްރިއާގެ ކޯޗު ރަންގްނިކް

އޮސްޓްރިއާގެ ގައުމީ ޓީމުގެ ކޯޗުކަމާ ރަލްފް ރަންގްނިކް ހަވާލުވީއިރު، އޮސްޓްރިއާގެ ޓީމާ މެދު އާންމުންގެ އިހުސާސްތައް ހުރީ ވަރަށް ދަށް ކޮށެވެ. 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް އޮސްޓްރިއާ ކޮލިފައި ނުވެ އެވެ. ފްރާންކޯ ފޯޑާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ފުޓުބޯޅަ އަކީ ވަރަށް ބޮޑަށް ބަދަލު ނުކުރެވޭ ވަރުގެ ފުޓުބޯޅައެއް ގޮތަށް ގިނަ ބަޔަކަށް އޮތީ ހީވެފަ އެވެ.

މިހަގީގަތް އެނގުމުން ރަންގްނިކް ވަނީ އޮސްޓްރިއާއާ ހަވާލުވެ، އޭނާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެކުވެރިކަމާ އެކު ވާހަކަ ދައްކައި، އާންމުން އެއް ފަރާތަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެއާއެކު އޮސްޓްރިއާގެ ޤައުމީ ޓީމުގެ ވަށައިގެން އޭނާ ގެނައި އެންމެ ބޮޑު ބަދަލު ގުޅިފައި އޮތީ ސީދާ ދަނޑު މައްޗާ އެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ވަރުގަދަ ގްރޫޕެއްގައި ހިމެނިގެން ކުޅެން ޖެހުނު މެޗަތަކުން ނިކުތީ ވަރަށް ވެސް ނުތަނަވަސް ކުރުވަނިވި ނަތީޖާ ތަކެކެވެ. އެހެން ނަމަވެސް، ރަންގްނިކްގެ ކުރަމުން އައި މަސައްކަތުގެ އަސަރު ކުރަން ފެށީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ޔޫރޯ ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗުގައި އޮސްޓްރިއާ އިން އިޓަލީ ގެ މައްޗަށް ކުރި ހޯދީ ވަރަށް ވަރުގަދަ އަށް ތައްޔާރު ވެގެންނެވެ. ގްރޫޕް ޖީގައި އެ ޓީމުގެ ވައި ރޯޅި ޖަހާނެ ކަމަށް ބެލެވުނެވެ. ނަތީޖާއެއްގެ ގޮތުން ކޮލިފައިންގައި އޮސްޓްރިއާ ބަލިވީ އެންމެ މެޗަކުންނެވެ.

ޔޫރޯ މުބާރާތުގެ ކޮލިފިކޭޝަން ނިމުނު ފަހުން އެ ޓީމުން ވަނީ އެހެން ގިޔަރަކަށް ކުޅުން ޖައްސާލައިފަ އެވެ. ޔޫރޯ ކޮލިފިކޭޝަަނަށް ފަހު ކުޅުނު ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުތަކުގައި ވެސް ވަނީ ތަފާތު ދައްކައިފަ އެވެ. ވަރުގަދަ ޖަރުމަނު ބަލި ކުރުމުގެ އިތުރުން، ސްލޮވޭކިއާ، ތުރުކީ އަދި ސާބިއާގެ މައްޗަށް ވެސް ކުރި ހޯދި އެވެ. ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވީއިރު، އޮސްޓްރިއާ އަށް ރަންގްނިކް ގެނައި ބަދަލުގެ ވާހަކަ އެންމެން ވެސް ދައްކަ އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކްގެ ހުށަހެޅުމެއް.

އޮސްޓްރިއާ ގައި ރަންގްނިކް ކުރަމުން އައި މަސައްކަތުގެ ނަތީޖާ އަކީ، ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކުން އޭނާ އަށް ޝައުޤުވެރިވުމެވެ. ދަނޑު މަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް ރަންގްނިކް ކުރަމުން އައި މަސައްކަތަށް ބަޔާންގެ އިސްވެރިންގެ ޝައުޤުވެރިކަން ހުއްޓުނެވެ. ބަޔާންގެ ކޯޗުކަމުގެ މަގާމުން ތޯމަސް ޓުޗެލް ދުރަށް ގޮސް، އައު ކޯޗަކަށް ވިންސެންޓް ކޮމްޕެނީ ހަމަޖެއްސުމާ ހަމައަށް ވެސް، ބަޔާންގެ އިސްވެރިންގެ ކަޅި ހުއްޓިފައި ހުރި އެކަކީ ރަންގްނިކް އެވެ. އޭނާ ހޯދުމަށް ބަޔާނުން މަސައްކަތް ކުރިއިރު، ރަންގްނިކް ނިންމީ އޮސްޓްރިއާ އާއެކު ކުރިއަށް ދިޔުމަށެވެ. އެގޮތަށް ނިންމައި، ބަޔާންގެ ފުރުސަތު އޭނާ ދޫކޮށްލީ އެވެ.

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ މުބާރާތުގައި އޮސްޓްރިއާ އަށް ރަނގަޅު ނަތީޖާއެއް ނުހޯދިއްޖެ ނަމަ، ރަންގްނިކް އޭނާގެ ނިންމުމާ މެދު ހިތާމަކުރާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ. އެކަމަކު އެއީ އޮސްޓްރިއާގެ ގައުމީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، މުބާރާތަށް ނިކުންނައިރު އެއްވެސް ނުތަނަވަސްކަމެއް ނޯންނާނެ ސަބަބެއް ކަމަށް ވެސް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ.

މިއަހަރުގެ ޔޫރޯގައި އޮސްޓްރިއާ ހިމެނިފައި އޮތް ގްރޫޕް ޑީ އަށް ބަލާއިރު، މި ގްރޫޕް ގައި ދެން އޮތީ ޕޮލެންޑް، ނެދަލެންޑްސް އަދި ފްރާންސް އެވެ. މިއީ މުބާރާތުގެ އެންމެ ވަރުގަދަ އަދި އެންމެ އުނދަގޫ އެއް ގްރޫޕަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކޭ ގްރޫޕް އެކެވެ. އެހެންކަމުން، މި ގްރޫޕްގައި ގަދަ "ހަނގުރާމަ"އެއް ކޮށް، ކުރިއަށް ދިޔުން ވާނީ އޮސްޓްރިއާ ގައި ރަންގްނިކް ކުރި މަސައްކަތަށް ލިބޭ އިތުރު ބާރަކަށް ވާނެ އެވެ.

އިތުރަށް ކިޔާލަން

22 ޖުލައި 2022

މިއަދު ފާހަގަކުރަމުން މިދަނީ ރާއްޖޭގެ މުޅި ތާރީޚުގައި ރާއްޖެ އެންމެ ބޮޑަށް ބަދަލުކޮށްލި 50 އަހަރު

22 ޖުލައި 2022
މިއަދު ފާހަގަކުރަމުން މިދަނީ ރާއްޖޭގެ މުޅި ތާރީޚުގައި ރާއްޖެ އެންމެ ބޮޑަށް ބަދަލުކޮށްލި 50 އަހަރު
04 މެއި 2022

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

04 މެއި 2022
އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
08 އެޕްރީލު 2021

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

08 އެޕްރީލު 2021
ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
04 ފެބުރުއަރީ 2021

ރިޔާސީ ބަޔާނުން ހާމަވީ، ރައީސް ސާލިޙަކީ، ގަދަ ކަނޑުގައި ދުއްވަންޖެހުނަސް، ރައްޔިތުން ރާޅާ ތެންމާނުލައި، ތަރައްޤީގެ ބަނދަރު ހިފަން ދަންނަ ރައީސެއްކަން!

04 ފެބުރުއަރީ 2021
ރިޔާސީ ބަޔާނުން ހާމަވީ، ރައީސް ސާލިޙަކީ، ގަދަ ކަނޑުގައި ދުއްވަންޖެހުނަސް، ރައްޔިތުން ރާޅާ ތެންމާނުލައި، ތަރައްޤީގެ ބަނދަރު ހިފަން ދަންނަ ރައީސެއްކަން!
11 ސެޕްޓެމްބަރު 2020

އިންޑިއާ-ރާއްޖެ ގުޅުން: ހީވާ ގޮތާއި، ކަން އޮތް ގޮތް!

11 ސެޕްޓެމްބަރު 2020
އިންޑިއާ-ރާއްޖެ ގުޅުން: ހީވާ ގޮތާއި، ކަން އޮތް ގޮތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު